ހުޅުމާލެ. އެންސިސްގެ ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލައިގައި މިހާތަނަށް އަށް މީހަކު ވަނީ ހައްޔަރުކޮށްފައި. - ފޮޓޯ: މިހާރު
12 އޯގަސްޓް 2018 - 12:04
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަހުގެ އުފެއްދުންތައް ތައްޔާރުކޮށް މަސް އެކްސްޕޯޓް ކުރާ އެންސިސް ފިޝަރީޒްގެ 2.7 މިލިޔަން ރުފިޔާ، ހުޅުމާލެ އިން ފޭރިގަތް މައްސަލައިގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެންސިސްގެ އެ ފައިސާތައް ފޭރުނު މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަންގާރަ އާއި ބުދަ ދުވަހު ހައްޔަރު ކުރީ 19 އަހަރުގެ ދިވެހި ފިރިހެނަކާއި 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މި މައްސަލައިގައި މީގެ ކުރިން، ފުލުހުން ވަނީ ހަ މީހަކު ހައްޔަރުކޮށްފަ އެވެ.
ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރޭގައި އެންސިސްގެ ދެ މުވައްޒަފަކު ވެސް ހިމެނެ އެވެ. އެކަމަކު އެ ފޭރުމާ އެ މީހުންނާ ހުރީ ކިހާ ވަރެއްގެ ގުޅުމެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
އެ ފައިސާތައް ފޭރިގަތީ ހުޅުމާލޭ ސެންޓްރޯ މޯލްގައި ހުންނަ މޮރިޝަސް ބޭންކްގެ ބްރާންޗުން ފައިސާ ނަގައިގެން، އެންސިސްގެ މުވައްޒަފުން ވެހިކަލަކަށް އަަރަން އުޅެނިކޮށް ސައިކަލެއްގައި ދިޔަ ބައެކެވެ. ފައިސާތައް ފޭރިގަތުމަށް އައި މީހުން ތިބީ، މޫނު ނިވާނުކޮށް ކަމަށް ވާތީ، އެ ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާތަކަށް އެ މީހުން އަރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
މިއީ ހުޅުމާލޭގައި މިހާ ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް ފުރަތަމަ ފަހަރެވެ. އަދި ފިހާރަތަކާއި ސައިހޮޓާތައް ވެސް ހުންނަ، އާއްމުން ގިނަ ސަރަހައްދަކުން، ދުވާލު ގަޑީގައި އެފަދަ އަމަލެއް ހިންގުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާލީމާ
12 August 2018
ކޮންމެ ތޮއްޖައްސާލުމަކުން އެތަނަކަށް ލިބެނީ ހަމަނުޖެހުމާއި ވައްކަމާ މާރާމާރީއާ ބޮޑެތި ގެއްލުން.
ޒިންދަގީ
12 August 2018
ހުޅުމާލޭގެ ކަންތައް އަތްނުފޯރާ ހިސާބަށްގޮއްސި.. ފޭރެނީ، ވަޅިޖަހަނީ، ވައްކަންތައް އިންތިހާ.. އެކަމަކު މުޅިރަށުގަ ދިދަ ދަމާފަ ޖަގަހަ ހުޅުވައިގެން ހެވިފަ..
ސަޅި
12 August 2018
ރައްޔަތުންގެ ލާރިން މުސާރަ ނަގަިގެން ޕޮލިސް، އެމްއެންޑީއެފް އަތްޖަހާ، މިމީހުންނަށް ހީވަނީ މީ ރައީސުލް ޖުމްހުރިއްޔާ ދޭ މުސާރަ އޭ މަ ހީ ހީ
ފުންއަސަރު
12 August 2018
ބޮޑެތި ކުންފުނިތަކުގެ މުވައްޒަފުންނަށް ތިބޭ ބައެއް މީހުންގެ ސަބަބުން މިކަހަލަ ކަންތައް ވަމުން މިދަނީ. އެހެންނޫނީ ތިހާވަރުގެ ބޮޑުކަމެއް ކުއްލިޔަކަށް ކޮށްލަން ވަރަށް އުނދަގޫވާނެ. ކުންފުނީގެ ތެރެއިން މުވައްޒަފުންތަކެއް ގުޅިގެން ކުރީމާ ތިހެންތިވީ. ތީކީ ހޯދަން އެހާ އުންދަގޫވާނެ ކަމެއްނޫން. ވީޑިއޯތަކާއެކު އެންމެ މީހަކު ހައްޔަރުކޮށްލުމުން ހަމަ ހުރިހާ ކަމެއް ފަޅާއަރާ ނިމެނީ. ހުރިހާކަމެއް ސާފުވެ ނިމުމުންވެސް ހައްޔަރުކުރިމީހުން ދެދުވަހެއްގެތެރޭގާ ހައްޔަރުން ނުކުމެ ދެވަނަ ވައްކަމެއްކޮށްލަން ފުރުސަތު ތަނަވަސްވެފާ އޮތުމީ ދެރަވެ ހިތާމަކުރާކަމެއް. އެންމެނަށް ރައްކާތެރިކަން އޮތީ ވައްކަންކުރާ ފަރާތްތަކަށް އޭގެ އެންމެ ހަރުކަށި އަދަބު ތަންފީޒްކުރުން.