ވެއްޓުނު ސެސްނާ 414 މަރުކާގެ ބޯޓުން އެކަކު ވެސް ސަލާމަތް ނުވޭ. --ފޮޓޯ:އީޕީއޭ
06 އޯގަސްޓް 2018 - 14:32
ކެލިފޯނިއާ (އޮގަސްޓް 6) - އެމެރިކާގެ ކެލިފޯނިއާގެ ސެންޓަ އަނާގެ ޝޮޕިން މޯލެއްގެ ކާރު ޕާކިން އަށް ކުޑަ މަތިންދާ ބޯޓެއް ވެއްޓި ފަސް މީހުން މަރުވެއްޖެ އެވެ.
ދެ އިންޖީނު ލާފައިވާ ސެސްނާ ބްރޭންޑުގެ ބޯޓު ވެއްޓުނު އިރު ދަތުރު ކުރަމުން ދިޔައީ ޖޯން ވޭން އެއާޕޯޓަށެވެ. ސެންޓާ އަނާ ހިމެނޭ އޮރެންޖް ކައުންޓީގެ ކަމާބެހޭ އޮފިޝަލުން ބުނީ ބޯޓުން ދަތުރުކުރި އެކަކު ވެސް ސަލާމަތް ނުވާ ކަމަށެވެ. ނަމަވެސް ބިން މަތިން އެކަކު ވެސް މަރުވެފައެއް ނުވެ އެވެ.
ބޯޓު ވެއްޓުމުގެ ކުރިން ޕައިލެޓް ވަނީ ކުއްލި ހާލަތުގެ ސިގްނަލް ދީފައި ކަމަށްވެ އެވެ. ނޭޝަނަލް ޓްރާންސްޕޯޓޭޝަން އޮތޯރިޓީން މިހާރު ދަނީ އެ ހާދިސާ ތަހްގީގު ކުރަމުންނެވެ.
ވެއްޓުނު ބޯޓު ވަނީ ކާޕުކޮށްފައި އޮތް ކާރެއްގައި ޖެހިފަ އެވެ. އެ ވަގުތު ކާރުގެ ވެރިމީހާ ހުރީ ޝޮޕިން މޯލުގަ އެވެ.
"ބޯޓު ވެއްޓި ޖެހުމާ އެކު އެއްކޮށް ހަލާކުވި،" މަންޒަރު ދުށް މީހަކު ލޮސް އެންޖަލްސް ޓައިމްސް އަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސެންސާ ބްރޭންޑްގެ
06 August 2018
ސެންސާ ބްރޭންޑްގެ މަތިންދާ ބޯޓެއް ނުހުންނާނެ، ލިޔަން ތިޔަ އުޅެނީ ސެސްނާހެން ވަރަށް ީވޭ،