އުމަރު ނަސީރު
23 ޖުލައި 2018 - 18:36
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ނިންމަވާފައިވާ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހިއްސާވާ ކުންފުންޏެއްގެ މައްޗަށް ސާބިތުވި 1.8 މިލިއަން ރުފިޔާގެ ދަރަންޏެއްގެ މައްސަލާގައި އުމަރުގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
އުމަރުގެ ޕާސްޕޯޓް ހިފެހެއްޓީ އުމަރު ހިއްސާވާ ޓޫރިސްޓް ވޭލް ސަބްމެރިން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އޮތް ސާބިތު ދަރަނީގެ މައްސަލައެއްގަ އެވެ.
ޓޫރިސްޓް ވޭލް ސަބްމެރިން ކުންފުނީގެ މައްޗަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ކުރި ދައުވާއެއްގައި ޑިސެމްބަރު 26، 2016 ގައި ވަނީ މުވައްޒަފުންގެ ރިޓަޔާމަންޓް ޕެންޝަން ފައިސާގެ ގޮތުގައި 1،860،405.86ރ. ދެއްކުމަށް ހުކުމްކޮށްފަ އެވެ. އެ ފައިސާ ނުދައްކައިގެން ޕެންޝަން އޮފީހުން އެ މައްސަލަ ތަންފީޒަށް ހުށަހެޅުމާ ގުޅިގެން ސިވިލް ކޯޓުގައި މިހާރު މައްސަލަ ކުރިއަށް ދާއިރު ކުންފުނީގެ ހުރިހާ ޑިރެކްޓަރުންގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ އިއްޔެ އެވެ.
ރަހުނެއް ނުހިމެނޭ ސާބިތު ދަރަންޏާ ބެހޭ ގަވައިދުގައި ބުނާ ގޮތުން، ކުންފުންޏެއްގެ މައްޗަށް ދަރަންޏެއް ސާބިތުވެއްޖެ ނަމަ އެ ފައިސާ ދައްކަންދެން، އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ޕާސްޕޯޓް ހިފެހެއްޓިދާނެ އެވެ. އުމަރުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ މި ގަވައިދުގެ ދަށުންނެވެ.
ނަމަވެސް އުމަރު ވިދާޅުވީ ޕާސްޕޯޓް ނުހިފަހައްޓާ ކަމަށާއި "އެއީ ދޮގެއް" ކަމަށެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހުޅުވާލާފައިވާއިރު އުމަރަކީ އެ އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކުރައްވާފައިވާ ބޭފުޅެކެވެ.
އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ މީހެއް ނަމަ ރައީސުލްޖުމްހޫރިއްޔާ ކަމަށް ޝަރުތު ހަމައެއް ނުވާނެ އެވެ.
އުމަރު ނަސީރު ވަނީ 2008ގެ ރިޔާސީ އިންތިހާބާއި 2013ގެ ރިޔާސީ އިންތިހާބުގެ ޓިކެޓް ހޯދެއްވުމަށް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
25 July 2018
މިއީ މީނާއަށް ވޯޓުހޯދާދިނުމުގެ ނިޔަތުގައި ހިންގާ ސްޓަންޓަކާ ވައްތަރީ މީނަ ލައްވަ ރައީސްކަމަށް ކުރިމަތި ލެއްވުމަކީ ސަރުކާރަށް ލިބޭ ކަމިޔާބެއް
ފޮނިޓައްޕު ހަސަނު
24 July 2018
އުމަރާ ތީނައާށް އަދިވެސް ހާދަ ތަންދޮރު ނޭގެޔޭ. މިޒަމާނުގައި ޕާސްޕޯޓް ހިފެހެއްޓިއޭ އެބުނަނީ އެ ޕާސްޕޯޓް ތީނަ އަތުން އަތުލި ވާހަކައެއް ނޫނޭ. އިމިގްރޭޝަން ބޯޑަރ ކޮންޓޯލް ސިސްޓަމުން ތީނަ ފުރުން ބޮލޮކް ކުރިވާހަކަ. އަދިވެސް ބަލާތި ބޮޑާ ބަސްބުނެވޭތޯ.
އުމަރާ
24 July 2018
މުވައްޒަފުންގެ ޕެންޝަން ލާރިކޮޅު ނުދީ ހިފަހައްޓާފަ، ވެރިކަމަށް އަންނަން ތިއުޅެނީ. ދެން ހިފަހައްޓާނީ ގައުމުގެ ރައްޔިތުންގެ ޕެންޝަން ލާރިކޮޅު ކަންނޭގެ. މިއީ ތެދުވެރިކަން ހުރި ވަރު.
ދސދފ
24 July 2018
އަދި ކޮބާ މިނިވަން 50ގެ އިންޓެރިމް ކުންފުނިތައް؟
އިބްޝާ
24 July 2018
އުމަރަށް ވާދަނުކުރެވޭ ނަމަ އިދިކޮޅޭމެންނަށް މަދުވާނެ ވޯޓެއް ނޯންނާނެ .. އުމަރަށް ވޯޓެއް ލިބެންޏާ ލިބޭނީ ދަރުބާރޭމެންފަޅިން .. އެހެންވީމާ ދަރުބާރޭމެންނަށް ލިބެންއޮތް ޖުމްލަ 5% ވޯޓު ކޮޅުގެ ބައިއެޅުން ކުޑަވެދާނެ ...
އައިސް
24 July 2018
ތިއޮތީ ނަގުލައް ފިއްތާލާފައި ކޮޅުއަނބުރާނުލާ ނަގޫ ބުރިކޮއް އެއްލާލިއްޔާ ނޫނީ އުމަރު އުމަރަކަށް ނުވާނެ
ބައޯކަލޯ
24 July 2018
އަދި މަޑުކުރޭ...ރިޔާސީއިންތިހާބަށް ކުރިމަތީލާނެ ހުރިހާކަމެއް ފުއްދައިފާ.....ކެކެކެކެކެ
ހަސަންމަނިކުފާނު
24 July 2018
މިއޮތީ ވެރިކަން ކުރެވިފަ! އަހަރުމެން ވޯޓް ލާން މިޖެހެނީ މިކަހަލަ މީހުނަށް! ގައުމައިގެން ކުރިއަށް!
ބިޔަބެ
24 July 2018
ތިމާގެ މުއައްޒަފުންނަށް ޕެންޝަން ފައިސާދަށްކަން ދެކޮޅުހަދާމީހަކު ދެންކޮންވެރިކަމެއްކުރެވޭނީ
ބުލލާ
24 July 2018
އުމަރުއަށް އޯކޭ ޕާސްޕޯޓް ހިފެހެއްޓިއަސް..... އިންތިހާބުގައި ރާއްޖޭގައި ހުރުން މުހިއްމީ...........
ސާދާސީދާ
24 July 2018
ޢުމަރަކީ ތާސްބައިގެ ޖޯކަރު!