މަންދު ކޮލެޖުން މިދިޔަ އޭޕްރީލް މަހު ބޭއްވި ދަސްވެނިވުމުގެ ހަފުލާގައި ބައިވެރިިވި ބައެއް ދަރިވަރުން: ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު މާދަމާ ހަމަވާނެ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
29 ޖުލައި 2018 - 18:23
ޖުލައި އިންޓޭކްގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު މާދަމާ ހަމަވާނެ ކަމަށް މަންދު ކޮލެޖުން މިއަދު ބުނެފި އެވެ.
އެ ކޮލެޖުގެ އޮފިޝަލަކު ވިދާޅުވީ މަތީ ތައުލީމްގެ ކޯސްތަކަށް އެދުމަށް ދިން މުއްދަތު މާދަމާ ހަމަވާނެ ކަމަށެވެ. އެހެންވެ ވީހާ ވެސް އަވަހަކަށް ކޯސްތަކަށް ފޯމް ހުށަހެޅުމަށް މަންދުން ވަނީ އެދިފަ އެވެ.
އޮންލައިންކޮށް ކޯސްތަކަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފަ އެވެ. އެގޮތުން www.mandhucollege.edu.mv މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހެޅޭނެ އެވެ.
ރާއްޖޭގައި ވާޗުއަލްކޮށް ކިޔަވައިދޭ ހަމައެކަނި މަރުކަޒަކީ މަންދު ކޮލެޖެވެ. އަމިއްލަ ރަށުގައި ވަޒީފާގައި ހުރެގެން ވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ގަބޫލުކުރާ ފެންވަރަށް ޑިޕްލޮމާ އިން ފެށިގެން މާސްޓާސްއާ ހަމައަށް ކިޔެވޭނެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އަދި ކޯސްތަކަށް ފީ ދެއްކުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށް ސްޓޫޑެންޓް ފައިނޭންސް ސްކީމުގައި ވެސް ބައިވެރިވެވޭނެ ކަމަށް ކޮލެޖުން ބުންޏެވެ.
މަންދު ކޮލެޖަކީ 1998 އިން ފެށިގެން ތައުލީމް ފޯރުކޮށްދެމުން އަންނަ ތަނެކެވެ. އެ ކޮލެޖުގެ ވާޗުއަލް ސިސްޓަމް މެދުވެރިކޮށް، އަމިއްލަ ރަށުގައި ތިބެގެން ވެސް ކިޔެވޭނެ މަގު ތަނަވަސްކޮށްދީފައިވާއިރު އެ ކޮލެޖުން މިހާރު ވެސް 500 އެއްހާ ދަރިވަރުން އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރާ
29 July 2018
ހަޔާތުގަ ހެދޭ ޅަގޮތަކުން ބަރުބާދުވެ ދުރަށްދޭ! ހަޔާތައް އުފާގެނައުމަށް ތައުލީމު ވިސްނުންދޭ!
މަރޭމިތުރާ
29 July 2018
ފައިސާ އެބުނަނީ ހަރަދުނުކުރަން ވަގުތަކީ ކުޑައެއްޗެކޭ! ފައިސާ އެހުރިވަގުތު ކުދިންނޭ ކިޔެވޭތޯ ބަލައްޗޭ!