ޚަބަރު / އެމްޑީއޭ

ޑރ. ޖަމީލް، ސިޔާމަށް: "ފެތެމުންދާ އޮޑިން އަވަހަށް ސަލާމަތްތެރިކަން ހޯދާ"!

އެމްޑީއޭގެ ޖަލްސާއެއްގައި، ރައީސް ޔާމީންގެ ދެކަނބަލުންނާ އެކު ސިޔާމް ބައިވެރިވެވަޑައިގަންނަވަނީ: އޭނާ އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގަންނަވާނެ ކަމަށް ވާހަކަ ދައްކަމުން ދަނިކޮށް، ޕާޓީ ހިންގެވުމުން ވަނީ އެއްފަރާތްވެވަޑައިގެންފައި.

ރައީސް އަބްދުﷲ ޔާމީނަކީ ސިޔާސީ ގޮތުން "ފެތެމުންދާ އޮޑިއެއް" ކަމަށް ސިފަކުރައްވައި، އެ އޮޑިން އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް ސަލާމަތްކަން ހޯއްދަވައި އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު ކުރެއްވި ޓުވީޓަކުން މިގޮތަށް މި އެދިވަޑައިގަތީ، ރައީސް ޔާމީނާއި ސިޔާމާ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާ ހެދި، ރައީސް ޔާމީންގެ ކޯލިޝަނުން ވަކިވެވަޑައިގެން އިދިކޮޅު ޕާޓީތަކާ ސިޔާމް ގުޅިވަޑައިގަންނަވާނެ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށެވެ.

ރައީސް ޔާމީނާއި ސިޔާމަކީ ވަރަށް ގާތް ދެ އެކުވެރިންނަށް ވި ނަމަވެސް، އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ތާއީދު ކުރައްވާނީ ރައީސް ޔާމީނަށް ކަމެއް ސީދާ ވިދާޅެއް ނުވެ އެވެ. ކެމްޕޭންގެ އެއްވެސް ހަރަކާތަކުން ވެސް ސިޔާމް ނުފެންނައިރު، ޕީޕީއެމާ އެކު ހަދާފައިވާ ކޯލިޝަންގެ އެއްބަސްވުން އާ ކުރުމާ މެދު ވެސް މިހާތަނަށް ގޮތެއް ނުނިންމަ އެވެ.

މި މައްސަލަ އަށް އިޝާރާތް ކުރައްވައި ކުރެއްވި ޓުވީޓުގައި ޖަމީލް އެދިވަޑައިގަތީ، ރައީސް ޔާމީން ދޫކުރައްވައި، ރަނގަޅު މަގަށް ރުޖޫއަވެވަޑައިގެން، ވިޔަފާރި ވެސް ސަލާމަތް ކުރެއްވުމަށެވެ. އެ ފުރުސަތު އޮތް ކަން ފާހަގަކުރައްވަމުން ޖަމީލް ވިދާޅުވީ، ކުރިއަށް ރާއްޖޭގެ ރައްޔިތުންނަށް މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދައި ދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން، ޔޫރަޕިއަން ޔޫނިއަންގެ ކައުންސިލާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވެސް އޮތީ ތައްޔާރަށް ކަމަށެވެ.

ސިޔާސީ ކަންކަމާ ދުރުގައި، ސިޔާމް ހުންނެވީ އީޔޫގެ ކައުންސިލުން ފިޔަވަޅު އަޅާނެ ސަރުކާރުގެ އިސް ވެރިންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވާ ކަމަށް ތުހުމަތުކޮށްފައި ވަނިކޮށެވެ. ސަރުކާރުގެ އިސް ވެރިންނާ މެދު ފިޔަވަޅު އަޅަން ނިންމައި އޮނިގަނޑެއް އީޔޫ އިން ފާސްކޮށްފައިވީ ނަމަވެސް އޭގައި ވަކި ބައެއްގެ ނަން ހިމަނާފައެއް ނުވެ އެވެ. އެކަމަކު ރާއްޖޭގެ ހާލަތު ގޯސްވާނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާއިރު، އެއްވެސް މީހަކާ ދޭތެރޭގައި ފިޔަަވަޅު އެޅިޔަ ނުދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން އޮތީ ދީފަ އެވެ.

