ޚަބަރު / ކެފޭ/ރެސްޓޯރެންޓް

ކެފޭ/ރެސްޓޯރަންޓްތަކުގައި ސިނގިރޭޓް ބުއިމާ ދެކޮޅަށް ޕެޓިޝަނެއް

މީހަކު ސިނގިރޭޓް ބޮނީ: ކެފޭ/ރެސްޓޯރަންޓްތަކުގައި ދުންފަތުގައި އިސްތިއުމާލު ކުރުމާ ދެކޮޅަށް ޕެޓިޝަނެއް ވަނީ ހަދާފައި-- މިހާރު ފޮޓޯ

ކެފޭ/ ރެސްޓޯރަންޓް ފަދަ ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ގޮވާލައި، އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ޕެޓިޝަނެއް ހުޅުވާލައްވައިފި އެވެ.

މީގެ ދެ ދުވަސް ކުރިން، އޮންލައިންކޮށް އޭނާ ހުޅުވާލެއްވި މި ޕެޓިޝަނުގައި މިހާތަނަށް 1،135 މީހަކު ވަނީ ސޮއިކޮށްފަ އެވެ. އަފްއާލްގެ އަމާޒަކީ މަދުވެގެން 1،500 މީހުން ސޮއިކުރުމެވެ.

ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ މެމްބަރަކަށް ވެސް ހުންނެވި އަފްއާލް ކުރިއަށް ގެންދަވާ މި ޕެޓިޝަންގައި ލިއެފައިވާ ގޮތުގައި ރާއްޖޭގެ 81 ޕަސެންޓް މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ބަލި ބަލިތަކުގަ އެވެ. މީގެ ތެރެއިން ވެސް ގިނަ މީހުންނަށް އެކަން މެދުވެރިވެފައި ވަނީ "ސެކަންޑް ހޭންޑް ސްމޯކް" ނުވަތަ އެހެން މީހުން ބޭނުން ކުރާ ދުންފަތުގެ ދުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަފްއާލް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރަން ހުއްދަ ދޭ ކެފޭ/ރެސްޓޯރަންޓް ފަދަ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އެތަންތަނަށް ވަންނަ ސިނގިރޭޓް ނުބޯ މީހުން، ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް ހުށަހެޅޭ ކަމަށެވެ. އޭނާ ލަފާކުރެއްވި ގޮތުން، އެ ތަންތަނުގައި އަށް ގަޑިއިރު މަސައްކަތް ކުރާ މުވައްޒަފަކަށް، 36 ސިނގިރޭޓް ބުއިމާ އެއްވަރަށް ދުންފަތުގެ އަސަރު ކުރާނެ އެވެ.

އެހެންވެ، އާމްދަނީ ހޯދަން މަސައްކަތް ކުރާއިރު، އެއްވެސް މީހަކު އެފަދަ ނުރައްކަލަށް ހުށަހެޅިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެފޭ/ރެސްޓޯރަންޓްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމާ މެދު އާއްމުން ދެކޭ ގޮތް ބެލުމަށް، އަފްއާލް ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވެސް ސޯޝަލް މީޑިއާ ޕޯލްއެއް ނަންގަވާފަ އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަފްއާލް: ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް އޭނާ އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން-- މިހާރު ފޮޓޯ

ޓްވިޓާގައި އޭނާގެ ނެންގެވި ޕޯލަށް 3,478 މީހުން ވޯޓް ދިންއިރު އޭގެ ތެރެއިން 59 ޕަސެންޓް މީހުން ވޯޓު ދީފައިވަނީ އެތަންތަނުގައި އެކަން ކުރުމާ ދެކޮޅަށެވެ. ދުންފަތުގެ އިސްތިއުމާލު ކުރެވޭ ގޮތަށް އޮންނަން ތާއީދުކުރީ 41 ޕަސެންޓް މީހުންނެވެ.

ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި ވެސް ގާނޫނެއް ހަދައި އަންނަނީ ތަންފީޒު ކުރަމުންނެވެ. އެ ގާނޫނު ބުނާ ގޮތުން ކެއިންބުއިމުގެ ހިދުމަތް ދޭ ތަނެއްގައި ދުންފަތުގެ އިސްތިއުމާލްކުރެވޭނީ އެހެން މީހުންނަށް ދުމުގެ އަސަރުނުކުރާ ގޮތަށް، ހާއްސަކުރަން ޖެހޭ ވަކި ބައެއްގަ އެވެ. ރާއްޖޭގެ ގިނަ ރެސްޓޯރެންޓްތަކުގައި ދުންފަތުގެ އިސްތިއުމާލް ކުރެވެ އެވެ. އެގޮތުން ޒުވާނުންނަށް ހާއްސަކޮށްގެން ޝީޝާ ވިއްކުމަށް އިސްކަން ދޭ ތަންތަން ވެސް އެބަ ހިންގަ އެވެ.

36 ކޮމެންޓް, 60 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 2%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަދީބު

18 August 2018

ދުންފަތާ ބެހޭ ޤާނޫނުގައި އޮންނަނީ މީހުން އެއްވެ އުޅޭ ތަންތަނުގައި ދުންފަތުގެ އިސްތިޢުލާމު ކުރުން މަނާ ކަމަށް. ބަލަގަ. ކެފޭ ރެސްޓޯރެންޓްތަކަށް ދަނީ މީހުނެއް ނޫންތޯ؟ އަދި ދަނީ ވެސް ފަހަރަކު މީހަކު ދެއްތޯ؟ އެެހެންވީމާ އިތުރު އެއްވެސް މީހަކަށް ދުމުގެ އަސަރެއް ނުކުރާނެ ނޫންތޯ. ލޮލް. ބަލަ އެއީ ވެސް މީހުން އެއްވެ އުޅޭ ތަންތަނޭ ހަމަ. އަދި އެންމެ ހެއްވާ ކަމަކީ މަގުމަތީގައި ހުއްދަ، ޕާކުތަކުގައި މަނާ. ޕާކަށް މީހުން ދަނީ ކިހާ ވަގުތަކަށްތޯ؟ މަގުތަކުގައި މީހުން އުޅެނީ ކިހާ ވަގުތަކުތޯ؟ ހަމަ ހީނ ހީނ ހަލާކު.

The name is already taken The name is available. Register?

ޙުސައިން ރިޔާޒް

15 August 2018

ސިގިރޭޓްގެ ދުން އެކަނިތޯ އިންޖީނުލީ އުޅަދު ފަހަރުތައްވެސް ދުއްވުން މަނާ ކުރަން ވީނޫންތޯ

The name is already taken The name is available. Register?

ޙުސެން

15 August 2018

ކެފޭތައް އެކަންޔެއް ނޫން. ތިޔައްތުރެން މާ މުހިންމު މަމުމަތީގަ ދުންފތުގެ އިސްތިއުމާލު ކުުރުން ހުއްޓުވުން. މަގުން ހިނގާ މީހުނާއި ކުޑަކުދިން ދުމުން ސަލާމަތް ކުރަންޖެހޭ

The name is already taken The name is available. Register?

