ޚަބަރު / ހިރިޔާ ސްކޫލް

ހިރިޔާ ސްކޫލުގެ އެންމެ މޮޅު ދަރިިވަރަކަށް ރަންދާ

ހިރިޔާ ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުން ރަނދާ އާއެކު އެ ސްކޫލުގެ ޕްރިންސިޕަލް ރިންޒީ---ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ހިރިޔާ ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އެ ސްކޫލްގެ ރަންދާ އާދަމް ހޮވައިފި އެވެ.

އެ ސްކޫލުގައި ރޭ ބޭއްވި މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ހަފުލާގައި، އޯ ލެވެލް އިން ރާއްޖޭގެ ގަދަ ހަތް ވަނައިގައި ވެސް ހިމެނުނު ރަންދާ އަށް އިނާމު ހަވާލު ކޮށްދެއްވީ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރެވެ.

"މިހާރު" އާ ވާހަކަދައްކަމުން ރަނދާ ބުނީ ގްރޭޑް 10ގެ މޮކް އިމްތިހާނުގައި އުއްމީދު ކުރި ވަރަށް ވުރެ ނަތީޖާ ދަށްވުމުން އޯ ލެވެލް އިމްތިހާނަށް އިތުރަށް މަސައްކަތް ކުރި ކަމަށެވެ. އެހެންވެ މޮކް އިމްތިހާނުގެ ނަތީޖާ އަށް ފަހު ހިތްވަރާ އެކު މަސައްކަތް ކޮށްގެން ރަނގަޅު ނަތީޖާއެއް ލިބުމުން އުފާވާ ކަމަށް ހދ. ނައިވާދޫ އަށް އުފަން ދަރިވަރު ބުންޏެވެ.

އުފަން ރަށުން ގްރޭޑް ހަޔަކާ ހަމައަށް ކިޔެވުމަށް ފަހު އޭނާ ބަދަލުވީ ހުޅުމާލެއަށެވެ. މާލެ އަށް ބަދަލުވެ ހިރިޔާ ސްކޫލަށް ވަނީ ގްރޭޑް ނުވަޔަކަށެވެ.

ހިރިޔާ ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި އެ ސްކޫލުން އެއް ވަނަ ހޯދި ދަރިވަރަށް، ޖަލްސާގެ ޝަރަފުވެރި މެހެމާނު އަދި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަޒީރު، ހަނދާނީ ފިލާ ހަވާލުކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"މޮކް އިމްތިހާނުގައި، އުއްމީދު ކުރި ވަރަށް ވުރެ ދަށްކޮށް ލިބުނީ. އެހެންވެ ހިތްވަރު ދެރަނުކޮށް އެއީ ދަސްވި ކަމެއްގެ ގޮތުގައި ބަލައި އިތުރަށް މަސައްކަތް ކުރީ،" ހިރިޔާ ސްކޫލުގެ މިދިޔަ އަހަރުގެ ގޭމްސް ކެޕްޓަންކަން ވެސް ކުރި ރަންދާ ބުންޏެވެ.

އޭ ލެވެލް އަށް ސީއެޗްއެސްއީގައި މިހާރު ކިޔަވަމުން އަންނަ ރަނދާގެ އަމާޒު ހުރީ އިންޖީނިއަރިންގެ ދާއިރާ އިން ކުރިއަށް ދިއުމަށެވެ. ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އޭ ލެވެލް އަށް އިތުރަށް މަސައްކަތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރި އެވެ.

ހަފުލާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ނަޒީރު ވިދާޅުވީ ތައުލީމީ ދާއިރާ އަށް ބޮޑު ބަދަލުތަކެއް އައިސްފައިވާ އިރު އެ ކަން ދަރިވަރުންގެ ނަތީޖާތަކުން ފެންނަ ކަމަށެވެ. އެ ގޮތުން ދިވެހި ޓީޗަރުން އިތުރަށް ތަމްރީނުކޮށް، ބޭރުން ގެންނަ ޓީޗަރުންގެ އަދަދު 33 ޕަސެންޓަށް މަދުކުރެވިފައިވާ ކަން ފާހަގަ ކުރެއްވި އެވެ.