ޖަމީލް ކުރެއްވި ޓުވީޓް

ރައީސް ޔާމީނާއި ސިޔާމާ ދެމެދު މައްސަލަތަކެއް އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުން ދަނިކޮށް، ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެމްޑީއޭ އޮތީ ޕީޕީއެމާ އެކުގައި ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ކޯލިޝަން އެގޮތުގައި ދެމިއޮންނާނެ ކަމަށެވެ. އެކަމަކު މި ވާހަކަ އަށް ސިޔާމް، އަދި އެމްޑީއޭގެ އިސް ބޭފުޅުން ވެސް ސީދާ ޖަވާބެއް ދެއްވަން ބޭނުމެއް ނުވެ އެވެ.

އެމްޑީއޭ އާއި ޕީޕީއެމްގެ ކޯލިޝަން އެއްބަސްވުމާ މެދު ގޮތެއް ނިންމަން އިއްޔެ ކައުންސިލް ބައްދަލުވުމެއް ބޭއްވި އެވެ. އެކަމަކު، އެ ބައްދަލުވުމުގައި އެކަމާ މެދު ގޮތެއް ނުނިންމައި، ކައުންސިލުން ފާސްކުރީ ޕާޓީ ހިންގުން ނައިބު ރައީސް، އަލީ މައުރޫފްއާ ހަވާލުކުރާށެވެ.

އެހެންކަމުން، ޕީޕީއެމާއި އެމްޑީއޭގެ ގުޅުމާ ދޭތެރޭ ސުވާލު އުފައްދަން ޖާގަ ވެސް އޮތީ، އެ ބައްދަލުވުމަށް ފަހު ހުޅުވާލެވިފަ އެވެ.

14 ކޮމެންޓް, 59 ރިއެކްޝަންސް

icon happy icon happy 41%
icon sad icon sad 2%
icon angry icon angry 58%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުތާ

30 August 2018

ހަގީގަތަކީ ދިވެހިންގެ ސަޕޯޓެއް ޖަމީލަކަށް ނެތްކަމެވެ. ދެއްކެވި ވާހަކަތަކެއްގެ ސަބަބުންނެވެ. ސިޔާސީ ލީޑަރުން މިކަންކަމަށް ވިސްނަންޖެހެއެވެ. ޖަމީލަކީ މޮޅު އަދި ހިންގުންތެރި ބޭފުޅެއް ނަމަވެސް ދެއްކިފައިހުރި ވާހަކަތަކެއްގެ ސަބަބުންނާއި އަމަލުތައް ބެހެއްޓުނު ގޮތުން ޖަމީލަކީ މިހާރު ރައްޔިތުން އެހާ ގަދަރުކުރާ ބޭފުޅެއް ނޫނެވެ.

The name is already taken The name is available. Register?

ހޮޓްކިންގ

30 August 2018

ފެތެމުން ދާ އޮޑިން ފައިބައިގެން ގޮސް ތިހުރީ އިނގިރޭސިވިލާތުގައި ފިލާ. ލަދެއްވެސް ހުރި މީހެއްނޫންދޯ މީ. ބޮޑު ފިނޑިއެއްތީ.

The name is already taken The name is available. Register?

ޖައުފަރު

30 August 2018

ޖަމީލަށް ރާއްޖޭގަ ކަންހިނގާގޮތާއި ހިނގަމުންދާ ގޮތެއްވެސް މިހާރަކު ނޭނގޭނެއެވެ. އޮޑިފެތިގެން ހިކިފަސްތަން ހޯދަން ތިހެންދިޔަ ކުދިންކޮޅު ދައްކާ ވާހަކަ އަޑުއަޙާ ވަރަށްވުރެ ދިވެހިން މިހާރު މާބޮޑަށްވެސް ހޭލުންތެރި ވެއްޖެއެވެ. ﷲ ގެ ހެޔޮރަޙުމަތް ފުޅުން ފެތެނީ ޖަމީލުގެ އޮޑިތޯ ނުވަތަ ޔާމީނުގެ އޮޑިތޯ އަހަރެމެންމިތިބީ ބަލާށެވެ. ޖަމީލެވެ. މިހާރު ތިޔަފެންނަނީ ނުބައި މަންޒަރެކެވެ. ރާއްޖޭގައިތިބެ ހަމަލޮލޮން މަންޒަރު ބަލާމީހުންނަށް މަންޒަރު ވަރަށް ސާފެވެ. ﷲ އިރާދަފުޅާއެކު ބޮޑުތަނުން އިންތިހާބު ކާމިޔާބު ކުރާނީ ޔާމީނެވެ. ވަރަށް ސަލާން ......

