ވިޔަފާރި / އެއާ އިންޑިއާ

އެއާ އިންޑިއާއިން މާލެ- ބެންގަލޫރު ދަތުރުތައް މެދުކަނޑާލައި، ޓްރިވެންޑްރަމް ދަތުރުތައް މަދުކޮށްފި

އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަނީ: އެ އެއާލައިނުން ވަނީ މާލެ- ބެންގަލޫރު ދަތުރުތައް މެދުކަނޑާލައި، ޓްރިވެންޑްރަމަށް ކުރާ ދަތުރުތައް މަދުކޮށްފައި. ފޮޓޯ: ނިޝާން އަލީ /މިހާރު

އެއާ އިންޑިއާއިން މާލެ- ބެންގަލޫރުގެ ސީދާ ދަތުރުތައް މެދުކަނޑާލުމުގެ އިތުރުން ޓްރިވެންޑްރަމަށް ކުރާ ދަތުރުތައް މަދުކޮށްފި އެވެ.

އެ އެއާލައިންގެ އެއާޕޯޓު މެނޭޖަރު ސުދިރު ބަޓް ވިދާޅުވީ ބެންގަލޫރަށް ކުރާ ސީދާ ދަތުރުތައް މާދަމާއިން ފެށިގެން މެދުކަނޑާލާނެ ކަމަށެވެ. އޭގެ އިތުރުން މިހާރު ކޮންމެ ދުވަހަކު މާލެ އާއި ޓްރިވެންޑްރަމްއާ ދެމެދު ކުރާ ދަތުރުތައް ހަފުތާއަކު ތިން ދުވަހަށް މަދުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލަށް ހަމަޖެއްސި ގޮތުން، އިންޑިއާގެ ގައުމީ އެއާލައިނުން ޓްރިވެންޑްރަމާއި މާލެއާ ދެމެދު ދަތުރުކުރާނީ ހުކުރު، ހޯމަ އަދި ބުދަ ދުވަހު އެވެ.

ސުދިރު ވިދާޅުވީ އަންނަ ސެޕްޓެމްބަރު 30ގެ ނިޔަލަށް ބެންގަލޫރު ސެކްޓަރުގެ ދަތުރުތައް މެދުކަނޑާލީ އިންޑިއާ އިން ހައްޖަށް މީހުން އުފުލަން އިތުރު އެއާކްރާފްޓް ބޭނުންވާތީ ކަމަށެވެ. ޓްރިވެންޑްރަމްގެ ދަތުރުތައް ވެސް މަދުކޮށްލީ އެ ސަބަބާ ހެދި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ އަހަރުގެ ޖޫންގެ ނިޔަލަށް މާލެ- ބެންގަލޫރު ދަތުރުކުރީ. ނަމަވެސް މިފަހަރު އެއް މަސް އިތުރަށް ދަތުރުތައް ބޭއްވި. ދަތުރުތައް މެދުކަނޑާލުމުގައި އިތުރު އެހެން ސަބަބެއް ނެތް،" ސުދިރު ވިދާޅުވި އެވެ.

އެ އެއާލައިނުން މީގެ ކުރިން ވެސް ޓޫރިޒަމްގެ އޮފް ސީޒަނާ ދިމާކޮށް ބެންގަލޫރު ދަތުރުތައް މެދުކަނޑާލައި ޓްރިވެންޑްރަމަށް ކުރާ ދަތުރުތައް މަދުކުރެ އެވެ.

10 ކޮމެންޓް, 53 ރިއެކްޝަންސް

icon happy icon happy 53%
icon sad icon sad 38%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަރުނުލާ

11 July 2018

ރަނގަޅީ އެއްކޮއް ހުއްޓާލިއްޔާ

The name is already taken The name is available. Register?

ލޮލަ

11 July 2018

ހެޔޮ ދުއާ ސަލާމާެކު ބައިބައި!

The name is already taken The name is available. Register?

މޯލްޑިވިއަން

11 July 2018

ވަރަށް އުފާވެރި ހަބަރެކެވެ. އޭރުން އަހަރެމެންގެ ޤައުމީ އެއާލައިންނަށް ލިބޭ އާމުދަނީ އިތުރުވެ ހިދުމަތުގެ ފެންވަރު ރަނގަޅުވާނެވެ. އެއާ އިންޑިޔާގެ ދަތުރުތައް މިހާރުވެސް މާ އަގުބޮޑެވެ.ޓްރެވިނޑްރަމަށް ދެކޮޅަސް 265 ޑޮލަރުވީމާ މާބޮޑެވެ.

The name is already taken The name is available. Register?

އަބްދުއްالله

11 July 2018

ކެތޭ ޕެސިފިކުން ބޭޖިންގަށް ދަތުރު ފަށާ ގިނަކުރޭ.

The name is already taken The name is available. Register?

އަހޫއަހޫފދސދފސދފސދފ

12 July 2018

ކޮއިފުޅާ. ކޮންޤައުމެއްގެ އެއަރލައިންއެއްކަން ނޭންގުނަސް ކޮމެންޓް ކުރެވޭތޯ ބަލާތި. ކެތޭޕެސިފިކް އެއީ ހޮންގްކޮންގް ގެ އެއަރލައިން.

The name is already taken The name is available. Register?

ޙަސަނާ

11 July 2018

ދިވެހިންނަކީ ވަރަށް ބޮޑަށް އަނގައިން ފުދިގެން އުޅޭ ބައެއް. ފަހުގެ ފޯނާ ސައިކަލް ގަންނަން ލިބޭހާ ހިނދަކު ދިވެހިން ގޮތް ހުހެއް ނުވާނެ

The name is already taken The name is available. Register?

އާމިނަތއާމިނަތޔ 1

12 July 2018

އެވެސް އިންސްޓޯލްމަންޓް އަށް

The name is already taken The name is available. Register?

ނޫނު

11 July 2018

ބިލިއަނުން ދަރަނިވެފައިވާ ވީރާނާވަމުންދާ ކުންފުންޔެއްގެ ފިލްމުގެ ފަހުބައި.

The name is already taken The name is available. Register?

ބަފާބެ

11 July 2018

ބަނގުރޫޓްވެފައިވާ އެއަރލައިނެއް މަދުކުރިޔަސް މައްސަލައެއްނެތް. ޟޮލްޑިވިއަން އަދި ސިރީލަންކަންއިން ތިކަން ހަމަޖެހޭނެ!

The name is already taken The name is available. Register?

ޝައުކަތު

11 July 2018

ގަންނާނެ ބަޔަކުވެސް ނުވެގެން އުޅެނީ. ކުންފުނީގެ ދަރަނި ބޮޑު ކަމުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454