ލައިފްސްޓައިލް / ދަރިން ނުލިބުން

ދަރިފަނީގެ ބާރު ދަށްވާ އާންމު ސަބަބެއް ހޯދިއްޖެ

ލެބޯޓަރީއެއްގައި ތަހުލީލެއް ކުރަނީ

10 އޯގަސްޓް 2018 - 07:00

8 comments

ބާރު ޖަނގިޔާ ކަހަލަ އެއްޗެހި ލައިގެން އުޅުމުން ފިރިހެނުންގެ ދަރިފަނީގެ ކޮލިޓީ އާއި އެއާ ގުޅުން ހުރި ހޯމޯންތަކަށް ވެސް ނޭދެވޭ އަސަރުކުރާ ކަމަށް އެމެރިކާގައި ކުރި ދިރާސާއެއްގައި ލަފާކޮށްފި އެވެ.

ހާވަޑް ޓީއެޗް ޗާން ސްކޫލް އޮފް ޕަބްލިކް ހެލްތުން ކުރި ދިރާސާއަށް ފަހު ބުނީ ބާރު އެއްޗެހި ލުމުގެ ބަދަލުގައި ބޮކްސާ ލުމުން ދަރިފަނީގެ ބާރު ގަދަވާނެ ކަމަށެވެ.

މިގޮތަށް ބުނެފައި ވަނީ 656 ފިރިހެނުން ބައިވެރިކޮށްގެން ކުރި ދިރާސާއަކަށް ފަހުގަ އެވެ. މި ދިރާސާއިން އެނގުނު ގޮތުގައި ބޮކްސާ ލާ މީހުންގެ ދަރިފަނީގެ ކޮލިޓީ، ޖަނގިޔާ ލާ މީހުންނާ އަޅާބަލާއިރު 25 ޕަސެންޓް އިތުރެވެ.

މިގޮތަށް މެދުވެރިވަނީ ބޮކްސާ ލުމުން، ހޫނު މަޑުވާތީ ކަމަށް ދިރާސާގައި ލަފާކޮށްފައިވެ އެވެ. އެހެންވެ ދިރިއުޅުމުގެ ކުޑަކުޑަ އާދަޔަކަށް ގެންނަ ބަދަލަކުން، ދަރިފަނީގެ ކޮލިޓީ ރަނގަޅުކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި، ފިނިހޫނުމިން 34 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިވާ ނަމަ ދަރިފަނި އުފެދުމަށް ހުރަސްއެޅެ އެވެ. ފިރިހެނުންގެ ހަށިގަނޑު ގުދުރަތީ ގޮތުން އުފެދިފައި ވަނީ ވެސް، ދަރިފަނި އުފެދޭ ނިޒާމު ހިމެނޭ ހިސާބަށް ހޫނުވުން ކުޑަވާ ގޮތަށް ކަމަށާއި އެކަމަކު ޖަނގިޔާ ނުވަތަ އެގޮތަށް ހުންނަ އެއްޗެހި ލުމުން، ފިތި ބާރުވުމުގެ ސަބަބުން ހޫނުގަދަވެ ދަރިފަނީގެ ކޮލިޓީއަށް ނޭދެވޭ އަސަރު ކުރެ އެވެ.

ނަމަވެސް، ކޮންމެ އެއްޗެއް ލިޔަސް، ދަރިފަނީގެ ބައްޓަމަށް އަދި ޑީއެންއޭ ކޮލިޓީއަށް ބަދަލެއް އަންނަ ކަމެއް ދިރާސާގައި ފާހަގައެއް ނުވި އެވެ.

މި ދިރާސާ، ޖާނަލް ހިއުމަން ރިޕްރޮޑަކްޝަންގައި ވަނީ ޝާއިއުކޮށްފަ އެވެ. -- ބީބީސީ

8 ކޮމެންޓް, 51 ރިއެކްޝަންސް

icon happy icon happy 53%
icon sad icon sad 27%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަޒް

17 August 2018

ހެހެ.

The name is already taken The name is available. Register?

ނަޝީދު

16 August 2018

އަނެއްކަމެއް. ތިޖެހުނީ ޖަނގިޔާކޮޅު އުކާލަން

The name is already taken The name is available. Register?

usmaan

11 August 2018

ބޮކްސާ ވިއްކަންތަ؟

The name is already taken The name is available. Register?

ކިއްލިބާޝާ

10 August 2018

ތިވީ ޖަންގިޔަލުގާ އެއާކޯނެއް ހަރުކުރަން.

The name is already taken The name is available. Register?

ހަހަަ

11 August 2018

ކިހަަ ދެރަކަމެ

The name is already taken The name is available. Register?

ސޯބު

10 August 2018

ކުރީ ޒަމާނުހެން ހުސްމުންޑަށް ބަދަލު ކޮށްލަންވީ. މާފަސޭހަވެސްވާނެ.

The name is already taken The name is available. Register?

ޖަހޯބަރާ

10 August 2018

ސިކުނޑި ނެއް ކުއްޖަކު އެނޫން ގޮތަކަށް ގެންގުޅުމަކީ އުނދަގޫ ކަމަކަށް ވެފައި އޮންނާނީ.

The name is already taken The name is available. Register?

އާސިޔަތު

10 August 2018

އަނެއްކާ އަނެއް ކަންތައް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454