ޗަވިޔަނި

15 August 2018

ފުންނާބު އުސް ޝޭޚަކު ވިދާޅުވެފައިވަނީ އެ ބުއިމަކީ ހަރާމްކަމެކޭ. އެކަމާ ވިސްނުމުން އެނގޭ އެކައްޗަކީ، މިފަދަ ބޭސްވެރިކަން ކުރިއަރާފަވާ ޒަމާނުގައި އެ ބޮއިގެން ލިބޭ ގެއްލުން ޝައްކެއްނެތް މިންވަރަށް އެނގެން އޮންނައިރު، އަދި އެއީ ކެންސަރު ޖެހި މީހާގެ ފުރާނައަށް ނުރައްކާވެ މީހުން މަރުވެފައިވާ ކަމެއްކަން ސާބިތުވެފައިވާއިރު، އަދި އޭގެ ސަބަބުން އެހެން އެތައް ބަޔަކަށް ގެއްލުންލިބޭކަން ކަނޑައެޅިގެން އެނގޭއިރު، އެފަދަ އެއްޗެއް ބުއިމަކީ އަމިއްލައަށް މަރުވުމެކޭ ދާދި އެއްގޮތް ކަމެއްކަން. އަމިއްލައަށް މަރުވުމަކީ ހަރާމްކަމަކަށްވާއިރު އަދި އެ ބުއިމަކީ ޒާތެއްގެ އެޑިކްޝަނަކަށްވާއިރު މަސްތުވާތަކެއްޗަކީވެސް ހަރާމް އެއްޗިއްސަށްވާއިރު، އެބުއިމަކީ ހަރާމްކަމެކޭ ބުނީމަ ގަބޫލުކުރެވޭ.

The name is already taken The name is available. Register?

ޜޯނުއެދުރު

16 August 2018

ތިއޮތީ މާބޮޑައް އިގިފަ.

The name is already taken The name is available. Register?

އަދީބު

18 August 2018

މަސްތުވެވޭ ކޮންމެ އެއްޗެއް ވަނީ އިސްލާމް ދީނުގައި ހަރާމް ކުރެވިފައެވެ. އަދި އަމިއްލައަށް ގެއްލުން ލިބޭ ކޮންމެ ކަމެއް ވެސް ކުރުން ވަނީ ހަރާމް ކުރައްވާފައެވެ. ސިނގިރޭޓަކީ ވެސް މަސްތުކުރުވާ އެއްޗެކެވެ. އަދި ސިނގިރޭޓް ބުއިމަކީ އަމިއްލައަށް ގެއްލުން ލިބިގަނެވޭ ކަމެކެވެ. އެހެންވީމާ، ސިނގިރޭޓް ބުއިމަކީ ވެސް ހަރާމް ކަމެކެވެ.

The name is already taken The name is available. Register?

ހިތާމަ

15 August 2018

ތިމާއާއި ތިމާގެ ޢާއިލާގެ ލާބައަށް ﷲ މިންވަރުކުރެއްވި ރިޒްޤް ތިމާގެ ހަށިގަނޑަށް ގެއްލުން ދިނުމަށް އިޝްރާފުކޮށް އެހެންމީހުންނަށް އުދަގޫވިޔަސް ބެލުމެއްނެތި ސިނގިރޭޓް ބުއިމަކީ ޒަރޫރީ ބޭނުމެއް ކަމަށް އަދި ޙައްޤެއްކަމަށް ދެކޭމީހުންވެސް އިސްލާމީ މި މުޖްރަމަޢުގައި އުޅޭކަމީ ހިތާމަހުރި ކަމެއް

The name is already taken The name is available. Register?

އާދަނު

15 August 2018

ދިވެހިން ސިގިރޭޓް ބޯއިރު ނުބޯމީހުނަށް ބަލާލުމެއްނޯޥެ. ހިގާފަދަމުންވެސް މީހުންގެ މޫނަށް ދުންގަނޑު ބުރުވާލަފާނެ. ކެފޭތަކުގަވެސް ހަމަ އެހެން. އަދި އެއޮއްދަމާ ވޭޕް އަކުން ބުރުވާލާ ދުން ގުޅައަކުން މުޅިތަން ދުންގަނޑަކަށްވޭ.

The name is already taken The name is available. Register?

