އަޑުއެހުމަކަށް ފާރިސް މާލެ ގެންނަނީ: އޭނާ ނިސްބަތްވެވަޑައިގަންނަވާ ދާއިރާގައި ހުންނަވައި ރައީސް ޔާމީން ވަނީ ފާރިސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި. --ފޮޓޯ/މިހާރު
10 ޖުލައި 2018 - 14:13
ސަރުކާރު ހިންގުމަށް ދަތިކޮށް، ވެރިކަން ކުރާ ޕީޕީއެމްގެ މަސްލަހަތު ނަގާލަން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މަސައްކަތް ކުރެއްވި ކަމަށާއި އެ ކަންކަމާ ހެދި އެތައް ގެއްލުމަކާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ކަމަށް ރައީސް އަބްދުﷲ ޔާމީން މ. ދިއްގަރުގައި މިއަދު ވިދާޅުވެއްޖެ އެވެ.
މ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، މަޖިލީހުގައި ފާރިސް ތަމްސީލްކުރައްވާ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް ޔާމީން ވަނީ ކޮއްކޯފުޅު، ފާރިސް މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ދިއްގަރަށް އެ މަނިކުފާނު ވެސް ވަޑައިގެން ކުރެއްވި ކެމްޕޭނާއެކު ފާރިސް އެ ދާއިރާ އަށް ހޮވިވަޑައިގަތުމަކީ ޕީޕީއެމާއި ސަރުކާރަށް ލިބުނު ގެއްލުމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ.
ފާރިސަށް ބަހުގެ ހަމަލާތަކެއް ރައީސް ދެއްވި އިރު، ވެރިކަން ވައްޓާލުމުގެ ތުހުމަތުގައި ފާރިސް އަދިވެސް ހުންނެވީ ބަންދުކޮށްފަ އެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް މިއަދު ބާއްވަން ޝެޑިއުލްކުރުމަށް ފަހު ވަނީ ކެންސަލްކޮށްފަ އެވެ.
ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރުގެ ޖަލު ހުކުމަކާ އެކު މެމްބަރުކަމުގެ ގޮނޑި ވެސް ފާރިސަށް ގެއްލޭނެ އެވެ.
އޭނާގެ މައްޗަށް އުފުލި ޝަހްސު އޮޅުވައިލުމުގެ ދައުވާ ސާބިތުވެ، މިހާރު ހުންނެވީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއްގަ އެވެ. މީގެ އިތުރުން ރިޝްވަތުގެ ދައުވާއެއް ވެސް ފާރިސްގެ މައްޗަށް ދައުލަތުން ކުރެ އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިއްގަރު ދާއިރާ އަށް ފާރިސް ހޮވައިދޭން އެދުމުން، ރައްޔިތުން ދިން އިޖާބަ އެ މަނިކުފާނަށް ފާހަގަކުރެއްވެ އެވެ. އެހެންވެ، ދިއްގަރު ހިމެނޭ ގޮތަށް މ. އަތޮޅާ މެދު އަބަދުވެސް ދެކެނީ ވަރަށް ޚާއްސަ ނަޒަރުން ކަމަށް ވިދާޅުވި އެވެ.
"ދަންނަވާލަން މިއުޅެނީ، ދާއިރާގެ މެމްބަރަކު ނެތީމަ އޭގެ ފަޅުކަން އަޅުގަނޑުމެން އިހްސާސްކުރަން ޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ދިއްގަރުގެ ބަނދަރު ހުޅުވުމާއި ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/ރައީސް އޮފީސް
އެކަމަކު އެ ފަޅުކަން އިހްސާސްކުރަން ޖެހުނީ ދިއްގަރަށް މެމްބަރަކު ނެގުމުގައި، ފާރިސް އަށް ފުރުސަތު ދިނުމުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމްގެ ތެރޭގައި މައްސަލަ އުފެދިގެން ދިޔައީ، އެންމެ ބުރަ މަސައްކަތެއް އެ މަނިކުފާނު ކުރައްވައިގެން ހޮއްވެވި ފާރިސްގެ ފަރާތުން ކަމަށް ވިދާޅުވި އެވެ. ޕާޓީ އާއި ޕީޕީއެމްގެ ވެރިކަމުގައި ދިމާވި ހުރިހާ މައްސަލަތަކުގައި އެންމެ އިސްކޮށް އުޅުއްވީ، ފާރިސް ކަމަަށް ވެސް ވިދާޅުވި އެވެ.
"މި ދާއިރާ އަށް ފާރިސް ނެގުމަކީ އަޅުގަނޑުމެންގެ ޕާޓީ އަށް ލިބުނު އެންމެ ބޮޑު ގެއްލުން،" ރައީސް ވިދާޅުވި އެވެ.
"މީގެ އުނދަގޫ އަޅުގަނޑުގެ ސަރުކާރުން މިހާރު ވެސް އުފުލަމުން މިދަނީ."
ފާރިސް ވެސް ހިމެނޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ގުޅިގެން، ވެރިކަން ވައްޓާލަން ކުރި މަސައްކަތްތަކަކީ، ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އެ ކަންކަމާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަން ކަމެވެ. ކޮންމެ ސަރުކާރެއް އޮތަސް އެފަދަ ކަންކަމުގައި ފިޔަވަޅު ނާޅާއި ދޫކޮށްނުލާނެ ކަމަށް ވިދާޅުވި އެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މި މަހުގެ މެދު ތެރޭގައި ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށާއި އެފަދަ ކަންކަމަކީ ވެސް މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިއްބަވައިިގެން ކުރައްވާ ގާނޫނާ ޚިލާފު ކަންކަމުން މެދުވެރިވާ ކަންތައް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައިސާމް
11 July 2018
މިއެނގުނީ ޔާމިން ފާރިސް ޖަލަށްލީ ކީއްވެގެންކަން. ޔާމިނަށް ސިޔާސީ ގޮތުން ގެއްލުންވާ ކޮންމެ މީހަކު ޖަލަށް.
