ޚަބަރު / ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫންގެ ހާލުކޮޅާ މެދު އިހުމާލުވުމަކީ ޓޯޗާގެ އަމަލެއް: ވަކީލުން

މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ޝަމީމް: ޑޮކްޓަރުންގެ ލަފައާ އެއްގޮތަށް މައުމޫނާ މެދު އަމަލު ނުކުރުމަކީ ޓޯޗާގެ އަމަލެއް ކަމަށް ވިދާޅުވި --- ފޮޓޯ/މިހާރު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅާ މެދު ސަރުކާރުން އިހުމާލުވުމަކީ ޓޯޗާގެ އަމަލުތަކެއް ކަމަށް އެ މަނިކުފާނުގެ ވަކީލުން މި ރޭ ވިދާޅުވެއްޖެ އެވެ.

މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ މައުމޫން ގެ އަށް ބަދަލު ކުރަން ނުވަތަ އެކަށީގެންވާ ފަރުވާ ދެވޭ ތަނަކަށް ބަދަލު ކުރަން ޑޮކްޓަރު ލަފާ ދިނުމުން އެ ގޮތަށް އަމަލު ނުކުރުމަކީ ޓޯޗާގެ އަމަލެއް ކަމަށެވެ. ސިއްހީ މައްސަލަތަކާ ހުރެ ގެ އަށް ބަދަލު ކުރުމަކީ ކުރީއްސުރެ ކުރާ ކަމެއް ކަމަށާއި އެ ފުރުސަތު މައުމޫނަށް ނުދީ އަދި އެ މަނިކުފާނަށް ކުރިން އެންގުމެއް ނެތި ދޫނިދު އަށް ބަދަލު ކުރުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"ކަރެކްޝަނަލް ސާވިސްގެ ފަރާތުން ޖަލުގައި ހުންނަވާ ޑޮކްޓަރު ރައީސް މައުމޫން ގެ އަށް ބަދަލު ކުރަން ނުވަތަ އައިޖީއެމްއެޗަށް ޑޮކްޓަރަށް ދައްކަން ލަފާ ދެއްވީމަ އެކަން ނުކުރެއްވުމަކީ އެއީ މި ދަންނަވާ ޓޯޗާގެ އަމަލަކީ. އެއީ މި ދަންނަވާ ލާ އިންސާނީ އަމަލަކީ،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ މައުމޫންގެ ސިއްހީ ހާލުކޮޅުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނާއި އެތައް މުއައްސަސާއަކަށް ހުށަހެޅިފައިވާ ކަމަށާއި އެކަމަކު އެއިން އެއްވެސް މައްސަލައަކަށް ވީ ގޮތެއް ނޭނގޭ ކަމަށެވެ. ޓޯޗާގެ އަމަލުތައް ބެލުމަކީ ހިއުމަން ރައިޓްސް ކޮމިޝަންގެ ޒިންމާއެއް ކަމަށާއި އެކަން ނުކުރުމަކީ އެ ކޮމިޝަނުން ގާނޫނާ ޚިލާފްވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ބޭފުޅުންނަށް ހުށަހަޅާ މައްސަލައެއް އަރަނީ އުޑަށް ކަމެއް ނުވަތަ ބިން ފަޅާ އަޑި އަށް ކަމެއް އެނގޭ އެއްވެސް އިންސާނަކު ނުހުރޭ. އެ ބޭފުޅުންގެ އާންމު ޖަވާބަކީ ތި މައްސަލަ ދަނީ ބަލަމުންނޭ. އިއްޔެ ހުށަހެޅި މައްސަލައިގައި އަދި އަދަށް ދާންދެން ވެސް ހަބަރެއް ވެސް ނުވޭ،" ޝަމީމް ވިދާޅުވި އެވެ.

އެ ޓީމުގައި ހިމެނޭ ވަކީލު މުހައްމަދު ފައިސަލް ވިދާޅުވީ މައުމޫންގެ ސިއްހީ ހާލުކޮޅާ ބެހޭ ގޮތުން ސިޓީ ނުފޮނުވާ މުއައްސަސާއެއް މިހާރު ނުހުންނާނެ ކަމަށާއި މިއަދާ ހަމަ އަށް ވެސް އެކަށީގެންވާ ފިޔަވަޅުތަކެއް އެކަންކަމާ ބެހޭ ގޮތުން އެޅިފައި ނުވާ ކަމަށެވެ. މައުމޫންގެ އުމުރުފުޅުން 80 އަހަރު ވެފައިވާއިރު، އެހާ އުމުރުން ދުވަސްވީ ބޭފުޅަކު ޖަލުގައި ބެހެއްޓުމަކީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމަނިކުފާނުގެ އާލާސްކަންފުޅާ ގުޅިގެން ވަރަށް މުހިންމު ޓެސްޓްތަކެއް އެބަޖެހޭ ހައްދަވަން. ޑޮކްޓަރުން އެބަ ވިދާޅުވޭ އެ މަނިކުފާނު އެބަ ޖެހިވަޑައިގަންނަވައޭ މެޑިކަލް ޗެކަޕް ހައްދަވަން. އެ މަނިކުފާނަކީ ކުރިން ކޮންމެ ހަ މަހަކުން ހަ މަހަކުން ގަވާއިދުން މެޑިކަލް ޗެކަޕް ހައްދަވަމުން ގެންދެވި ބޭފުޅެއް،" ފައިސަލް ވިދާޅުވި އެވެ.

