މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ވާހަކަދައްކަވަނީ --ފޮޓޯ/ނިޝާން އަލީ/ މިހާރު
11 ޖުލައި 2018 - 11:55
ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިނަމަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުން އަންނަ އެލަވަންސް ބޮޑުކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންނެވި ވައުދާ މެދު މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނަޢީމް މިއަދު ސުވާލު އުފައްދަވައިފި އެވެ.
އަނާރާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން މިހާރު ދެމުން އަންނަ އެލަވަންސް ބޮޑު ކޮށްދިނުމަށް އެދި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީ ދިނުމާ ބެހޭ ގާނޫނަށް 2014 ވަނަ އަހަރު އިސްލާހު ހުށަހެޅުއްވި މެމްބަރެވެ. އޭރު އަނާރާ ހުށަހެޅުއްވި އިސްލާހުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތް 5000ރ. އަށް ބޮޑުކޮށްދިނުމަށެވެ.
އެ އިސްލާހު މަޖިލީހަށް ބަލައިގަތީ 81 މެމްބަރުންގެ ތާއީދާ އެކުގަ އެވެ. ނަމަވެސް ދެ އަހަރު ވަން ދެން ކޮމެޓީގައި އެ މައްސަލަ ބޭއްވުމަށްފަހު ވަނީ ބޭރުކޮށްލައިފަ އެވެ.
މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު މުއްޔަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް އިއްޔެ ވަނީ، އިތުރު ދައުރަކަށް ހޮވިވަޑައިގެންފި ނަމަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުން އަންނަ އެލަވަންސް ބޮޑުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އާބާދީ އަށް ބަލާނަމަ ކޮންމެ ރަށެއްގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިން މަދުން ނަމަވެސް އެބަ ތިއްބެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން މިހާރު ދެމުން އަންނަނީ 2000ރ. އެވެ.
އެކަމާ ގުޅިގެން "މިހާރު"އާ ވާހަކަދައްކަވަމުން އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ވިދާޅުވީ، ހެޔޮ ނިޔަތުގައި ރައްޔިތުންނަށް ކަމެއް ކޮށްދޭން ބޭނުންވާ ނަމަ ކުރިން ވެސް އެ ފުރުސަތު ލިބިވަޑައިގަތް ކަމަށެވެ. ނަމަވެސް މީގެ ހަތަރު އަހަރު ކުރިން ހުށަހެޅި އިސްލާހެއް ބޭރުކޮށްލައި، އަލުން އެ ވައުދު ވެވަޑައިގެންނެވުމުން އެކަމުގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުންނަށް ކަމެއް ކޮށްދެންޏާ އޭރު ވެސް އެ ފުރުސަތު އޮތް މަޖިލީހުގެ ތެރެއިން. އެކަމަކު މީގެ ހަތަރު އަހަރު ކުރިން ހުށަހެޅި އިސްލާހު ބޭރުކޮށްލާފައި، އަލުން އެ ވައުދު ވެވަޑައިގަތީ ކީއްވެގެންތޯ ސުވާލު އުފެދޭ. ރައްޔިތުންނަށް ކަމެއް ކޮށްދޭންތޯ ނޫނީ ވޯޓު ހޯދަންތޯ،" އަނާރާ ސުވާލު އުފެއްދެވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެލަވަންސް ބޮޑުކޮށްދިނުމަށް އެދި އިސްލާހު ހުށަހެޅުމުން، ނުކުޅެދުންތެރިކަން ހުންނަ ވަރަށް ގިނަ މީހުން ގުޅައި އެ މީހުން ދިރިއުޅެމުން އަންނަ ހާލަތު ކިޔައިދިން ކަމަށެވެ. އަދި އެލަވަންސް ބޮޑު ކޮށްދިނުމަށް ހުށަހެޅުމުން އެ މީހުން ތިބީ ވަރަށް އުފަލުން ކަން ފާހަގަކުރެއްވި އެވެ. ނަމަވެސް އިސްލާހު ބޭރުކޮށްލި ފަހުން ދެން ފެންނަން ފެށީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް، ސިޓީ އުރަ ހިއްޕަވައިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފައިސާ ބަހަން ފެށި މަންޒަރު ކަމަށް ވެސް ވިދާޅުވި އެވެ.
