ވިޔަފާރި / އެމްއެމްއޭ

ޑޮލަރު ރިޒާވް 723.9 މިލިއަނަށް އިތުރުވީ ބޭންކުތަކުގެ ޑިޕޮޒިޓް އިތުރުވުމުން: އެމްއެމްއޭ

އެމްއެމްއޭ އަށް ޖަމާކުރަން ގެންދިޔަ ފައިސާތަކެއް މީހަކު ގުނަނީ: ޑޮލަރު ރިޒާވް އިތުރުވީ ބޭންކުތަކުގެ ޑިޕޮސިޓް އިތުރުވުމުން.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 723.9 މިލިއަން ޑޮލަރަށް ރިޒާވް އިތުރުވީ ބޭންކުތަކުގެ ޑިޕޮޒިޓް އިތުރުވުމުން ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.

މަރުކަޒީ ބޭންކުން ނެރުނު ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައިވާ ގޮތުން ފުރަތަމަ ކުއާޓަރު ނިމުނުއިރު، ބޭރު ފައިސާގެ ރިޒާވްގެ ގޮތުގައި ހުރީ 723.9 މިލިއަން ޑޮލަރެވެ. އެއީ މިދިޔަ އަހަރުގެ އެ ކުއާޓަރާ އަޅާބަލާއިރު، 44 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ މިދިޔަ އަހަރުގެ ކުއާޓަރާ އަޅާބަލާއިރު 24 ޕަސެންޓްގެ އިތުރުވުމެއް ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

އެ އޮތޯރިޓީން ބުނެފައި ވަނީ ބޭންކުތަކުން ބެހެއްޓި ޑިޕޮސިޓްގެ ތެރޭގަިއ ހިމެނެނީ މިނިމަމް ރިޒާވް ރިކުއާމަންޓް (އެމްއާރުއާރު)ގެ ގޮތުގައި ބެހެއްޓި ޑޮލަރާއި އެކްސެސް ރިޒާވް ކަމަށެވެ. އެމްއާރުއާރުގެ ގޮތުގައި ބަހައްޓަނީ ބޭންކުތަކުގެ ޑިޕޮސިޓްގެ 10 ޕަސެންޓެވެ. އެކްސެސް ރިޒާވަކީ އެމްއާރުއާރުގެ އިތުރުން ބާކީ ހުންނަ އަދަދެވެ.

އެމްއެމްއޭގެ ބުލެޓިންގައިވާ ގޮތުން ބޭންކުތަކުގެ ޑޮލަރު ޑިޕޮސިޓް އިތުރުވި އިރު، އަމިއްލަ ފަރާތްތަކުން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ ގެނެސް ރާއްޖޭގެ ބޭންކުތަކުގައި ޖަމާކުރުމާއި ބޭރުގެ ބޭންކުތަކުން ނެގި ޑޮލަރު ލޯނު ވެސް ހިމެނެ އެވެ.

އެ އޮތޯރިޓީން ކުރިން ޔޫޒަބްލް ރިޒާވް ނުވަތަ ވަގުތުން ބޭނުން ކުރެވޭ ގޮތަށް ހުންނަ ޑޮލަރު ރިޒާވްގެ އަދަދު ހާމަކުރަމުން އައި ނަމަވެސް އެ އަދަދު އިކޮނޮމިކް ބުލެޓިންގައި ހިމަނާފައެއް ނުވެ އެވެ.

17 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 0%
icon angry icon angry 44%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަކުނިބޯ

08 August 2018

ޜިޒަރވް ޢިތުރުވިއޭ ބުނެވޭނީ ބޭރުބޭންކުތަކުން ލޯނުގެގޮތުގައި ލިބުނު ފައިސާއެއް ކަނޑުމަށް ފަހު އަދި ބޭންކތަކުގެ ރިޒަރވް ހިމަނައިގެން އިތުރުވާކަމަށް ކިޔާނަމަ ކިހާބޮޑު އޮޅުވާލުމެއް ތި އޮޅުވާލަނީ ތިޔައީ އިސްލަމްދީނުގައި މައުލޫމާތުފަތުރަން ނުވާގޮތަކީ

The name is already taken The name is available. Register?

ސިފާޒް ޖޯޜޭ

08 August 2018

ކަލޯމެންނަށް ނޭނގި ދާނެ. ޑޮލަރު އަތްފޯރާ ފަަށައް ގެނެސް ، ވަޒީފާތައް އިތުރުކޮށް ، އެތައް ބިލިއަން ރުފިޔާ އެއްގެ ޕްރޮޖެކްޓްތައް ހިންގަމުން ، ބޭރުގެ ލޯންތައް ދައްކަމުން .. ރިޒާވް މިވަރުގައި ހުރީމަ ބުނެވޭނީ ހަމަ އޯސަމްއޭ

The name is already taken The name is available. Register?

ކްލާރާ

08 August 2018

މިފަހަކަށް އައިސް އެމްއެމްއޭ އިން އާއްމު ރައްޔިތުންނަށް އިގްތިސާދު އަދި ރިޒަރވްސް އާއި ބެހޭ ބޭސިކް މައުލޫމާތު ފޯރުކުރުމުގައިވެސް ވަރަށްބޮޑަށް ހިފެހެއްޓިފައިވާ ސިޔާސަތެއް ގެންގުޅޭކަމަށް އެބަ ފާހަގަކުރެވޭ.