ވަކީލް ފައިސަލް --- ފޮޓޯ:ހުސައިން ވަހީދު/މިހާރު

ފައިސަލް ވިދާޅުވި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު މައުމޫން ދޫނިދޫ ޖަލަށް ބަދަލުކުރީ އެ މަނިކުފާނުގެ ސިއްހީ ހާލުކޮޅު ގޯސްވުމުން 48 ގަޑިއިރު ވަންދެން އެ މަނިކުފާނު އޮބްޒަވޭޝަންގައި ބޭއްވުމަށް މިދިޔަ އަންގާރަ ދުވަހު ޑޮކްޓަރު ލަފާ ދީފައިވަނިކޮށެވެ. އެ މުއްދަތުގައި އެ މަނިކުފާނުގެ އިސްތަށިފުޅު ގުޑާ ފަދަ އެއްވެސް ކަމެއް ނުކުރަން ލަފާ ދީފައި ވަނިކޮށް ލޯންޗްގައި އެ މަނިކުފާނު ދޫނިދު އަށް ގެންދިއުމަކީ ޓޯޗާގެ އަމަލެއްގެ ގޮތުގައި ފައިސަލް ސިފަ ކުރެއްވި އެވެ.

"މި ދަންނަވަނީ އެ މަނިކުފާނު ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ހުއްޓާ އެ މަނިކުފާނު ބެއްލެވި ޑޮކްޓަރުން ދެއްވި ލަފާ. ލަފާ ދެއްވި ނަމަވެސް އެއަކަށް އަމަލެއް ނުކުރައްވާ،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ އަންގާރަ ދުވަހާއި ބުދަ ދުވަހު ވެސް މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވުމުން މާފުށީ ޖަލުގައި ވަކީލުންނާ ބައްދަލު ކުރެވޭ ގޮތެއް ނުވި ކަމަށެވެ. އަދި ބުރާސްފަތި ދުވަހު ވަކީލުން އެ މަނިކުފާނާ ބައްދަލުކުރައްވަން ވަޑައިގަތުމުން އެ ފުރުސަތު ނުދީ، ދޫނިދު އަށް އެ މަނިކުފާނު ބަދަލުކުރީ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. އަދި އިއްޔެ ވެސް ވަކީލުންނަށް އެ ފުރުސަތު ނުދީ، އަނެއްކާ ވެސް މާފުށީ ޖަލަށް ބަދަލުކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާފުށިން ދޫނިދު އަށް ބަދަލު ކުރިއިރު ވެސް ވަކީލުންނަށް ވެސް އާއިލާއަކަށް ވެސް ނާންގާ. ރައީސް މައުމޫން ދޫނިދޫން މާފުށްޓަށް ބަދަލު ކުރެވުނުއިރު ވެސް ވަކީލުންނަކަށް ނާންގާ. އާއިލާ މީހުންނަކަށް ނާންގާ. މިއީ އެއްވެސް ހާލެއްގައި މިކަން ކުރެވިގެންވާނެ ގޮތެއް ނޫން." ފައިސަލް ވިދާޅުވި އެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނަމުން އަންނަނީ މައުމޫންގެ ހާލުކޮޅާ މެދު އިހުމާލުނުވާ ކަމަށާއި އެ މަނިކުފާނަށް ޚާއްސަ އުސޫލުތަކެއް ޖަލުގައި މިހާރު ވެސް ހަމަޖައްސާފައިވާ ކަމަށެވެ.

11 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 59%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢާސީ

30 September 2018

ޟީމީ ހާދަ ގަދަ ބައެކޭ އަޅެ ނިކަމެތިންގެ ހާލުވެސް ތިގޮތައް ބަލައި ދެއް ވައްޗޭ

The name is already taken The name is available. Register?

ރަށޫމީހާ

26 August 2018

ކަލޭމެން މައުމޫނު ދެކެ ކޮން ލޯތްބެއްވާނީ ކަލޭމެން އެމްޑީޕީ މީހުންނަކީ މައުމޫނުގެ 30 އަހަރުގެ ވެރިކަން ނިމުމަކައް ގެންނަން ވެގެގެން ތި ރީދޫ ޕާޓީ އަށް ވަދެ ތިބި މީހުން . އަދިވެސް މަުމޫނަށް ހެޔޮއެދޭނީ ޔާމީން ވ ސަލާމް ރަން ރީދޫ ހަޖަމްނުވާ ގުރޫޕަށް.

The name is already taken The name is available. Register?

ކަކުނި އިއްބެ.