އިބްރާ
11 July 2018
ފާރިސް އާއި ހެދިއެއްނޫން ޔާމީންއާއި ހެދި އެތަށްބަޔަކު ދޮގު ހަދަން މަޖުބޫރުކުރުވާ ނުހައްގުގައި އެތައްބަޔަކަށް އަދަބުދީެދުމުން ގެއްލުން ލިބުނީ ޔާމީނަކަށްނޫން ނުހައްގު އަދަބުތަށް ލިބެމުންދާމީހުންނަށް. ޔާމީނާއި އޭނާގެ އައްވާނުން މާތްﷲ ގަންދީ ހުވާކޮށް އެޔާއި ހިލާފްވެ، ވަރިކަމާއި ފައިސާގެ ރައިޔަތުންގެ ފައިސާބޭނުންކޮށް އެތަށްތަނެއް ނުހައްގުގައިވިއްކާ ފައިސާގެ ދަހިވެތިކަމުގައި މީހުންނަށް އޮޅުވާލައިގެން އުފަލުގައި މިވަގުތު ތިޔަ އުޅެނީ.
ހައިވް
11 July 2018
ދިވެހިރައްޔިތުނަށްވެސް މިއުޅެނީ ރައީސަކަށް ނެގުނުމީހާގެ އުދަގޫޖެހި ކުރާނެ އެއްކަމެއްނެތި! ނިކަމެތި ރައްޔިތުނަކަށްނެތް އެ އުދަގޫވެރިޔާ ޖަލަށްލާ އިންސާފުން ޝަރީޢަތެއް ކޮއްލަދޭނެ ފަނޑިޔާރަކުވެސް! މަނިކުފާނު ހިތްޕުޅާ ނުވާ އެންމެންވީ ދިގުމުއްދަތަށް ހުކުމްކޮށް ޖަލަކުނޫންތޯ! ކޮންކަމަކާތޯ މިހާރު އުދަގޫވެގެންގޮސް ރައްޔިތުންގެ ފައިބުޑަށް ވެއްޓި ތަފުސީލުތިއަރުވަނީ!
އީމަން
11 July 2018
ރައީސް، ވީގެއްލުމެއްވީ މަނިކްފާނު ބޮޑާކަން އިސްކޮގެންނާއި ގޮތްދޫނުކުރުމާއި ހަގީގަތް ދިމާކުރިމައްޗަށްއޮއްވާ ގަބޫލުކުރަން ބޭނުންނުވުމެވެ.
ޝައްކު ބަލި
11 July 2018
ފާރިޝަށް ލިބެނީ ހައްޤަކާ ނުލާ މާ ބޮޑު އަނިޔާއެކެވެ.
ޢަފްރާހް
11 July 2018
މީނާގެ ޢަނގަޔަކުން ނާރާނެ މައުންޓް އެވަރެސްޓުން އެރުނަސް. ރޯމާ ދުވާލު އެންމެން ކުރިމަތީ އެތައް ކަމެއް ކޮށްފަ ވެސް ހުދު ކާފޫރު ކޮޅަކަށް ވެގެން ވާހަކަ ދައްކަނީ. ޢެންމެ ދެކެން ބޭނުންވަނީ އިލެކްޝަންގެ ނުހޮވުނީމަ ފިލަން ދުވަާ ތަން
ހުތާ
11 July 2018
މީމު އަތޮޅު ރައްޔިތުންގެ ކުރިމަތީގައި ޔާމީނު ތިޔަފަދަ ވާހަކަ ދެއްކުމަކުން ވާނެ މޮޅެއް އޮންނާނެހެނެއް ހިއެއްނުވާ، އެމީހުންނަށް އެނގޭ މަނިކުފާނަކީ ކާކުކަން.
ދަރަނިބޯ
11 July 2018
މިހާރުވެސް ނުހައްގުން ފާރިޝް ޖަލުގައި ހުންނަތާ އަހަރެއްވަރުވަނީ ކުށަކީ މަނިކުފާނާ ޚިޔާލުތަފާތުވުން އެކަމަކު ގެއްލުންމިވީ މަނިކުފާނަށް ވަރަށްމޮޅުވާހަކައެއް ކަމަށް ހީކޮށް ތިވާހަކަ ތިދައްކަނީވެސް އެކަމަކު ދައްކާ ކޮންމެވާހަކައެއް ކުރާކޮންމެކަމެއް ގޮވަނީ އަތަށް އެހެންތާވާނީ އަސްލު އޮޅުނީމާ
އުނބުށެން
11 July 2018
ހެކިދޭން ހުރި އެކަކު މީޑިޔާގައި އަމިއްލައަށް ދޮގުހެދިކަމަށް ބުނެ ބޭޒާރުވެއްޖެ. އަނެކަކު އެކަމާ އިއުތިރާޒްކޮށް މީޑިޔާގައި އެކަން ހާމަކޮށްފި، ކޯޓަށް ގެންދިޔަ މީހާގެ ރާގުވެސް އެންމެފަހުވަގުތު އެނބުރިއްޖެ. ދެން ކިހާވަރަކަށް އުނދަގޫވާނެ.
Aseyla
10 July 2018
ޥެރިކަމަށް އާދެވުނީވެސް އެމަނިކުފާނުގެ ބައްޕާފުޅަަށް އޮތް ތާއީދުން . ............. ޥަރަށް ބޮޑު ގެއްލުމެއް ނޫންތޯ