ޚަބަރު / ސުޕްރީމް ކޯޓް

ވޯޓު ލާ ދުވަސް ބަންދުކޮށްދޭން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައެއްނުގަތް

ސުއޫދު: ވޯޓުލާ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަން އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ވަނީ ނިންމާފައި --ފޮޓޯ/މިހާރު

ރިޔާސީ އިންތިޚާބުގެ ވޯޓުލާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަން ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލާ ދުވަސް ކަމަށްވާ އަންނަ މަހުގެ 23 ވަނަ ދުވަސް ދިމާވަނީ އާދިއްތަ ދުވަހާ އެވެ. އެއީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމާ މެދު ރައީސް އަބްދުﷲ ޔާމީން އަދި ވަކި ގޮތެއް ނުނިންމަވަ އެވެ.

އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަން ރައީސް ޔާމީންގެ މައްޗަށް އަމުރު ކޮށްދިނުމަށް އެދި ސުއޫދު ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ ރައްޔިތުންނަށް ފަސޭހަ ކަމާ އެކު ވޯޓުލުމުގެ ހައްގުގެ ބޭނުން ކުރުމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ.

އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމީ އެއީ ސުޕްރީމް ކޯޓުގެ ގަވާއިދުގެ ދަށުން ބަލައިގަނެވޭނެ މައްސަލައަކަށް ނުވާތީ ކަމަށް ސުޕްރީމް ކޯޓުން ސުއޫދަށް ފޮނުވި ޖަވާބުގައިވެ އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމާ މެދު ގޮތެއް ނިންމާނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ވޯޓުލާ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަން ރައީސް އޮފީހުގައި ވަނީ އެދިފަ އެވެ. އެދުވަސް ބަންދު ކުރާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ވެސް އީސީން ބުނެ އެވެ.

މިހާތަނަށް ރާއްޖޭގެ އެއްވެސް އިންތިހާބެއް ހުކުރު ނުވަތަ ހޮނިހިރުދުވަހުގައި ނޫނީ ބާއްވާފައެއް ނުވެ އެވެ.

20 ކޮމެންޓް, 52 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 4%
icon angry icon angry 65%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާންނީ ހާން

11 August 2018

ސިވިލް ސާރވިސް މުއައްޒަފުން ތިބީ ހަމަޖެހިގެން ވޯޓްލާން. ކިތައްމެ އުދަގުލެއްކުރިޔަސް އަދި ކަސްތޮޅު އެޅިޔަސް މިފަހަރު ވޯޓް ލާނަން ބޮޑުތަނުން ސަރުކާރު ބަލިވާނެ ތިޔަކުރާ ޖެއްސުމުގެ ސަބަބުން.

The name is already taken The name is available. Register?

ދޮންބީފާނު

10 August 2018

ރުޅި އައިސްގެން މީހެއްގެ މޫނަށް ކުޅެއްވެސް ޖަހާނުލައްނު. ހުސްނބާނޫ. ރުޅި އައީ އެންމެ ދުވަހަކު. އެދުވަހު ކުޅު ޖަހާލިއެއްނު މޫހެއްގެ މޫނަށް. ދެން ރީނދޫ ކުނަމެހިން ކޮން ރުޅިއެއް އަންނާކަށް.

The name is already taken The name is available. Register?

އަލީ!

10 August 2018

ކިއްވެތޯ ހޮނިހިރު ދުވަކާ ދިމާނުކުރީ؟

The name is already taken The name is available. Register?

ަަބޫސް

10 August 2018

އަޅެމީ ކުޑަ ކުއްޖެއްތަ އުޅޭގޮތެއް ދޯ ބޯހަލާކު.

The name is already taken The name is available. Register?

ސަލްވާ

10 August 2018

މާކަންތަށްތަށް އެނގިގެން ނޫޅޭ

The name is already taken The name is available. Register?

falaku ain

09 August 2018

އެވެސް މުވައްޒަފުންނަށް ކުރާ ޖެއްސުމެއް. ކިތަންމެ ޖެއްސުން ކުރިޔަސް ވޯޓުލާން ދާނަން.

The name is already taken The name is available. Register?

ޢަލިދީދީއައްޑޫސިޓީ

09 August 2018

23 ސެޕްޓެމްބަރ ގައި އެއްވެސް އޮފީހަކަށް ޚިދުމަތެއް ހޯދުމަށް ނުދާނަން. ދެން އޮފީސް ހުޅުވައިގެން ނިދާފަ ތިބޭ ޚަރަދު ބޮޑުކުރަން. ސްކޫލް ތަކުގައި ވޯޓު ލާ މަރުކަޒު ގާއިމު ކުރަންޏާ ސްކޫލްތައް ބަންދު ނުކޮށް އެކަމެއް ނުކުރެވޭނެ. ދެން އޮތީ އެއްކަލަ " ހެޔޮފުޅުކަމުން " 23 ވަނަ ދުވަހަކީ ބަންދު ދުވަހެއް ކަމުގައި ހަމަޖައްސައިފިކަމަށް ތަރުޖަމާނު އިޢްލާން ކުރުން.

