ޗެލްސީގެ ތަރި އެޑެން ހަޒާޑް.-- ފޮޓޯ: އޭއެފްޕީ
14 ޖުލައި 2018 - 10:09
މޮސްކޯ (ޖުލައި 14) - ބެލްޖިއަމްގެ ކެޕްޓަން އަދި ޗެލްސީގެ އެޑެެން ހަޒާޑްގެ ސޮއި ހޯދަން ސްޕެއިނުގެ ގަދަ ދެ ބާރު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ ގަދަ ހިފުމަކަށް ދާން ޖެހިއްޖެ އެވެ.
ބާސެލޯނާ އިން ހަޒާޑް ގެންދަން ޝައުގުވެރިކަން ފާޅުކުރަން ފެށީ އެ ޓީމުން އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ގެންނަން ކުރި މަސައްކަތް ކާމިޔާބު ނުވުމުންނެވެ. ގްރީޒްމަން އެންމެ ފަހު ވަގުތު ނިންމީ އެތުލެޓިކޯގައި މަޑުކުރާށެވެ.
ޔުވެންޓަސް އިން ކްރިސްޓިއާނޯ ރޮނާލްޑޯ ގަތުމުން ރެއާލުން ވަނީ ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް ގެންނަން ނިންމައިފަ އެވެ. އޭގެތެރެއިން އެއް ކުޅުންތެރިއަކީ ހަޒާޑް އެވެ. މީގެ ކުރިން ހަޒާޑް ވަނީ ރެއާލުގައި ކުރިން ހުރި ކޯޗު ޒިނެދިން ޒިދާންގެ ކޯޗުކަމުގައި އެ ޓީމަށް ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ. ޒިދާން އެ ޓީމުން ވަކިވި ނަމަވެސް ހަޒާޑް އަދި ވެސް ރެއާލަށް ކުޅުމުގެ އުއްމީދު ދޫކޮށެއްނުލަ އެވެ.
އުމުރުން 27 އަހަރުގެ ހަޒާޑް، ޗެލްސީއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އެބައޮތެވެ. ފާއިތުވި ސީޒަނުގައި ޗެލްސީ ދެ ފަހަރެއްގެ މަތިން ހަޒާޑާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރަން މަސައްކަތްކުރި އެވެ. ބޮޑު މުސާރައާ އެކު ހުށަހެޅި ދެ އެއްބަސްވުމަށް ވެސް ހަޒާޑް ވަނީ ނޫނެކޭ ބުނެފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރެއާލުން ވަނީ ހަޒާޑް ގަންނަން 190 މިލިއަން ޑޮލަރު ހުށަހަޅަން ތައްޔާރުވެފަ އެވެ. އަދި ރަސްމީ ސިފައެއްގައި ހަޒާޑް ގަންނަން ކުރާ މަސައްކަތް ވަރުގަދަކުރާނީ މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގެ ތެރެއިން ހަޒާޑްގެ މުސްތަގުބަލާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ހަޒާޑް ވަނީ ޗެލްސީ ދޫކޮށްލަން އުޅޭ ކަމުގެ އިޝާރާތެއް ދީފަ އެވެ. ހަޒާޑް ބުނީ މި ވަގުތު އޭނާ ޗެލްސީގެ ކޮންޓްރެކްޓުގައި ހުރި ނަމަވެސް އަދި އޭނާ އަށް ވެސް ޓީމަކުން ބިޑެއް ހުށަނާޅާތީ އަދި ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ ކަންތައްތަކެއް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް ބުންޏެވެ.
