މޫސުން ގޯސް ދުވަހެއްގައި މާލެއަށް ރާޅު އަރަނީ-- ފޮޓޯ: މިހާރު
29 ޖުލައި 2018 - 13:14
ކަނޑުތަކުގައި ބާނި ބޮޑުވެފައިވާތީ ރާއްޖޭގެ ހުރިހާ ހިސާބަަކަށް ވެސް މިއަދު އުދަ އަރައިފާނެތީ ސަމާލުވުމަށް، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އިން މިއަދު ބުނެފި އެވެ.
މެޓުން ވަނީ މިއަދު 12:30 އިން ހަވީރު 4:30 އަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އުދައިގެ އަސަރުކޮށްފާނެތީ ސަމާލުވުމަށް "ޔެލޯ އެލާޓް" ނެރެފަ އެވެ. އާންމުކޮށް އުދަ އަރާ ރަށްތަކަށް އުދައިގެ އަސަރު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް މެޓުން ބުނެ އެވެ.
މެޓުގެ އޮފިޝަލަކު ވިދާޅުވީ މިއީ ކޮންމެ ހަނދުމަހެއްގައި ވެސް އެންމެ ދިޔަވަރު ބޮޑުވާ ދުވަސްވަރު ކަމަށްވުމާއެކު ދިޔަވަރު ބޮޑު ވަގުތުތަކުގައި އުދައިގެ އަސަރު ކުރުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އެބައޮތް ކަމަށެވެ. ނަމަވެސް އާދަޔާ ހިލާފަށް އުދަ ނާރާނެ ކަމަށް މެޓުން ބުނެ އެވެ.
އުތުރުގެ އަތޮޅުތަކަށް މިއަދު އެންމެ ދިޔަވަރު ބޮޑުވާނީ 13:31 ގަ އެވެ. އަދި މެދު ރާއްޖެތެރެއިން 14:18 ގައި ދިޔަވަރު ބޮޑުވާއިރު ދެކުނަށް ދިޔަވަރު ބޮޑުވާނީ 14:50 ގަ އެވެ.
ކުރިއަށް އޮތް ދެ ދުވަހު ވެސް މުޅި ރާއްޖެއަށް ވެސް މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ބުނެ އެވެ. އަދި ވައިޖެހޭނީ ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށް އެ އިދާރާއިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ނަސީމް
29 July 2018
ނަމަނަމަ މި ގައުމުގެ 'އިލްމް' ވެރިންގެ ބަހެއް މި ނޫހުގަ ނުޖަހައްޗޭ! އެހެނީ، ހަނދޫކޭތަ އައްވެސް ބުނި ބަހަކުން، މަމިހިރީ ހަމަ ކޮސްވެފަ!
މަރޭމިތުރާ
29 July 2018
[[ބޭރަށް މިހިނދައް ނުކުންނަނީ ވިއްޔާ ވިއްސާރަކުޑަ ނަގައްޗޭ! ބޭރަށް ނުކުތީމާ ވާރޭވެހި ތާށިވެދާނޭކަން ދަންނައްޗޭ!]]
މަރޭމިތުރާ
29 July 2018
[[ސަލާމަތްކަން އޮތީ ސަމާލުވެގެން.. ސަލާމަތަށް ރައްކާތެރިވެގެން]]