އެމްޕީއެލް އިން ބަހުގެ ހިދުމަތް ދޭން ގެނައި ބަހެއް: އިތުރު ހަ ބަސް މިމަހުގެ ތެރޭގައި ރާއްޖެ އަންނާނެ.
14 އޯގަސްޓް 2018 - 14:03
މާލެ- ހުޅުލެ ބްރިޖް ހުޅުވެންވާއިރަށް އިތުރު ހަ ބަސް މި މަހުގެ ތެރޭގައި ރާއްޖެ ގެންނާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ އަލަށް އަންނަ ޝިޕްމަންޓްގައި ހިމެނެނީ އެއް ޑަބަލް ޑެކާ ބަހާއި ފަސް ކޯޗު ބަސް ކަމަށެވެ. އަދި މިހާރު އެ ބަސްތައް ރާއްޖެ ގެނައުމުގެ ދަތުރު ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ކުންފުނިން މިދިޔަ މަހު ފަހުކޮޅު ގެނައި ނުވަ ބަހުގެ ތެރޭގައި ވެސް ދެ ކޯޗު ބަހާއި ހަތް ސިޓީ ބަސް ހިމެނެ އެވެ.
"ސާވިސް ފަށާއިރު އެއް ޑަބަލް ޑެކާ ބަސް އޮންނާނެ. ޖުމްލަ އަށް ޑަބަލް ޑެކާ ބަސް ގެންނަން ނިންމާފައި ވަނީ،" އެ ކުންފުނީގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބްރިޖްގައި ބަހުގެ ހިދުމަތް ދޭން ގެންނަ ހުރިހާ ބަހެއް އޮކްޓޯބަރު މަހުގެ ތެރޭގައި ގެނެވޭނެ ކަމަށެވެ. އެ ކުންފުނިން ނިންމާފައި ވަނީ ބްރިޖްގެ ދަތުރުތަކަށް ޖުމްލަ 22 ބަސް ބޭނުންކުރާ ގޮތަށެވެ.
އެމްޕީއެލުން ވަނީ ބްރިޖްގެ ދަތުރުތަކަށް 100 މިލިއަން ރުފިޔާ އިންވެސްޓްކުރަން ނިންމައިފަ އެވެ. އެ ކުންފުނިން ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާނީ 50-70 މީހުންގެ ޖާގައިގެ ބަހާއި 80-100 މީހުންގެ ޖާގައިގެ ދެ ބުރި ބަސްތަކެވެ. އޭގެ އިތުރުން 30 މީހުން އުފުލޭ ކުދި ބަސްތަކެއް ވެސް ބޭނުންކުރަން ނިންމާފައިވެ އެވެ.
އެމްޕީއެލް އިން ބުނީ ބަހުގެ ހިދުމަތަށް މާލެ އާއި ހުޅުމާލޭގައި ހަދާ ޓާމިނަލްގެ މަސައްކަތް މި މަހުގެ 20 ހާތަނުގައި ނިންމާލެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޮންގޯ
14 August 2018
ބަހުގައި ކޮޅަކަށް 60 ރުފިޔާ ނެގީމަ އަދި އިތުރު 25ބަސް ގެނެވޭނެ. ކަލޯމެން ބޭރުކަރަކަރައަށްގޮސް ޕަބްލިކް ޓްރާންސްޕޯޓް ތަކުގެ އަގުބަލައިލަބަލަ! އެއީ ފައިދާއެއް ހޯދުމަށް އެޤައުމުތަކުން ކުރާކަމެއް ނޫން! މިހާރުވެސް އެމްޓީސީސީއިން ހުޅުމާލޭގައި އުޅޭ ރައްޔިތުންނަށް ހަދަނީ ބޭނުން އެއްޗެއް! އެއަރޕޯރޓަށް 20ރުފިޔާ ނަގާ ދެން އަދި ބުރިޖް މަތިންނަގާނެ 35ވަރު ދޯ؟
ދޯދެން
14 August 2018
ބަލަ ދިވެހިންގެ ނަމުގައި ބޮޑު ލޯނެއްނަގައިގެން ޗައިނާމީހުން ބުރިޖްއެޅީ ލާރިދައްކާނީ ދިވެހިން. ދެން ކޮންޔާމީނެއް ނަޝީދެއް.
ލަތޒިފު
14 August 2018
ދެން ބަސްތަކުގަ ވެސް ބުރިޖުގަވެސް ލާންވީ ރަންޑި ތީނދޫކުލަތަ މިގެ ކުރީގަ ތަނެއްގަ ބިންގަލެއް އެޅިޔަސް ބިންގަލުގަވެސް އޮންނަނީ ރީނދޫ ކުލަ ވަށާފަ އަހަރެމެނަކައް ވާނެއް ނާރާ ބަހުގަ ޕިންކު ކުލަކޮޅެއް އިނދެގެން އަނގަ ހިރުވައި ގަތީތިޔަ ބަހައް އަރާގެން ހުޅުމާލެ ދާން ރެޑީވޭ
ހައްސާ222
14 August 2018
ބަލަގަ ކޮންމެ އެއްޗެއްގައިވެސް ޕިންކް ކުލަ މި ހިމަނަނީ މިއީ ޕީޕީއެމް ގެ ތަރިކަ މުދާކަމަށް ހީވަނީތަ؟ މިއީ އަހަރެމެން ރައްޔަތުންގެ ޓެކުސް ފައިސާ. ވަކި ކުލައެއް ޖައްސަންޏާ ފެއްސާއި ރަތާއި ހުދު ކުލަޖައްސާ.
އަހައްސަ
14 August 2018
އެންޑީޕީ ކުދިން އަހާބަލަ ކޮންތާކު ދުއްވަންތޯ؟
ޘައިނީ
14 August 2018
ކޮންއިރަކުންތަ ބަސް ދަތުރުގެ އަގުތައް ހާމަކުރަނީ؟ އަދި މިފުރުޞަތުގަ ދަންނަވާލަން ސެޕްޓެންބަރު 23 ގަ މިސަރުކާރަށް ވޯޓްދެވެން ނެތް ވާހަކަވެސް
ހުއްބުލް ވަތަން
14 August 2018
ތީ ނަށީދުގެ ނޯށުން ވިސްނާމީހުންނެއްނު، ތިވޯޓް ޔާމީން ބޭނުމެއްވެސް ނުވާނެ!