އަނާރާ ވިދާޅުވީ އޭރު އެ އިސްލާހު ހުށަހެޅުއްވީ ވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޮޑު ހަރަދެއް ހިނގާތީ، އެ އާއިލާތަކަށް ލުއެއް ހޯއްދަވައިދެއްވުމުގެ ގޮތުން ކަމަށެވެ.
"އެންސްޕާއިން ލިބުނު މައުލޫމާތުތަކުން ތަން މަތީގައި އޮންނަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދު 400 އަށް އަރާ. އޭރު ކޮމެޓީގައި ވާހަކަދެކެވުނު ނުކުޅެދުންތެރިކަން ހުންނަ މީހުން ކެޓަގަރައިޒްކޮށްގެން ނަމަވެސް، އެންމެ ބޮޑަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިނާޔަތް ބޮޑު ކޮށްދިނުމަށް. އެކަމަކު އިސްލާހު ބޭރުކޮށްލުމުން ވަރަށް ދެރަވި،" އަނާރާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައިމު
12 July 2018
ކުރީ ޒަމާނުގައި އަރުވާލި މީހުންނަށް ކޮއްތު ފައިސާ ދޭ. 02ކިލޯ ހަނޑު ގަނެވޭ ވަރަށް. މިހާރު އިގިރޭސި ވިލާތުގައި އަރުވާލެވިގެން އުޅޭ މީހުންނަށް ކޮއްތު ފައިސާ ދޭން ފެނޭ. ގައުމު ބޭޒާރުކޮށް ރާއްޖެ ނިކަމެތި ކުރަމުން ދާ މީހުންނަށް. މިގޮތުން ދޭނެ އެލަވަންސް. ރައީސް ނަސީދުއަށް 2 ޑޮލަރ. ޖަމީލު 1.5ޑޮލަރ ، އަލީވަހީދު އަށް 1 ޑޮލަރ އަމީން އަށް 0.50ޑޮލަރ ގާސިމް 0.50ޑޮލަރ ދިނުމަށް ގޮވާލަން. އަރުވާލަ ތިބެއިރު ކޮންމެ ވެސް އެއްޗެއް ދޭންވާނެ. މަށަކީ ދިވެއްސެ. މައެދެން މިގޮތަށް ހަދަން
ނަގޫރޯޅި
11 July 2018
މެންބަރުން އިސްލާހު ހުސައެޅިޔަސް އެކަން ސަރުކާރައް ނުކުރެވޭހާލު އެއިސްލާހު ބޭރުވެސްކުރާން. 04 އަހަރުގެ ތެރޭގައި ގައުމު ހަމަމަގައް އަޅުވާފަ ގައުމައްލިބޭއާމްދަނީ އިތުރުކޮއްފަ ދެވޭނެކަން ޔަގީންވީމަ ރައްޔިތުންކައިރި މިބުނަނީ އިނާޔަތްތައް ބޮޑުކޮއްދޭނަމޭ، ހަމަތިބެލާފަ އިސްލާހެއް ހުށައެޅިކީ ނޫން. އަނާރާ ސައްކުބަލިންފޯވެފަ ހުއްޓަސް ﷲއިރާދަފުޅުން މިފަހަރު މިކަންވެސް ވާނެ.
ކަކުނިބޯ
11 July 2018
ޢެހެންވީމަތާ 2 އަހަރު މަޖުލީހުގަ ބާއވާފަ އަދި 3 އަހަރު ފަހުންވިޔަސް ފާސްކުރަން ނުބާއްވާ ބިލު ތަޅުމުން ބޭރުކުރީ
ވަޙީދު
11 July 2018
ހާދަ ވޯޓުވަސް ދުވައޭ
ޚާލިދު
11 July 2018
ކިތަންމެ ވައުދެއް ވިއަސް ދެން އިތުރު ދައުރަކަށް ރައްޔިތުންގެ ވޯޓަކަން ޔާމީނު ނުހޮވޭނެ ކަމަށް 500 ޕަސންޓު ޔަގީން އިންޝާﷲ
ނާދޭ
11 July 2018
ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މިހާތަނަށް އެންމެ ބޮޑަށް އަޅާލި ސަރުކާރަކަށް މި ސަރުކާރުވާނެ. އެއީ ދެބަސްވެވެން އޮތް ކަމެއް ނޫން. އިސްލާހު ބޭރުކޮށްލުމުން މެޑަމް ފައިސާ ބަހާފައިވާނަމަ އެވެސް އެމީހުންނަށް އިތުރަށް ވެދިން އެހީއެއް.
