"ބޮސް" ގެ ޕޯސްޓަރެއް: އަންނަ މަހު އޮލިމްޕަހުގައި ފިލްމްގެ ޝޯއެއް ދައްކާނެ.
22 ޖުލައި 2018 - 14:22
ފާތުމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓައިންމަންޓުން އެންމެ ފަހުން ގެނެސް ދިން ކާމިޔާބު ދެ ފިލްމް ކަމަށްވާ "ބޮސް" އާއި "4426" އަނެއްކާ ވެސް އޮލިމްޕަސް ސިނަމާ އަށް ގެންނަން ނިންމައިފި އެވެ.
ނަހުލާ ބުނީ "4426" އަންނަ މަހުގެ 2 ގައި ދައްކާނެ ކަމަށެވެ. އަދި "ބޮސް" ދައްކާނީ އަންނަ މަހުގެ 3 ގަ އެވެ. މި ދެ ފިލްމްގެ އިތުރު ޝޯތަކެއް އަޅުވަން ނިންމީ ގިނަ ބަޔަކު އެކަމަށް އެދެމުން އަންނާތީ ކަމަށް، ކާމިޔާބު ޕްރޮޑިއުސަރު/ޑައިރެކްޓަރު ބުންޏެވެ.
"ކޮންމެ ފިލްމެއްގެ ވެސް އެއް ޝޯ މި އަޅުވަނީ. މިހާރު ދެ ފިލްމްގެ ރަސްމީ ފޭސްބުކް ޕޭޖްތަކަށް އިންބޮކްސްކޮށްގެން ދެ ފިލްމްގެ ޓިކެޓް ވެސް ބުކްކޮށްލެވޭނެ،" ނަހުލާ ބުންޏެވެ. "އަދި މި މަހުގެ ސައްބީހުން ފެށިގެން އޮލިމްޕަހުން ޓިކެޓް ވިއްކަން ފަށާނެ."
"ބޮސް" އަކީ ނަހުލާގެ ސްކްރީންޕްލޭއަކަށް އައިޝަތު ރިޝްމީ މިދިޔަ އަހަރު ޑައިރެކްޓް ކުރި ފިލްމެކެވެ. އެ ފިލްމްގެ ތަރިންނަކީ މަރިޔަމް އައްޒަ އާއި އަލަށް ތައާރަފުވި މުހައްމަދު ޔުނާންގެ އިތުރުން ފާތުމަތު (އަޒޫ) އާޒިފާ އާއި އިބްރާހީމް (ޖިމީ) ޖިހާދެވެ.
ނަހުލާ އާއި އަހުމަދު ޝިނާން ޑައިރެކްޓް ކުރި "4426" އަކީ ބިރުވެރި ފިލްމެކެވެ. ދެހާސް ސޯޅަ ވަނަ އަހަރު ރިލީޒް ކުރި ފިލްމްގެ ކާސްޓުންގެ ތެރޭގައި އައްޒަ، ޔޫސުފް (ޔޫއްޕެ) ޝަފީއު، ޝީލާ ނަޖީބް، ޖިމީ، މުހައްމަދު ފައިސަލް، ޖުމައްޔިލް (ޖުމަލް) ނިމާލު އަދި އަލީ ފާރޫގް ހިމެނެ އެވެ.
މި ފިލްމަކީ މި އަހަރު ބޭއްވި ސާކް ފިލްމް ފެސްޓިވަލްގައި ވެސް ރާއްޖޭން ބައިވެރި ކުރި ފިލްމެކެވެ.
އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު "ބޮސް" އާއި "4426" އަކީ ރިލީޒް ކުރި ފަހުން އެކި ފަހަރު މަތިން މީގެ ކުރިން ވެސް ޝޯތަކެއް ދައްކާފައިވާ ދެ ފިލްމެވެ. މިއީ މި ފަހުން އެޅުވި ފިލްމްތަކުގެ ތެރެއިން އެންމެ ގިނަ ޝޯތައް ދެއްކި ދެ ފިލްމް ވެސް މެ އެވެ.
ނަހުލާ މިހާރު އަންނަނީ ރާއްޖޭގައި ހަދާ ފުރަތަމަ ވެބް ސީރިޒް "ހުވާ" ގެ މަސައްކަތް ކުރަމުންނެވެ. އޭނާއަކީ މީގެ ކުރިން ވެސް ކާމިޔާބު ރީތި ފިލްމެއްތަކެއް ގެނެސް ދީފައިވާ ޑައިރެކްޓަރެކެވެ.
އޭގެ ތެރޭގައި "ކަލާޔާ ނުލާ"، "ޒުލޭހާ" އަދި "ޔޫސުފު" ފަދަ ފިލްމްތައް ހިމެނެ އެވެ.
އޮލިމްހުގައި އެންމެ ފަހުން އެޅުވި ފިލްމަކީ މަރިިޔަމް މޫސާގެ "ތިޔަ ލޯތްބާ ދުރަށް" އެވެ. އެ ފިލްމާ އެކު ޖުމްލަ 4 ފިލްމް މި އަހަރުގެ މިހާތަނަށް ރިލީޒްކޮށްފައިވެ އެވެ.
އެއީ ޔޫއްޕެގެ "ދެވަންސޫރަ" އާއި ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ވަކިން ލޯބިން" އަދި އަމްޖަދު (އަމްޖޭ) އިބްރާހީމްގެ "ރޭވުމުން" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
4426 ބަލާހިތުން މޮޔަވެފަ
05 August 2018
10، 12 ފަހަރު އެޅުވިއަސް ހެވެއްނު،އަދި 4426 އެއް ނުފެނޭ ވިއްޔަ. ނަހުލާ ހދ ގަ 4426 އަޅުަބަލަ
ޝިމައު
24 July 2018
ލާރި ހުސްވީ
ޖާޢީ
24 July 2018
މީހުން ފިލްމު ނުބަލައިގެން ދެވަނަ ފަހަރަށް ފިލްމް އަޅުވަނީ ހަމައެކަނި މިގައުމުގައި... ފިލްމު ފޮލޮޕް ވިޔަސް ދިހަ ބާރަ ފަހުރު އަޅުވާނެ، ފްލޮޕް ނުވާކަން ދައްކަން
ގޫގުލާ
22 July 2018
ރާއްޖޭގަ ނޫން ތަނެއްގަ ހިޔެއް ނުވޭ އެއް ފިލްމެއް ދިހަ ބާރަ ފަހަރަށް ސިނަމާގަ ފިލްމު އަޅުވާ ގައުމެއް އޮންނާނެހެން..
ބިންބިން
23 July 2018
އިންޑިޔާގަ އަޅުވާ.
ތާޢީދު
23 July 2018
މާ ބޮޑަށް ދިވެހިންނަށް އިނގެނީ
ައަލިފް
22 July 2018
ކިހިނެއްވާނެ 365 ދުވަސްވަންދެން އަޅުވާފަ ބެހެއްޓުން
ސިލީ
22 July 2018
އަނެއް ފަހަރު ވަދާޢީ ޝޯ ތަކެއް...ހހހހހހހހ.....