ބަސްފުޅު

15 August 2018

ތާއިދު ކުރެވޭ ކޮންޓްރޯލްކުރުން. އެކަމަކު ތިޔަ ހިޔާލަށްވުރެން މަގުމަތީ ބުއިން ހުއްޓުވުން މުހިއްމުކަމަށް ދެކެން. މަގުމަތީގައި ކޮންޓްރޯލްކޮށް ކެފޭ ތަކުގައި ދުންފަތުގެ އިސްތިއުމާލުކުރެވޭ ސަރަހައްދު ކަނޑައަޅައި ބޮވޭނެގޮތަށް އޮތުން ރަނގަޅުކަމުގައި ދެކެން. މަގޭ ހިޔާލު

The name is already taken The name is available. Register?

ޝަޝީ

15 August 2018

މަވެސް ތާޢީދު. ކެފޭތަކުގައި ބޮވޭގޮތް ހުއްޓުވުމަކީ މަގުތަކުގައި ބޯ އަދަދު ގިނަވާނެކަމެއް. ކުޑަކުދިން ގޮވައިގެން ކެފޭ ރެސްޓޯރަންޓް ތަކަށް ނުގޮސްތިބެވިދާނެ. ނަމަވެސް މަގުމައްޗަށް ނުނިކުމެކިހިނެއް އުޅޭނީ

The name is already taken The name is available. Register?

އައްޕާލު

16 August 2018

އާން ކަލޯ، މި އައްޕާލުމެނަކަށް ނުވިސްނޭނެ. ސަމާލުކަން ހޯދަން ބޭނުންވަނީ.

The name is already taken The name is available. Register?

އަލީ އަލީ

15 August 2018

އަޅުގަނޑަކީ ސިގިރެޓް ބޯމީހެއް! އަދި ހުއްޓަން ގަސްދުކުރާމީހެއްވެސް ނޫން!

The name is already taken The name is available. Register?

މާލެ މީހާ

15 August 2018

ދެން ހުރޭ ބޯލަ ބޯލަ ދުވަސް ގުނާލަ ގުނާލަ. މާގިނަކޮށް ގުނާކަށް ނުޖެހޭނެތާ ދެއްތޯ؟ :)

The name is already taken The name is available. Register?

2121

15 August 2018

ގޯހެއްނޫން އަލީ. މިނިވަންކަން ތީ ހަމަ، އެކަމަކު ބުނަން، އަހަރެންގެ ވެސް މިނިވަންކަން އެބައޮތް، އަދި ތިކަހަލަ މީހުން ދަނީ އަހަރެމެންގެ މިނިވަންކަމަށް އަރައިގަންނަމުން. އަހަރެން ބުނަން، ސިގިރޭޓުބޯ މީހުންގެ ދުމުން އަހަރެނަށް ލިބޭ ގެއްލުން ދެނެވޮޑިގެންވާނީ މާތްﷲ. ޤިޔާމަތްދުވަހުން އަހަރެން ތި އެންމެނާ ދެކޮޅަށް ދަޢުވާކުރާނަން އިރާދަކުރެއްވިއްޔާ. މިއަދު އަހަރެން ވީ ވަރަކުން އަހަރެންގެ ނަފްސު ރައްކާތެރިކުރާނަން. މިއަދަކު ލިބޭނެ އިންސާފެއް ނެތް.

The name is already taken The name is available. Register?

ވަރަށް ވާހަކަ1

15 August 2018

2121 ގެ ކޮމެންޓަށް ވަރަށް ތާއީދު

The name is already taken The name is available. Register?

ައަލްސަން އިޒް ހިޔަރް

15 August 2018

ދެން އޭނަ ސިގިރޭޓް ނުބޯތި ހަމަ !

The name is already taken The name is available. Register?

އިންސާނު

15 August 2018

އިންސާނުންނަށް ދިރި އުޅެވޭނެ ރައްކާތެރި މާހައުލެއްނެތް. ސިނގިރެޓް ވިއްކާ މީހުންނާއި ބޯ މީހުންގެ ޙައްޤު ތަކަށް އެކަނި މި ބެލެވެނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454