މީތެދު
11 July 2018
މިއީ ތެދު. ކުދި ކުދި ކަންކަމަށް ބަލާނަމަ، ނޫޓުތަކުގަ ބްރެއިލް މަރކިންގްސް ހުރުން. ބޮޑެތި ކަންކަމަށް ބަލާއިރު، ޕޭވްމަންޓްތަކަށް ގެނެވުނު ބަދަލު.
އެޑްމުންޑޯ
11 July 2018
ބަލަ ކޮންމެ ނިޔަތެއްގައި ނަމަވެސް ރައްޔިތުންނަށް ޚައްސަކޮށް ނުކުޅެދޭ ބަޔަކަށް އެއްޗެއް އިތުރުވަންޏާ އެނިމުނީ އެއްއނު ، ނިޔަތޭ ނިޔަތޭ ކިޔާ ކޮންހާސަރެއް ދަމާކަށް ، އަނާރާވެސް އެދުނުގޮތަށް ގިނަ ދުވަހުންނަމަވެސް އެކަން ހަމަޖެހޭތީ އުފާކޮއްބަލަ
މުހައްމަދު އަލީ
11 July 2018
ޢަނާރާ އަކީ ރަނގަޅު މީހެއް ނަމަ އެމްޑީޕީ އަކަށް އަދި ޕީޕީއެމަކަށްވެސް ސަޕޯޓް ނުކުރާނެ
ދަނޑިމަރު
11 July 2018
ޔާމީނު ދެވަނަ ދައުރަކަށް ﷲގެ އިރާދަފުޅުން ނުހޮވޭނެ. މަށާ މަގޭ އައިލާ ވޯޓު ނުލިބޭނެ
ހަސަންމަނިކުފާނު
11 July 2018
އަނާރާ އެ ކްރެޑިޓް ނަގަން އުޅުއުޅޭ ނުނެގުނީމަ މިހާރު ގޮތް ހުސްެގެން އެއުޅެނީ! ދިރޭ މަސްވެސް އެއްގަމަށް ލީމާ މަރުވުމުގެ ކުރިން ވަރަށް ތެޅޭނެ!
ވަހީދު
11 July 2018
މޮޔަވާހަކަ ނުދައްކާ. 3 ބާރު ވަކިވެފައި އޮންނަ ވެރިކަމެއްގައި މަޖުލީހުން ކަންކަން ފާސްކުރުމާއި ނުކުރުމަކީ ވެރިކަން ހިންގާ ފަރާތުން ކުރާ ކަމެއްނޫން. އަނާރާ ބޭނުންގޮތެއް ހަދައިދޭން ނުޖެހޭނެ. އަދާލަތުން ވެރިކަމަށް އަންނަ ދުވަހު ވެސް ބޭނުން ގޮތެއް ނުހެދޭނެ.
ފައިސާ ފައިސާ
11 July 2018
ސުބުހާނަﷲ. ވަޙީދު ހަމަހޭގަތޯ ތިހުރީ ކޮމެންޓް ކުރިއިރު.
ކްރޯޑް
11 July 2018
ބަލަ އޭރުގެ މާލީހާލަތު ތަން ނުދެވުނީނު މިހާރު އެވިދާޅުވީ ފުދުންތެތިކަން ލިބިގެން އަންނާތީ އެކަމުގެފައިދާ ރައްތިތުން ނަށް ވެސް ހިއްސާ ކުރާނެ ވާހަކަ
އަބްދުއްﷲ
11 July 2018
ތިޔަމާލީ ހާލަތަކި ތަމޯމީޓަރެއް ރިޔާސީއިންތިހާބު ނިމޭއިރަށް -18 ޑިގްރީ ސެލްސިއަސް އަށްވެއްޓޭނެ ގުނބޯހެއްދޭނީ ވެސް ގުނބޯހެއްދޭވަރު މީހުން އޭރަކުން ތަނެއްނުދޭނެ
މަންސޫރު
11 July 2018
ދުވަހުން ދުވަހަށް ދަރަނި ވަނީ ބޮޑު. މާލީ ހާލަތު ރަނގަޅުވަނީ ދަރާ ވަރަކަށްތަ؟