މާރާމާރީއެއް ހިންގި ތަނަކުން ފުލުހުން ހެކި ހޯދަނީ. -- ފައިލް ފޮޓޯ
28 އޯގަސްޓް 2018 - 21:35
މާލޭގައި މިރޭ މާރާމާރީއެއް ހިންގައި ތިން މީހަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީީޑިއާ އޮފިޝަލަކު ވިދާޅުވީ މާފަންނު ސަހަރާ ކައިރީގައި، ތޫނު އެއްޗަކުން ހަމަލާދީގެން 9:10 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މައްސަލަ ތަހުގީގުކުރަމުން އަންނާތީ އެކަމާ ގުޅޭ އިތުރު ތަފުުސީލެއް އަދި ނުދެ އެވެ.
އެ މީހުންނަށް އައިޖީއެމްއެޗްގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. ނަމަވެސް އެ މީހުންގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް ނުލިބެ އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވެސް މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލާފައި ވެ އެވެ. އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޫޅޫ
29 August 2018
މިއީ ރެޑް އެލާޓެއްގެ ފެށުން. ލައްކަވާހަކަ. ދެން ކާކު؟
މަރީ
29 August 2018
ސިންގަޕޫރުގަ މިކަހަލަ ކަންތައްކުރާ މީހުން ތިބެނީ ދިގު މުއްދަތަކަށް ޖަލުގަ. އެހެންވީމަ މިކަހަލަ ކަންތައްތައް ވަރަށް މަދު. ދެން މިވަރުން ކިހިނެއްހޭ ރާއްޖެ ސިންގަޕޫރަށް ވަނީ.
ބަރުޖޯރާ
29 August 2018
އަވަހަށް އޭނާ ދޫކޮށްލާ! ތީ މިގައުމުގައި ހިމާޔަތްކޮށްފަތިބި ދޮންދީނި ތަކެއް
އަލިފް
28 August 2018
ބޮޑެތި މާރާމާރީ ތައް ހިންގަނީ މަދު ބައެކެވެ. އެމީހުން އެނގެއެވެ. ހައްޔަރު ކޮށްފަ ނުބެހެއްޓެނީއެވެ.
ދަތްނެތްކުއްޖާ
28 August 2018
މި ރައީސް ބުނިދޯ މާލޭގެ މަޖީދީ މަގުގައި އެއްކޮލުން ފެށިގެން އަނެއް ކޮލާ ޖެހެންދެން އެއްވެސް ބިރުވެރި ކަމަކާ ނުލާ ރައްޔިތުން ނަށް މިހާރު ހިނގާ ބިނގާ އުލެވޭނެޔޯ! މިއީތޯ އެނބުނާ ބިރުވެރި ކަމެއް ނެތް މަގަކީ.!
ހހހހ
29 August 2018
ތި މާރާމާރިތައް ހިނގަނީ މަޖީދީ މަގެއް ނޫނެއްނު
ހެލލޮ123
29 August 2018
ކަމެއްވާއިރަށް ރައީސް ޔާމީން... ރައީސް ޔާމީނަކައް ވަހީ އެއް ބާއްވައެއް ނުލައްވާ އެކަން ހުއްޓުވާކައް....އެކުރި މީހެއްގެ އަހުލާޤު ދައްމިންވަރު އެ ފެންނަނީ....އަހުލާޤު ރަނގަޅުކުރުމަކީ މައިން ބަފައިން ގެ ޒިންމާ އެއް...ރައީސް ޔާމީންގެ ޒިންމާއެއް ނޫން
midhivehidharinnakee
29 August 2018
ރައީސް އަބްދުﷲ ޔާމީން އެހެންވިދާޅުވިތާ 24ގަޑިއިވެސް ނުވަނީސް ތިއަމަލު ހިންގުމުން ދޭހަވަނީ ބަޔަކު ރާވައިގެން ކުރާކަމެއްކަން!! ވަރަށް ވާހަކަ.
ފައި ނުބަނދެގެން
28 August 2018
މި ވެރިކަމުގައި ކަރު ބުރި ކުރަން ގޮވީމާ ވެސް ބަލަންޖެހޭ މީހުން އެތިބެނީ ހައްޕު ކިޔާއިގެން؟؟؟ އަންނަ މަހުން ފެށިގެން ރަނގަޅު ކުރެވޭނެ
ތުނިޔަ
28 August 2018
މީ އަދުރޭ އެވިދާޅުވާ މާލޭގެ މަގުތަކުގެ އަމާންކަމަކީ އިނގޭތޯ!
ބަޑީ
28 August 2018
މިކުޑަކުޑަމާލެ އަމާންވެސް އަދި ނާމާންވެސް "ސަރުކާރު" ބޭނުންވުމުން ބޭނުންވަރަކަށް ކޮށްލެވިދާނެ.