The name is already taken The name is available. Register?

ޣަމްރީން މޫސަ

29 August 2018

ޖަމީލް ތީ މާރީތި މީހެއްތަ އަނގަ ހުޅުވަން. ބަޤާވާތް ގެންނަން އަހަރުންނާއި އެއްކޮށް އެންމެ ގަދަޔަށް އުޅުނީ ޖަމީލް. މިހާރު އަހަރުން ނުބައި ކޮއްފައި ތިމާ މީހާ އަލުފަކަށް ބަދަލުވަނީ

The name is already taken The name is available. Register?

މަންސަރު

29 August 2018

ފެތިފަތިބެ ފެށި ދަތުރަކައް ޝިޔާމް އައްދައުވަތު ދެނީދޯ

The name is already taken The name is available. Register?

falaku ain

29 August 2018

ކީއްކުރަންތޯ އަންނަންވީ. އަނެއްކާވެސް އޭނާއަށް ލޯން ގެރެންޓީ ރައްޔިތުންގެ މާލިއްޔަތުން ދޭންތޯ؟ ޑރ. ޖަމީލުވެސް ތަސައްރަފު ނުފުދޭ ވާހަކަ ނުދައްކަން ވެއްޖެނުން. ޚިޔާނާތްތެރިން ވެރިކަމުގެ ތެރެއިން ދުރަށްލާން ވެއްޖެނުން. ރައްޔިތުންގެ ފައިސާ ދެކޮޅުންވެސް ކާްންދޭން ދޯ ތިޔަވިސްނަނީ.

The name is already taken The name is available. Register?

ނަސީދު

29 August 2018

ލޯން ގެރެންޓީވަނީ ގާސިމަށް އެކަނިތޯ؟ މާލިއްޔަތަށް ދައްކަންޖެހޭ ބޮޑުލާރި ޗާޕު ނުކުރާތީ ނުދެއްކިގެން އުޅެނީ.

The name is already taken The name is available. Register?

ދާދޭ

30 August 2018

ގާސިމަކަށްވިޔަސް ކާސިމަކަޤވިޔަސް ރައްޔިތުން ޒިންމާ ނަގަންޖެހޭ ކަމެއް ކޮށްދީގެން ނުވާނެ ވެރިޟީހާ.

The name is already taken The name is available. Register?

ރާޑޯ

29 August 2018

ފެތުނީމަ ކިތައްމެ ވަރަކަށް ރުޔަސް ވާނެ ކަމެއް ނޯއޮންނާނެ.

The name is already taken The name is available. Register?

ނުވާނެތިކަމެ

29 August 2018

ވާހަކަނުދައްކާ ފެތެނީ ކޮންބައެއްކަން ފެތުނީ ކޮންބައެއްކަން ދިވެހިންވެސްދަނޭ. ޔޫކަގަ ޖަމީލުހުރުމުން ހީވަނީތަ ދިވެހިން ގަމާރޭ.. ސިޔާސީމީހެއްވީމަ ޝިޔާމު ހިގާއިދާނެ ތިބަޔަށް.. އެކަމަކު މޑއގެ އާއްމުގިނަމީހުން ދަނޭ މޑޕ.. އެހެންވީމަ ޝިޔާމުބުންޏަސް ވޯޓުނުދޭނެ މޑއގެ އާއްމުމީހާ.. އާއްމުމީހާގެނެތް މަޖުބޫރެއް. އާއްމުމީހާއަށް ކޯލިޝަނާ ގުޅުމުން ފަޅުރަށެ ބެންކްގެރެންޓީއެ މަޖުލިސްގޮނޑިއެއް ނުލިބޭ.. އާއްމުމީހާއަށްލިބެނީ ރައީސްކޮއްދޭ އިޖުތިމާއީ ތަރައްގީ. ވައްސަލާމު.

The name is already taken The name is available. Register?

ތުއްތު

29 August 2018

މުލިއާގޭގައި ތިބޭ ކުދިން ހޭވައްޓާފަ މިއަށް ކޮމެންޓް ކުރަން އަންގައިފި

The name is already taken The name is available. Register?

އަޅޭ79

29 August 2018

ކިހިނެއްތޯ އަގެނީ ފެތެމުން ދާ އޮޑިއެއް ކަމެއް. އެވިދާޅުވި ބޭފުޅަކައް އޮޅިވަޑައަގެން އެއުޅުއްވަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454