The name is already taken The name is available. Register?

ބޮސް

09 August 2018

ސުއޫދު ކުރަންޖެހޭ ކްމެއްތަ އެއީ ހެޔޮފުޅު ކަމުން އައްޑޫ މީދޫ ހަސަންކާރިގެ....

The name is already taken The name is available. Register?

ޑާއްބަގޫ

09 August 2018

މީނާއަށް އަދި މިއުޅޭ ޝަމީމުއަށް ކާމިޔާބު ކުރެވުނު އެންމެ މައްސަލައެއް ޖަހާލަދީފާނަންތޯ؟ ވިންކުރެވުނު އެންމެ ކޭސް އެއް ބުނެބަލަ! ވަން ސިންގަލް ކޭސް! މުޅި ކެރިއަރުގައި ފެއިލްވެފައި ތިބޭ މީހުންގެ ސަމާލުކަން ހޯދަން އުޅޭ ރޯނު އެދުރުންކަމަށް ފެންނަނީ.

The name is already taken The name is available. Register?

މޮކޮސް

09 August 2018

ދާއްބަގުއި އަށް ބުނެލަން އޮތީ ހަމައާއި އިންސާފުން އެއްކިބާވެފައިވާ ޝަރުޢީނިޡާމެއް އޮތް އެއްވެސް ތަނެއްގައި ތަންދޮރުފިލާފަތިބި ބަޔަކަށް ކާމިޔާބު ވުން ދުރުވާހަކަ! އެފަދަ ތަންތާ ކާމިޔާބުވާނީ ފެންނުވަރާ ތިބޭ ރޯނުއެދުރުންނަށް.

The name is already taken The name is available. Register?

ސާއިދު

09 August 2018

ﷲ އިރާދަ ކުރެއްވިއްޔާ ރައީސް ޔާމީން އިންތިޚާބުގެ ޞައްޙަ ވޯޓުން ބައްޔެއްނުކުރެވޭނެ،!

The name is already taken The name is available. Register?

falaku ain

10 August 2018

ﷲ އަކީ އަނިޔާ ލިބޭ ފަރާތަކަށް މަދަދު ދެއްވާ ކަލާނގެ. ޔާމީނުގެ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނެސްދެއްވާނދޭވެ. އާމީން.

The name is already taken The name is available. Register?

ފަލަކު އައިން

10 August 2018

އަނިޔާ ލިބޭ ބަޔަކު ގިނަ ދުވަހަކު އަނިޔާއަކު ނުތިބޭނެ. ކުށެއްގެ އަދަބު ލިބޭ ބަޔަކު އެ އަދަބުގަ ގިނަ ދުވަހު ތިބެދާނެ. އެއީ އަނިޔާ ނޫންކަން ސާފުކޮށް އަންގައިދޭ ސަބަބެއް.

The name is already taken The name is available. Register?

ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

09 August 2018

ރައްޔިތުންގެވެރިކަމެއް އައުމާއިއެކުގައި ޤާނޫނުއަސާސީން ރައްޔިތުންނަށްދީފައިވާއެންމެ މަތީހައްޤަށް ހުރަސްއެޅިމީހުން ޤާނޫނުގެކުރިމައްޗަށް ގެންނާންޖެހޭތީ، ތިހެން ތިކަންދޫކޮށް “ފައިގަ ބޮސްދީގެންވާކަށްނެތް”އިގޭތޯ. . . . . ޑިމޮކްރެޓިކް ވެރިކަމެއް ހިގާދައުލަތެއްގައި “ވޯޓް ކަރުދާސްކޮޅު އަތަށްލިބުމާއި، ތިމާގެ އިހްތިޔާރުގައި މިނިވަންކަމާއި އެކުގައި ވޯޓްކަރުދާސްކޮޅު ފޮއްޓަށްވައްޓާލުމުގެ ހައްޤަށްވުރެ ބޮޑު ހައްޤެއް ބާރެއް ރައްޔިތުންނަކަށް ނުލިބޭނެ” އެހެންކަމުން “ސަރުކާރު ބަންދު ދުވަހަކަށް ވޯޓްލާދުވަސް ހެދުމަކީ ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ހުކުމް އަންނާނެކަމަކަށްނުވާތީ” ޕާޓީތަކާއި ޤާނޫނީ އިލްމުވެރިންނާއި ވަކީލުން ސްޕްރީމްކޯޓްގައި ދަންނަވާންޖެހޭ “ޤާނޫނު އަސާސީން ރައްޔިތުންނަށްދީފައިވާ ވޯޓްލުމުގެ ހައްޤަށް އުނިކަންލިބޭނެ ގޮތަކަށް ސަރުކާރުން އެދުވަހު އެއްވެސް ކަމެއްކޮށްގެންނުވާނެ” ކަމަށް. . . . 2013 ވަނަ އަހަރު ނެރެފައިވާ ރޫލިންގ ތަކާއި ގައިޑްލައިން ތަކަށް ރިޔާއަތްކޮށްފިނަމަ ކޯޓުން މިކަންކުރާންޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454