The name is already taken The name is available. Register?

ޓޯކިޔޯ ސިޓީ.

08 August 2018

މިިިލޔަން ޑޮލަރ އިތުރުވީ ފައިސާ އިތުރަށް ޗާޕް ކޮށްގެން. ކުރީގައި ގެންގުޅުނު ހުރިހާ ވަގު ނޫޓާއި ، ކަޅުފައިސާ ދޮންނަން ހިންގުނު ބޮޑު ޖަރީމާއެއް ފައިސާ ނޫޓު ބަދަލުު ކުރުމަކީ. އިގްތިސާދުގައި ހުރި ފައިސާއަށް ވުރެ ގިނައިން ނޫޓާއ ފައިސާ ފޮތި ޗާޕް ކޮށް ގުދަންކޮށްގެން ، އެފައިސާއިން ހިތަށް އެރިގޮތަކަށް ތަޅާ ބުރުވަނީ. ޖީ.އެމް.އާރު ލާރިގަނޑު ދެއްކީ އެފައިސާއިން. ބޭރުގެ ޖަމިއްޔާތަކުން އެއްވެސް ފިކުރެއް ނެތި ވަކިވަމުން އެދަނީ އިތުރަށް ޗާޕް ކުރި ފައިސާއިން ޖޫރިމަނާ ދެއްކައިގެން. އަގުބޮޑ ޕްރޮޖެކްޓްތައް އެއްވެސްބެލުމެއް ނެތި އެ ހިންގާލަން އެކެރެނީ އެހެންވެ.

The name is already taken The name is available. Register?

ތަކުރު ހުސޭނު

08 August 2018

ބޭރުގައުމުތަކުން ދިވެހި ފައިސާ ގަބޫލުކުރަންފެށީ ކޮން ޒާމާނެއްގައި!؟ ދިވެހިންނަށް ޑޮލަރު ޕްރިންޓްކުރެވޭނަމަ މި އޮތީ އުމުރުދުވަހަށް ބާއްވަންވެސް ރަނގަޅު ވެރިކަމެއް!

The name is already taken The name is available. Register?

މަރީ

08 August 2018

ތަކުރާ ކީއްކުރާނީ.. ގަޅި މީހުން ހަމަ ގިނައީ

The name is already taken The name is available. Register?

ޢަލީ777777777

08 August 2018

ހުރިހާކަމެއްގައިވެސް ހަދަނީ މަކަރު. އެންމެ މުހިއްމު މައުލޫމާތު އުނިކޮށްފަ. ހަގީގީ ރިޒާވަކީ ބޭނުމެއްޖެހިގެން ހަރަދުކުރަން ހުންނަ ރިޒާވް. އެއެއްނޭނގެ. މީހުންގެ ފައިސާ އަހަރެންގެ އަތުގައި ކިތައްމެ ވަރަކަށް ހުއްޓަސް އަހަރެންނަކީ މުއްސަދި މީހެކޭ ނުބުނާނެ.

The name is already taken The name is available. Register?

falaku ain

08 August 2018

ދައުލަތުގެ ރިޒަވް އިތުރުވިކަމަށް އެމް.އެމް.އޭ އިން ކުރިން ބުނެފައިވަނީ ޔާމީނުގެ އިގްތިޞާދީ ސިޔާސަތުގެ ސަބަބުން ރާއްޖެ މުއްސަނދިވަމުންދާ ކަން ދައްކަންވެގެންތޯ؟ ކަންކަމުގެ ޙަގީގަތް އޮޅުވާލަން ދައުލަތުގެ މުއައްސަސާތަކުން ތިކުޅޭ ކުޅިގަނޑު ހުއްޓާލާނީ ކޮންއިރަކުންބާ؟ މާލޭގައި ހިންގާ ބޭންކް ތަކަށް ނުފޫޒު ފޯރުވައިގެން އެވެރިން އަތުގައިހުރި ޑޮލަރކޮޅު ތިޖޫރިއަށް ލާފައި މިބުނަނީ ދައުލަތުގެ ރިޒަވް އިތުރުވެއްޖެޔޭ. ބެންކް ތަކަށް ބަހައްޓަން އެންގި ޢަދަދު ކީއްވެތޯ ހާމަނުކުރަނީ. ބުނި އަދަދު އެމް.އެމް.އޭ އަށް ފޮނުވައިގެން އެބޭންކް ތައް ނުހިންގޭނެޔޭ ބުނީ ކީއްވެތޯވެސް އެބަޖެހޭ ސާފުކުރަން.

The name is already taken The name is available. Register?

ޝޮކްތެރަޕީ

07 August 2018

އެމްޑީޕީގެ ވެރިކަމުގާ ހުރިހަކަމެއް ދިޔައީ ފަހަތަ ސަރުކާރުގެ މޮއަޒަފުންގެ މުސާރަކުޑަކޮ ޑޮލަރުގެ ތާށިކަން އިންތިހާއަ ކުރިމަތިވި މީދޮގެއްނުން.