26 August 2018

ބަލަ މިހާރު ތަ ތި ފެންނަނީ ތި މައުމޫން އެއް. ތިޔަ ބުނާ މައުމޫން ގެ 30 އަހަރުގެ ވެރިކަމުގަ މުސްކުޅި ބެޔަކު ދިން އިންޓަވިއު އެއްގައި '' މި ނޫން އެހެން ވެރިކަމެއް ދެކެން ބޭނުމޭ '' ބުނެވުނީ މަ އިންތަވިއު ނިންމާފަ ނިކުން އިރު ދޮރުމަތީ ގަ އޮތީ ޕޮލިސް ވެހިކަލް. ވެހިކަލް އަށް އަރުވައިގެން ގެނދިޔައީ ކުޑަ ގޮޅިއަށް.. މި ވެސް ތިބުނާ މައުމޫނުގެ އޯޑަރަށް މުސްކުޅި އަކަށް ހެދި ގޮތް..... ހަމަ ރަނގަޅު ހަދާ ގޮތް..

The name is already taken The name is available. Register?

މަރިޔާއަލީ

26 August 2018

މި ވެރިކަން2023 ނިމުނީމާ އިންސާނިއްޔަތާއި ޙިލާފްވި ހުރިހާ މީހުނާއި މެދު ދަޢުވާ ކުރެވެން ޖެހޭނެ.

The name is already taken The name is available. Register?

ދަރަނިބޯ

26 August 2018

އެނގޭވިއްޔާ ޒައީމު ޖަލުން ދޫކޮށްލާއިރަށް ވެރިކަންވެއްޓޭނެކަން އެހެންވެ ބިރުން ޖަލަށްލައިގެން އުޅެނީ މިސަރުކާރު ވެރިކަމަށް އައިއްސުރެ ވާޑަވެރިން ޖަލަށްަލައިގެން އުޅެނީ ވެރިކަން ވެއްޓިދާނެތީ ހަމަބިރުން މީ ވަރަށް ފިނޑި ސަރުކާރެއް ރާއްޖެދުއް އެންމެ ފިނޑި ސަރުކާޜުހެން ހީވަނީ

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

26 August 2018

މި ވެރިކަން ނިމުނީމާ އިންސާނިއްޔަތާއި ޙިލާފްވި ހުރިހާ މީހުނާއި މެދު ދަޢުވާ ކުރެވެން ޖެހޭނެ.

The name is already taken The name is available. Register?

އަހުމަދު687

26 August 2018

މައުމޫނުގެ ހާލަތަށް ބަލާ އަދި ނަސްރީނާގެ އެދުމުގެ މަތިން މައުމޫނަށް އެހެން ގައިދީންނަށް ނުލިބޭ އިނާޔަތްތަކަށްގެ ގޮތުން ޓާޝަރީ ހޮސްޕިޓަލަކާ 5 މިނެޓް ދުރުގައި ހުރި ދޫނިދޫއަށް ގެންދިޔައީ ނަސްރީނާއަށް ކޮންމެދުވަހަކު މާފުއްޓަށް ދާން ދަތިވާނެތީ! އެކަމު އަމިއްލަޔަތް ފުންނާބު އުސްވެގެން މިއުޅޭ ލޯޔަރުންގެ ދޮގުވާހަކަތަކާއި ހެދި އަނބުރާ މާފުއްޓަށް ބަދަލްކުރަންޖެހުނީ! އެމްޑީޕީގެ އެކްޓިވިސްޓުންގެ ގޮތުގައި މަސައްކަތް މިކުރާ ލޯޔަރުން ތަންކޮޅެއް ޒިންމާދާރުވާންވެއްޖެ!

The name is already taken The name is available. Register?

އަބްދުއްލާ

26 August 2018

އެހެން ވިއްޔާ ގާނޫނު ތަންފީޒުކުރުމަށް ބަންދުކުރެވޭ ހުރިހާމީހުން ބަންދު ކުރުމަކީ ޗޯޓަރ ގެ އަމަލެއް . ގާނޫނުގަ ވަކިތަނެއްގާ ބަންދުކުރަން އޮތުމަކީވެސް ޗޯޓަރ ގެ އަމަލެއް .ތިޔަ ވިދާޅުވި ވިދާޅުވުމަށް ވިސްނާއިރު . ގާނޫނުއަސާސީގަ ބުނާގޮތުން އެއްވެސްމީހަކަށް އެމީހެއްގެ ނަސްލަށް ކުލަޔަށް މުއްސަނދިކަމަށް ފުރާފަިވާ މަގާމެއްގެ ސަބަބުން ތަފާތެއް ނުކުރެވޭނެ.

The name is already taken The name is available. Register?

ޝުޖާއު ދީދީ

26 August 2018

ދެން އޮތީ 28 ދުވަހެވެ. ކެެއް ކޮށްލާށެވެ.

The name is already taken The name is available. Register?

ޔާމިން

25 August 2018

މައުމޫން އެކަނި ނޫން ކޮންމެ މީހަކާމެދު ވެސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454