ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން އަލަށް ހުޅުވާ ޅ. އިންނަހުރާ ރިސޯޓް. މިތަނުގައި މުޅިން ވެސް ހުންނަނީ އެއްގަމު ކޮޓަރިތައް.
15 އޯގަސްޓް 2018 - 13:05
ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް (ސީސީއާރު)ގެ ނުވަ ވަނަ ރިސޯޓުގެ ގޮތުގައި ޅ. އިންނަހުރާ އަންނަ ނޮވެމްބަރު މަހު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ކުންފުނިން ހަދާ ރިސޯޓުގެ ވެބްސައިޓްގައިވާ ގޮތުން އެ ތަނުގައި ހުންނަނީ މުޅިން ވެސް އެއްގަމު ކޮޓަރި އެވެ. އެ ގޮތުން އިރުއަރާ ތަން ފެންނަ 41 ކޮޓަރި އާއި އިރު އޮއްސޭ މަންޒަރު ފެންނަ 33 ކޮޓަރި ހުރެ އެވެ.
މާލެ އިން ފުރައިގެން ސީޕްލޭންގައި 40 މިނެޓުން ދެވޭ ހިސާބުގައި އޮންނަ އިންނަހުރާގައި އެއް ސަންސެޓް ބާ އާއި އެއް ލައިބްރަރީ ބާ އަދި ބުފޭ ސްޓައިލަށް ހިންގާ ރެސްޓޯރަންޓެއް އަތިރިމައްޗާ ކުރިމަތިވާ ގޮތަށް ހުރެ އެވެ. އޭގެ އިތުރުން ސްވިމިން ޕޫލަކާއި ވޯޓާ ސްޕޯޓްސް އަދި ޑައިވިން ސެންޓަރަކާއި ޖިމެއް އަދި "ދުނިޔެ" ބްރޭންޑްގެ ސްޕާއެއް ވެސް އެ ރިސޯޓުގައި ހުރެ އެވެ. އަދި ޓޫރިސްޓުންނަށް އެކްސްކާޝަންގެ ހިދުމަތް ވެސް ލިބެން ހުންނާނެ ކަމަށް އިންނަހުރާގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
ރާއްޖޭގެ ބޮޑެތި މަހުޖަނުންތަކެއްގެ ހިއްސާވާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް (ސީސީއާރު)ގެ ރިސޯޓުތަކުގެ ތެރޭގައި އިންނަހުރާގެ އިތުރުން މީރު އައިލެންޑް ރިސޯޓު، ވިލަމެންދޫ އައިލެންޑް ރިސޯޓު، ވެލިގަނޑު، ކުރެއްދޫ، ކޮމަންޑޫ، ހުރަވަޅި، ކުޑަދޫ، މިރިހި އައިލެންޑް ރިސޯޓު ވެސް ހިމެނެ އެވެ. އަދި މާލޭގައި ހުންނަ ޗަމްޕާ ސެންޓްރަލް ހޮޓަލަކީ ވެސް އެ ކުންފުނީގެ ދަށުން ހިންގާ ތަނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1234
15 August 2018
ހުޅުވާފަ ބަހައްޓާ ވީހާވެސް ގިނައިން. ކޮންމެ ވެރިއަކުވެސް އައިސް ވަކި ބަޔަކު މުއްސަނދިކޮށްދެނީ.
ވިސްނާލީމާ
15 August 2018
ތިގޮތަށް ރިސޯޓެއް ހުޅުވާއިރު ކީތްތަވާނީ ކޮމެންޓްކުރާ މީހުނަށް އެއްދުވަހުގެ ދަތުރެއް ދިނިއްޔާ. އެއްރޭ އެއްދުވާ. އޯކޭއޭ ގުރުއަތުން ހޮވޭ ދެމީހަކަށް ދިނަސް. ކޮންމެހެން އެހެން ހޮވާއިރު ވިސްނާލީމާ އެގުރުއަތުން ނުހޮވިދާނެ. އެކަމަކުވެސް ގުރުއަތުގާ ބައިވެރިވެ ކޮންމެސް ދެކުއްޖަކަށް ޗާންސެއް ލިބުނަސް މައްސަލައެއް ނެތްތާ. ތިބޭފުޅުންގެ މިއާޓިކަލް ކިޔާލާފާ މަމެން އަބަދުވެސް މިއެދެނީ ހެޔޮއެދުން. އިތުރު ކާމިޔާބަށް. އަހަރެމެންގެ ހެޔޮދުއާއަކީ ތިބޭފުޅުންގެ ކުރިއެރުމަށް ނުވާނެތޯ؟ -އިބްރާހީމް-
ރައްޔުތޔ
15 August 2018
ކީއްކުރާނީ. މުއްސަދިން އިތުރަށް މުއްސަދިވަނީ ހަމަ.
ދެކޭމީހާކިޔާމީހާ
15 August 2018
ތިމީހުނަށް ތިކަންކުރެވުނުކަމުގަވާނީ އިންނަކުރާހެދުނީމަ!
ފުންއަސަރު
15 August 2018
ހިތަށްއަރާ އެންމެ ދުވަހަކަށް ނަމަވެސް މިރެސޯޓުގަ ހުރެލެވޭނެ ނަމައޭ. ހިތްގައިމުކަމާ ޗާލޫކަން ފެނިފާ ކުޅުދިޔާވާވަރުވޭ. އެކަމު މީކީ މަމެންގެ ފެންވަރެއްނޫން. އެކަމަކުވެސް ހިތްކިޔާ ކަހަލަ ގޮތްތަކެއް ހުންނާތީ ހަމަ ހިތްކިޔަނީ.