The name is already taken The name is available. Register?

ހަޑިގިއްލާ

08 August 2018

ތިޔަބުނާ އެންޑީޕީގެ ވެރިކަމުގަ ޒަމާނީ ޓެކްސްގެ ނިޒާމެއް ތައާރަފުކޮށް، މީރާއެއް އުފައްދައި ދައުލަތުގެ ފައިސާއަށް ވަނުވާގޮތް ސާފުވާނެ އިންތިޒާމެއް ހަމަޖެއްސީ! އޭރު ދައުލަތަށް ލިބެނީ އެންމެ 5 ބިލިޔަން އެކަމަކު މިހާރު ޓެކްސްނިޒާމުގެ ތެރެއިން 18 ބިލިޔަނަށްއެރީ.. ތާށިކަން ފިލައި ޤައުމަށް ހަމަޖެހުމެއް މިލިބުނީ އޭގެފަހުން...

The name is already taken The name is available. Register?

ހަހަ

07 August 2018

ދެން ބުނެ ދަރަނި ދެއްކޭނޭ

The name is already taken The name is available. Register?

ރިޒާ

08 August 2018

ދެއްކޭނެ، 2008 ގަ ނުކިޔާތަ 1 މަހޭ، ހަފުތާއެއްގެ ރިޒާވޭ، ސިސްޓަމުންބޭރުގަ އުޅޭ ކުދިންގެ ބޮލާ ކުޅެން އިދިކޮޅުީހުން ައބަދުމެ ކިޔާއެއްޗެއްތިޔާތީ، ދަރިންގެބޮލުގަ ދަރަނިއެޅެނީޔޭ، ބޮޑުއިގުތިސާދީ ކާރިސާއެއް ދިމާނުވަންޔާ ރާއްޖެދާނީ ދެންކުރިޔަށް، ވަރަށްގިނަ އިގުތިސާދީ ދުވެލި އަވަސްވާނެ ކަންތައްތަކެއް މިހާރުއެބަކުރެވޭ. ލޯހުޅުވާފަ ބެލީމަފެންނާނެ.

The name is already taken The name is available. Register?

ބަރާބަރު ޢ ޢަޒީޒް

07 August 2018

ރިޒާވް އިތުރުވިޔަސް ފައިދާ ވާނީ ވަކިބަޔަކަށް. ބޭންކް އަށް ޑޮލަރ ގިނަވިޔަސް ހަމަ ސޭމް. ބީއެމްއެލް އިން މިއަދުވެސް 450ރ އަތުލައިފި. މީހަކަށް ދޫކުރި ޗެކްގައި ހިސާބު އަކުރުން ލިޔެފަ އިން އަދަދާ އިންގިރޭސިއަކުރުން ލިޔެފައިން އަދަދާ ދިމާނުވެޔޭ ކިޔާފަ. ލިޔުމުގެ ކުށަކަށް 450ރ ހައްޤުން ކިހިނެތްތޯ ނެގޭނީ؟ އެވެސް އެކައުންޓްގައި ފައިސާ ހުއްޓާ.

The name is already taken The name is available. Register?

ފޭކް1

08 August 2018

ހުސްދޮގު ނުވާނެ ތިހެން

The name is already taken The name is available. Register?

އަބްދުއްލާ

07 August 2018

2012 ވަނަ އަހަރު 742 މިލިއަން ޑޮލަރުގެ ރިޒާވް ނުހުންނާނެ އޭރު ރިޒާވެް ކިޔަނީ ދިވެހި ރުފިޔާ އިން އޭރު ހުރީ742 މިލިއން ރުފަިޔާ. 2012 ގަ ޑޮލަރު ރިޒާވް އެއް ނުހުންނާނެ .ރިޒާވް ހަމަޖެއްސުމަށްޓަކާ އިންޑިޔާ ސަރުކާރުން 100 މިލިއން ޑޮލަރުގެ ލޯނެއްވެސް 2011 ގަ އެމްޑީޕީ ސަރުކާރުންނެގި އޭގެތެރެއިން 50 މިލއަން ރިޒާވް އަށްލުމަށް ފަހު އަނެއް 50 މިލިއަން ޑޮލަރަށް އިންޑިޔާ އިންގެނައީ ދަގަނޑު ހޮޅިފަދަ ތަކެތި މިއީ އެމްޑީޕީ ސަރުކާރުން ކަންކުރަމުން އައިގޮތް މިހާރު ހަވީރު ނޫސް ނެތުމުން ވަރަށް ގެއްލުން

The name is already taken The name is available. Register?

ރިޒާ

08 August 2018

އޭރު ފޮރިންރިޒާވު މަދުވާނެ ފަދަ އެެތައްކަމެއް ދިޔަ، ދިރާގެ ށެއަރ ވިއްކީމަ 51% ޑޮލަރުގެ ގޮތުގައިބޭރު ޕާޓަނަރ އަށް 20 މިލިައން ޑޮލަރަށްވުރެގިނައިންދާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454