ލިޓަސް ޝޯރޫމްގައި ބަހައްޓާފައިވާ ސައިކަލުތަކެއް. ބްރިޖް ހުޅުވުމާދިމާކޮށް ތިން ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ވަނީ ނިންމާފައި.
30 އޯގަސްޓް 2018 - 20:50
މާލެ- ހުޅުލެ ބްރިޖް ހުޅުވުމާދިމާކޮށް، ލިޓަސް އިން ވިއްކާ ސައިކަލަށް ތިން ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ނިންމައިފި އެވެ.
ފުޅާ ދާއިރާއެއްގައި ސައިކަލުގެ ވިޔަފާރިކުރާ ކުންފުނިން ބުނީ މިއަދުން ފެށިގެން އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ "ބްރިޖް އޮފާ"ގެ ދަށުން ލިޓަސް މާލޭ ޝޯރޫމުން ގަންނަ ސައިކަލަކަށް ތިން ޕަސެންޓް ޑިސްކައުންޓެއް ދޭން ހަމަޖެހިފައިވާ ކަމަށެވެ.
"ރާއްޖޭގައި އަލަށް ބްރިޖެއް ހުޅުވާއިރު ބްރިޖްގައި ދުއްވާލަން ބޭނުންވާ މީހުންނަށް އަޅުގަނޑުމެން ބޭނުންވޭ ހާއްސަ ޑިސްކައުންޓެއް ދޭން. މީގެ އިތުރުން މާލެ- ހުޅުމާލެ ދޭތެރޭ ދަތުރުކުރޭ ވަރަށް ގިނަ މީހުން، އެ މީހުންނަށް ހެޔޮއަގެއްގައި ސައިކަލް ފޯރުކޮށްދޭން އަޅުގަނޑުމެން ބޭނުންވޭ،" ލިޓަސް އިން ބުންޏެވެ.
މިރޭ ރަސްމީކޮށް ބްރިޖް ހުޅުވާއިރު، އާއްމުކޮށް ދަތުރުކުރަން ބްރިޖް ހުޅުވާލަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަންގި
31 August 2018
ކުއްލިގޮތަކަށް މިހާ މުއްސަނދިވީ ކިހިނެތްތޯ ބަލަން ވެއްޖެއެއްނުން. މިހާރު ރިޒޯޓް ހެދުމަށް ހިފާފަތިބީ. ސަރުކާރުން މިކަން ބަލާލަދީބަލަ.
ނުރަބޯ
31 August 2018
ވަރަށް ބޮޑު ޑިސްކައުންޓެއްތީ. ޝުކުރިއްޔާ. ފަންސާސްހާސް ރުފިޔާ އިން 1،500ރ ގެ ޑިސްކައުންޓް.
މަންސޫރު
31 August 2018
ސައިކަލުން ނަގާ އަގު ބޮޑުކޮއްބަލަ!! ކޮންމެ މަގެއް އަދި ގޯޅިއަކީ މިހާރު ސައިކަލު ގުދަނެއް. ބަލާއެއްނު!
ޑީސީ
30 August 2018
ހާދަބޮޑު ޑިސްކައުންޓެކޭ ދޯ 3%..!!! ތިވާހަކަ ސީ އެން އެން އިންވެސް ގޮވަންޖެހޭނެ..!!