ދާދި ފަހުން ބާސެލޯނާގެ ޓެކްނިކަލް ސެކްރެޓަރީ އަދި ކުރީގެ ޑިފެންޑަރު އެރިކް އަބިދާލް ވަނީ ހަޒާޑްގެ އޭޖެންޓާ މަޝްވަރާކޮށްފަ އެވެ. އަދި އެ ބައްދަލުވުމުގައި ނިމުނު ގޮތަކާ މެދު މީޑިއާގައި ވާހަކަ ދެކެވިފައިނުވި ނަމަވެސް ބާސެލޯނާ އިން ވޯލްޑް ކަޕަށް ފަހު ހަޒާޑަށް ބިޑްކުރާނެ ކަމަށް ބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޒާޑް
14 July 2018
ހަޒާޑް ކުޅެން ބޭނުންވަނީ ރެއާލަށް. ހަޒާޑްގެ ހިތް އޮތީ މެޑްރިޑްގަޔޯ.
ޗެލްސީ
14 July 2018
ޕުލީސް މަޑުކޮއްދީ ހަޒާޑް..
ލޯންސްޓަރ.
14 July 2018
ހަޒާޑް ދާންވީ ބާސާއަށް.އަންނަ ސީޒަނުގަ ރެއާލް ދޭބަލަ މަހަށް.
ޕެރޭޒް
14 July 2018
ހަޒާރޑް ބާރސެލޯނާއަކަށް ބޭނުމެއް ނޫން. ހަޒާޑް ބާސާއަށް ދިޔަޔަސް އިތުރު މައްސަލަތަކާ ދިމާވާނީ. ބާސާގައި އެބަހުރި މުސްތަޤްބަލުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ވާނެ ކުޅުންތެރިޔެއް. އެއީ އުސްމާނޭ ޑެމްބެލޭ. ދެން ކުޓީނިއޯވެސް އެބަހުރި. އެހެންވީމާ ހަޒާޑު ރަނގަޅުވާނީ ރިއާލްއަށް ގުޅުނިއްޔާ. އަހަރުމެން ބާސާ ފޭނުން ބޭނުންވޭ އެލް ކްލެސިކޯ ކޮމްޕެޓިޓިވްވާން އަދި ރިއަލް ވަރުގަދަވާން. މެސީ އަދި ހަޒާޑުގެ އެލް ކްލެސިކޯއެއް މާފުރިހަމަވާނެ. އެއީ ދެ ކުޅުންތެރިންނަކީވެސް ޑްރިބްލިންގް ބޯލް ކޮންޓްރޯލިންގް އަދި ޕްލޭ މޭކިންގައި މާސްޓާއެއް. ބާރސާއިން މިހާރު ބޭނުންވަނީ ވާރލްޑް ކްލާސް ކޮންޓްރޯލާއެއް. އެއީ ޓިއާގޯ އަލްކަންޓާރާ ނުވަތަ ވެރާޓީ. ދެން ބޭނުމީ އިނިއެސްޓާގެ ރިޕްލޭސްމަންޓަށް ސެންޓްރަލް މިޑްފީލްޑަރެއް. އެކަމަށް އެންމެ ޤާބިލީ ކްރިސްޓިއަން އެރިކްސަން. އެކަމަކު އޭނަ ލިބޭކަށް ނެތް. އެހެންވީމާ ހަޒާޑުގެ ބަދަލުގައި މިޑްފީލްޑަރުން ހޯދަން ބާސާގެ ބޯޑުން އުޅުނިއްޔާ މާ ބޮޑަށްވެސް ރަނގަޅުވާނެ. ވަރަށް ވެދުން.
ރަދީފްް
15 July 2018
"އެއީ ދެ ކުޅުންތެރިންނަކީވެސް ޑްރިބްލިންގް ބޯލް ކޮންޓްރޯލިންގް އަދި ޕްލޭ މޭކިންގައި މާސްޓާއެއް." އެކަމަކު ނިމިގެންދިޔަ ވޯރލްޑްކަޕުގައި ފެނުނީ އެންމެ މާސްޓަރ އެއް. އެއީ ހަޒާޑް. ތިޔަ ބުނާ މެސީއަށް އައިސްލޭންޑް ކުދިން ހެދީވެސް ހަދަން ބޭނުން އެއްޗެއް. އިރެއްގަ މޮޅަކަސް މިހާރު އެއީ މުސްކުޅިއެއް. ވެދުން.
