އެމްޔޫ ސްޓޯރުން ހުޅުމާލޭގައި ހުޅުވި ފިހާރަ: މާލޭގައި ވެސް އެ ކުންފުނީގެ ދެ ފިހާރައެއް ހުރޭ. ފޮޓޯ: އެމްޔޫ ސްޓޯރު
15 ޖުލައި 2018 - 17:15
މާލޭގައި ފުޅާދާއިރާއެއްގައި ހޯލްސޭލް ވިޔަފާރި ކުރާ އެމްޔޫ ސްޓޯރުގެ ފިހާރައެއް ހުޅުމާލޭގައި މިއަދު ހުޅުވައިފި އެވެ.
އެ ފިހާރަ ހުޅުވާފައި ވަނީ ހުޅުމާލޭގެ ނިރޮޅުމަގުގެ މެއިން ބަސްޓޮޕް ކުރިމަތީގަ އެވެ.
"މި އައުޓްލެޓުން ވެސް މާލެ އެކޭ އެއް އަގެއްގައި، މާލޭގައި ހުންނަ އެމްޔޫ ސްޓޯރުގެ ދެ ފިހާރަ އިން ވެސް ލިބެން ހުރި ހުރިހާ މުދަލެއް ހޯލްސޭލް ކޮށް ލިބޭނެ. އަދި މި ފިހާރަ އިން ރީޓެއިލްކޮން ވެސް މުދާ ލިބޭނެ،" އެ ކުންފުނިން ބުންޏެވެ.
އެމްޔޫ ސްޓޯރުން ހުޅުމާލޭގައި ހުޅުވި ފިހާރަ: އެ ފިހާރަ ހުޅުވީ ހުޅުމާލޭ ނިރޮޅުމަގުގެ މެއިން ބަސްޓޮޕް ކުރިމައްޗަށްވާ ގޮތަށް. ފޮޓޯ: އެމްޔޫ ސްޓޯރު
އެމްޔޫ ސްޓޯރުން ބުނިގޮތުގައި، އެ ފިހާރަ ހުޅުވުމުގެ އެންމެ ބޮޑު ބޭނުމަކީ ހުޅުމާލޭގައި ރީޓޭލްކޮށް ވިޔަފާރިކުރާ ފަރާތްތަކަށް، ހުޅުމާލެ އަށް މުދާ އުފުލުމުގައި ދިމާވެފައިވާ އުދަގޫތައް ކުޑަކޮށް، ހުޅުމާލެ އިން ހުރިހާ މުދަލެއް ފަސޭހަކަމާ އެކު ފޯރުކޮށް ދިނުމެވެ.
"މި ކަމަކީ ހުޅުމާލޭގައި ރީޓޭލްކޮށް ވިޔަފާރި ކުރައްވާ ފަރާތްތަކުން ނުހަނު ބޮޑަށް ބޭނުން ވެގެން އަޅުގަނޑުމެން ގާތު އެދެމުން ދިޔަ ކަމެއް. ވީމާ، މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުން ލިބިގެންދާނެ ފަސޭހަ އަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އެ ކުންފުނިން ބުންޏެވެ.
އެމްޔޫ ސްޓޯރުން ހުޅުމާލޭގައި ހުޅުވި ފިހާރަ: މި ފިހާރައިން ހޯސޭލްކޮށް އަދި ރީޓެއިލްކޮށް ވެސް މުދާ ލިބެންހުރޭ. ފޮޓޯ: އެމްޔޫ ސްޓޯރު
އެމްޔޫ ސްޓޯރުން ވިއްކާ ލެކްނޯ ޖޫހާއި ލެކްނޯ ކިރު އަދި އިންޑޯމިލްކާއި އޮލިޓަލިޔާ އޮލިވް އޮއިލް ފަދަ މަޝްހޫރު ބްރޭންޑްތަކަކީ އާއްމުންގެ މެދުގައި ވަރަށް މަގުބޫލް އުފެއްދުންތަކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުންއަސަރު
16 July 2018
ވަރަށް އުފާވޭ ތިފަދަ ބޮޑެތި ފިހާރަތައް ހުޅުވާ ބޭނުންވާ ހަމަ ހުރިހާ އެއްޗެއްވެސް ލިބެމުން ދާނެތީ. ބޭނުންވާ ހުރިހާ ބާވަތެއްވެސް ގަނޑުކޮންނާ ވަކިވަކިން ލިބުމީ ހަމަ ކޮންމެ ފަރާތަކަށްވެސް ލިބޭނޭ އުފަލަކާ ހިތްހަމަޖެހުމެއް. ތީ އަހަރެމެން ވަރަށް އިތުބާރުކުރާ ބޮޑުކުންފުންޏެއް. ބޭނުންވެގެން މިއުޅެނީ ވީހާވެސް ހެޔޮއަގެއްގާ ހަމަ ކޮންމެ ބާވަތެއްވެސް ލިބިގެން ދިއުން. މަރްހަބާ އެމްޔޫ ސްޓޯރ.
ޝަހާ
15 July 2018
ގުޑް ވޯކް ލިލާލް.
ޓޮނޭ
15 July 2018
އުފާވެރި ޚަބަރެކެވެ. ދެރައީ އެހެން ބައެއް ބޮޑެތި ކުންފުނިތަކުން ހިންގާ ފިހާރަތަކުން ރީޓެއިލް ނުކުރާތީއާއި އަދިވެސް ތަފާތު ބާވަތްތައް އެތެރެކޮށް ވިއްކާ މުހިންމު ބައެއް ތަންތަން ހުޅުމާލޭގައި އަދިވެސް ނެތީމައެވެ. ބުރިޖާއެކު އިތުރު ތަންތަނުގެ ފިހާރަތައް އައިސް ހޯލްސޭލްކުރުމުގެ އިތުރަށް ރީޓެއިލްވެސްކުރާނެ ކަމަށް އުންމީދު ކުރަމެވެ.