މިއަދުގެ މެންދުރު 1:30 އިން ހަވީރު 5:00 އާ ދެމެދު ސިނަމާލެ ބްރިޖާއި ހައިވޭގައި ދަތުރުކުރާއިރު ހަތަރުފުރޮޅުލީ ވެހިކަލްތަކުގައި ދިއުމަށް ފުލުހުން އިލްތިމާސްކުރި.
އުދަ އަރާފާނެ ކަމަށް ލަފާކޮށް، މާލޭގެ ލޮނުޒިޔާރަތްކޮޅުގައި ވެލި ބަސްތާ ޖަހާފައި.- ފައިލް ފޮޓޯ: މިހާރު
28 ޖޫން 2025 - 14:14
އުދަ އަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް މިއަދު ހުދު އެލާޓް ނެރެފި އެވެ.
މެޓު އޮފީހުން ބުނީ މިއަދުގެ މެންދުރު 1:30 އިން ހަވީރު 5:00 އާ ދޭތެރޭގައި އުދައަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންވެ، އެ ވަގުތަށް މުޅި ރާއްޖެއަށް ވަނީ ހުދު އެލާޓު ނެރެފަ އެވެ.
އުދަ އަރާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާކޮށްފައި ވާތީ މެންދުރު 1:30 އިން ހަވީރު 5:00 އާ ދޭތެރޭގައި ސިނަމާލެ ބްރިޖާއި ހައިވޭގައި ދަތުރުކުރާއިރު ސަމާލުވާން ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
"މި ވަގުތުތަކުގައި، ދަތުރުތައް ކުރެއްވުމަށް ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރައްވާ،" ފުލުހުންގެ އިލްތިމާސްގައި ވެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅުގެ ރަށްތަކާ ހަމައަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފަ އެވެ.
އެ އޮފީހުން ބުނީ އެ ސަރަހައްދުތަކަށް ހެނދުނު 10:45 އިން ހަވީރު 4:30 އާ ދޭތެރޭގައި ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެތީ ހުދު އެލާޓު ނެރެފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބޫ
28 June 2025
އެކަން އެނިމުނީ ދެން ނެތް އުދަ އަރާކަށް
ފެންނަގޮތް
28 June 2025
ކުރިއަަށް އޮތް 100 އަހަރައް ވިސްނާ ، ކުދިކުދި ރައް ނުހިއްކާ، 3 މީޓަރަށް ބޮޑެތި ރައްތައް އުސްކުރުން މުހިމުންކަމަށް ފެނޭ.