ރަދީފްގެ ބަފާ
15 July 2018
ދޮންކަލޯ އައިސްލޭންޑް މެޗު ބެލިންތަ. މެސީވަނީ އެމެޗުގައި 9 ޑްރިބަލްކޮށް 2 ކީ ޕާހާއި 85 ޕާހުގެ އިތުރަށް 12 ޝޮޓް ގޯލަށް ފޮނުވާލާފައި. ފުޓްބޯޅައަކީ ޓީމް ގޭމެއްކަން ހަނދާންކުރާތި އަދި ބުނަން އެންމެ 2 މެޗަކުން ކުޅުންތެރިއެއްގެ މޮޅު ކަމެއް ނޭންގޭނެ. އަދި ބުނަން ފްރާންސް މެޗުގައި މެސީ ހެދި ދެވަނަ އެސިސްޓާއި ނައިޖީރިޔާ މެޗުގައި ގޯލް ޖަހަން ބޯޅަ ކޮންޓްރޯލްކުރި ގޮތް ބަލާލިޔަސް އަހަރެން މިބުނާ ސްކިލްތައް ފަހުމުވާނެކަމަށް ހީކުރަން. ވަރަށް ވެދުން.
ލޮކިމަސް
14 July 2018
ހަޒާޑް ދޭ ބާސާ އަށް !!!!! ރިއާލްއަކާނުގުޅޭ!
ތެދު
14 July 2018
ދެވަނަ ކިރްސްޓިއާނޯ ހަޒާޑަކީ.. ލަފާކުރެވެނީ ރިއާލްއިން ވިދިގެންވެސް ހަޒާޑް ނަގާނެ ކަމަށް..
މައިކާނލޯރޮށި ގިއްލާ
14 July 2018
ހަޒާޑަށް ވޯލްޑްކަޕްގަ ކޮންކަމެއް ކުރެވުނީ.ހަޒާޑް އެއީ ވިހައެއް.
ޙަގީގަތް
14 July 2018
މި ފަހަރު ވާރލްޑް ކަޕުގައި ހަޒާރޑު އާދަޔާ ޚިލާފަށް މޮޅު. 3 ގޯލާއި 2 އެސިސްޓް. މެޗެއްގައި އެވްރެޖްކޮށް 6.7 ޑްރިބަލްސް އަދ 2.5 ކީ ޕާސްގެ އިތުރަށް 82 ޕަސެންޓް ޕާސް ސަކްސަސްފުލް ރޭޓް. 1.8 ލޯންގް ބޯލްސް މެޗެއްގައި އެވްރެޖްކޮށް ހުރިއިރު ރޭޓިންގައަކީ 8.53. އެހެންވީމާ ހަޒާރޑަށް ވާރލްޑް ކަޕުގައި ކަމެއް ނުކުރެވެޔެކޭ ނުބުނެވޭނެ. ހަޒާރޑަކީ ރޮނާލްޑޯގެ ރިޕްލޭސްމަންޓެއްނޫން. އޭނާއަކީ ރޮނާލްޑޯއަށްވުރެ މޮޅު ކުޅުންތެރިޔެއް. ރޮނާލްޑޯ ހަޒާޑަށްވުރެ މޮޅީ ގޯލް ޖަހަން އެކަނި. ފުޓްބޯޅައިގެ އެހެން ހުރިހާ ސްކިލްއެއްގައި ހަޒާރޑު އުޅެނީ ރޮނާލްޑޯއަށްވުރެ މާކުރީގައި. ވަރަށް ވެދުން.
ހަސަންމަނިކުފާނު
14 July 2018
ދަމާވަލަށް ވާންކޮށްފިތާ! ރިއަލް ނޫންޓީމަކަށް ހަޒާޑަށް ލާހިކެއްނޫން ކުޅޭކަށް!