ގަމު ޕޮލިސް ސްޓޭޝަން: މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވޭ.
26 އޯގަސްޓް 2018 - 11:55
މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ލ. ގަމުން ހަތަރު ފިރިހެނަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ގަމު ތުނޑިއަވަށުގައި އަލަށް އާބާދުވި ސަރަހައްދުން އުމުރުން 23 އަހަރާއި 24 އަހަރު އަދި 27 އަހަރުގެ ދެ މީހަކު ރޭ 11 ޖަހާކަންހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމީހުން ހައްޔަރުކުރީ ކާރެއްގެ ތެރޭގައި ތިއްބަ އެވެ. ކާރު ތެރޭގައި އެމީހުން ތިބީ ކާކުކަން ނޭނގޭ ގޮތަށް މޫނު ފޮރުވައިގެން ކަމަށާއި އެ ތަނުން ވަޅިއާ ހުޑާއި ވިގްތަކެއް ވެސް ފެނިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އެމީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި،" އޮފިޝަލް ވިދާޅުވި އެވެ.
މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ގަމުން ހަތަރު މީހަކު ރޭ ހައްޔަރު ކުރިއިރު، ތުނޑިއަވަށުގައި ރޭ ދަންވަރު މާރާމާރީއެއް ހިންގައި ތިން މީހަކު ޒަހަމްކޮށްލާފައި ވެ އެވެ. ނަމަވެސް އެ ދެ ހާދިސާ ގުޅުމެއް އޮތް ކަމެއް އަދި ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
26 August 2018
''ހުޑާއި ވިގްތަކެއް''. މިތަކެއްޗަށް ކިޔާނެ ދިވެހި ބަސް ހުރޭތަ؟؟
ބޮނދު
26 August 2018
ތީގަ ނެތެއްނު އެއްވެސް ރާގެއް, ކާފިޔާއެއް ފިލިކޯޅިއެއް ގަނދަކޯޅިއެއް ނޭގެއެއްނު..
މަރޭމިތުރާ
26 August 2018
މަރާމެރުގެ ހުކުމް ތަންފީޒު ކުރަން ނުކެރެންޏާ ސަރުކާރަށް! މަރާމެރުމަށް ވެރިންނަށްކުއް ލިބޭ އަދަބެއް އެނގެނޭހޭ!