ޓެކްނޮލޮޖީ / ލައިފްސްޓައިލް

ސެމްސަންގް ގެލަކްސީ ނޯޓް 9: އެންމެ ތަފާތީ ކުލަތައް

ސެމްސަންގް ގެލަކްސީ ނޯޓް 9: ލިބެން ހުރި ކުލަތައް

12 އޯގަސްޓް 2018 - 07:03

ސެމްސަންގް ގެލަކްސީ ނޯޓް 9 ލޯންޗްކޮށްފި އެވެ. ދެން އޮތީ ނޯޓް 8 ގައި ނެތް ކަމެއް، ނޯޓް 9 ގައި ހުރިތޯ ބެލުމެވެ. ބަލާބެލުމަށް ދެ ފޯނުގައި ފަރަގެއް ނެތް ކަމަށް ހީވި ނަމަވެސް، ދެ ފޯނު ފަރަގުވާން ޖެހެ އެވެ.

ގެލަކްސީ ނޯޓް 8ގެ ޑިސްޕްލޭ ސައިޒަކީ 6.3 އިންޗި އެވެ. ނޯޓް 9ގެ ޑިސްޕްލޭ ސައިޒަކީ 6.4 އިންޗި އެވެ. ނޯޓް 8 ގައި "3300 އެމްއޭއެޗް" ބެޓެރީއެކެވެ. ނޯޓް 9 ގައި "4000 އެމްއޭއެޗް" ބެޓެރީއެކެވެ. ފަރަގު ކިތަންމެ ކުޑަ ނަމަވެސް، ލިސްޓްކޮށްލީ އެވެ.

މަތީގައި އެވާ ދެ ސިފައިން ކުރެ ސިފައަކަށް ބަލައި، ނޯޓް 9 އަކީ ގަންނަ ވަރުގެ ފޯނެއް ކަމަށް ފެނިއްޖެ ނަމަ، ފިކުރު ބަދަލުކޮށްލަފާނެ ކަމަށް ދެން އޮތީ ނޯޓް 9ގެ ތޮށިގަނޑުގެ ކުލަ އެވެ.

ގެލަކްސީ ނޯޓް 9 ދުނިޔެ މައްޗަށް އަރައިގެން އައިއިރު ހުރި ހުރިހާ ކުލައަކުން ކުލައެއް އިޚުތިޔާރުކުރުމަކީ އަމިއްލަ ޒިންމާއެވެ. އޭގެ ތެރެއިން ގިނަ ކުލަަތައް މިހާރު ވެސް އާންމުވެފައި ވާއިރު، އިޚުތިޔާރުކުރެވޭ ކުލައެއްގެ ސަބަބުން، ތިޔައީ ކޮން މިޒާޖެއްގެ މީހެއްކަން ބުނަން އެނގުމަކީ ވެދާނެ ކަމެކެވެ. ރައްކާތެރިކަމާ އެކު ކުރި އަށް ދާށެވެ.

ގެލަކްސީ ނޯޓް 9: މިޑްނައިޓް ބްލެކް

ސެމްސަންގް ގެލަކްސީ ނޯޓް 9: މިޑްނައިޓް ބްލެކް

މިއީ ކަނުއަނދިރި ކުލަ އެވެ. އިރުގެ އަލި ކިތަންމެ ގަދަ ނަމަވެސް އަދި ފަނޑު ނަމަވެސް، ފޯނުގެ ކުލަ އަކީ ކަޅުކުލަ އެވެ. ކޮންމެ ކުލައެއްގެ ހެދުމެއްގައި ނަމަވެސް ކަޅުކުލައިގައި ބީރައްޓެހި ކަމެއް ނުހުރެ އެވެ. މިއީ ގިނަ ބަޔަކަށް ރަނގަޅު އިޚުތިޔާރެކެވެ. ގެލަކްސީ ނޯޓް 9: ލެވެންޑާ ޕާޕްލް

ސެމްސަންގް ގެލަކްސީ ނޯޓް 9: ލެވެންޑާ ޕާޕްލް

ޖިންސް ބަލަން ޓެކްނޮލޮޖީ އެހީތެރިވުމުގެ ކުރިން، ވަކި ޖިންސެއްގެ ކުއްޖަކަށް މައިންބަފައިންގެ ހިތުގައި އޮތް އެދުންވެރިކަން ބާލީހު އުރައިން ކަނޑައެޅި ޒަމާނެއް ވެސް ހިނގައްްޖެ އެވެ. މިއީ ގެލަކްސީ ނޯޓް 9: ލެވެންޑާ ޕާޕްލް އެވެ. މީހަކު ނެތް ކޮފީ މޭޒަކުން "ލެވެންޑާ ޕާޕްލް" ނޯޓް 9 ފެނިއްޖެ ނަމަ، އެ މޭޒު ދޮށުގައި އެންމެ ފަހުން ކޮފީއަކަށް އިންސާފުކުރި މީހެއްގެ ޖިންސާ މެދު ވަކި ގޮތަކަށް ބުރަވެވިދާނެ އެވެ. ގެލަކްސީ ނޯޓް 9: މެޓަލިކް ކޮޕާ

ސެމްސަންގް ގެލަކްސީ ނޯޓް 9: މެޓްލިކް ކޮޕާ

މިއީ ކޮފީ ކުލައެއް ނޫނެވެ. ގޯލްޑް އަދި ބްރައުންއެއް ވެސް ނޫނެވެ. މިއީ ދަޅަނާޅާ ލޯނަރު ކުލަ އެވެ. ބަލާލަން ރީތި ނޫންހެއްޔެވެ؟ ގެލަކްސީ ނޯޓް އާއިލާ އަށް، އާ ކުލައެކޭ ބުނާތީ އިވެ އެވެ. ލޯނަރަކީ ބޭނުންތެރި އެއްޗެކެވެ. ނޯޓް 9ގެ ބޭނުންތެރިކަން އެހާ ބޮޑުވާނެ ކަމަށް ސެމްސަންގުން ނިންމީ ކަމަށް ވެދާނެ އެވެ. ގެލަކްސީ ނޯޓް 9: އޯޝަން ބްލޫ

ސެމްސަންގް ގެލަކްސީ ނޯޓް 9: އޯޝަން ބްލޫ

މި އަށް ވުރެ ވަކިން ރީތި ކުލައެއް ނޯޓް 9 އަށް ވަނީ ކޮން ކުލައެއް ހެއްޔެވެ؟ ރީތި ކޮންމެ އެއްޗެއް ގެންގުޅެން ބޭނުން ނޫން ނަމަވެސް، "އޯޝަން ބްލޫ ނޯޓް 9" އަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ސެމްސަންގް ބަލަ އެވެ. މައިގަނޑު ގޮތެެއްގައި ސްމާޓްފޯން ކުންފުނިތަކުން ބަލަނީ ލޮލުގައި ބޮޑަށް އަޅައިގަންނަ ބާރަށް ހިނގާ ކަމަށް ބެލެވޭ ކުލަތަކަށެވެ. ކޮންމެ ކުލައެއް އިޚުތިޔާރުކުރި ނަމަވެސް، ތިޔަ ގެންގުޅެނީ ސެމްސަންގް ގެލަކްސީ ނޯޓް 9 އެކެވެ.

0 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 73%
icon sad icon sad 7%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454