ހިރިޔާ ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި، އިނާމު ލިބުނު ބައެއް ދަރިވަރުންނާއިއެކު، އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލް ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އޭނާ ވިދާޅުވީ ތައުލީމީ ދާއިރާގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރެވުނު އެންމެ މުހިއްމު މަސައްކަތަކީ، ދާއިމީ ޓީޗަރުން މަސައްކަތް ކުރަން ވަކި ހާއްސަ ކޮލިފިކޭޝަނެއް ކަނޑައެޅުމެވެ. އެގޮތަށް ނިންމުމުން ގިނަ އަދަދެއްގެ ޓީޗަރުންތަކެއް ޑިގްރީ ހާސިލްކުރަމުން އަންނަކަން ވެސް ނަޒީރު ވިދާޅުވި އެވެ.

އޯ ލެވެލް ނިންމާ ދަރިވަރުންނަކީ ފަސް މާއްދާ އިން ފާސްވާ ދަރިވަރުންނަށް ހެދުމަށް ވެސް މުހިއްމު މަސައްކަތްތަކެއް ކުރެވުނު ކަމަށް ނަޒީރު ވިދާޅުވި އެވެ. މީގެ 10 ވަރަކަށް އަހަރު ކުރިން ފަސް މާއްދާ އިން ފާސްވި ދަރިވަރުންގެ އަދަދު 21 ޕަސެންޓުގައި އުޅުނަސް މިހާރު އެ އަދަދު 77 ޕަސެންޓަށް އަރާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ހަފުލާގައި ވާހަކަދައްކަވަމުން ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް ރިންޒީ ވަހީދު ވިދާޅުވީ އެ ސްކޫލުން މަސައްކަތް ކުރަމުން އަންނަނީ އަހުލާގު ރަނގަޅު މޮޅު ކުދިންތަކެއް މުޖުތަމައުގެ ތެރެއަށް ނެރުމަށް ކަމަށެވެ.

ހިރިޔާ ސްކޫލުގެ މިދިޔަ އަހަރު އިނާމު ދިނުމުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އޭނާ ވިދާޅުވީ ތަފާތު އެކި ދާއިރާތަކުން މިހާރު ކާމިޔާބު ހޯދާފައިވާ ގިނަ ބޭފުޅުންނަށް އެ އަމާޒަށް ވާސިލްވެފައިވަނީ އުއްމީދުކަނޑާނުލައި ކުރި ބުރަ މަސައްކަތުން ކަމަށެވެ. އެހެންވެ ތައުލީމީ ހަޔާތުގައި ވެސް، ރަނގަޅު ނަތީޖާއާ ހަމައަށް ވާސިލްވުމަށް ގޮންޖެހުންތަކާ ދިމާވި ކަމުގައި ވިއަސް އުއްމީދު ކަނޑާނުލުމަށް ރިންޒީ ވަނީ އިލްތިމާސްކުރައްވައިފަ އެވެ.

ރޭގެ ރަސްމިއްޔާތުގައި ގްރޭޑް 8-10 އާ ހަމައަށް ރަނގަޅު ނަތީޖާ ހޯދި 47 ދަރިވަރަކަށް އިނާމު ދީފައި ވެ އެވެ.

،

2 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަށްދު

16 August 2018

އެހާމޮޅު އެހާރީތި ކުއްޖެއް އެކަން އެކުއްޖާޔަށް އެލިބުނީ އެކުއްޖާ އެހެންމީހުންނަށް އިހުތިރާމްކޮއް ކިބުރުވެރި ނުވުގެ ސަބަބުން މާތްﷲ އެރަންކޮޅަށް އުފާވެރި ދުވަސްތަކެއް ދައްކަވާށި އާމީން

The name is already taken The name is available. Register?

ވިސްނާލީމ

16 August 2018

މަރްހަބާ ރަންދާ ނާޒިމް. އެތައްހާސް ކުދިންނެއްގެ ތެރެއިން ތިޔަހޯދި ބޮޑުކާމިޔާބަކީ، ހަގީގަތުގާ ރަންދާ ކުރި ބުރަމަސައްކަތާއި ޓީޗަރުންނާ މައިންބަފައިންގެ ބަސްއަހާ ކިޔަމަންތެރިވުން. ބުނެލަން ބޭނުންވަނީ އަދިކިރިޔާ ތިޔަފެށުނީއޭ ދެނޭ އަދި ބުރަމަސައްކަތްއޮތީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454