ޚަބަރު / ސިނަމާލެ ބްރިޖު

ކުލަގަދަ ހަފުލާއެއްގައި ސިނަމާލެ ބްރިޖް ހުޅުވައި، ތާރީހު ބަދަލުކޮށްލައިފި

ސިންމާލެ ބްރިޖް ހުޅުވުމަށް ފަހު ބްރިޖްގައި މިރޭ ހަވާ އަރުވަނީ -- ފޮޓޯ: ހުސެއިން ވަހީދު

30 އޯގަސްޓް 2018 - 20:38

107 comments
30 އޯގަސްޓް 22:16

ބްރިޖް ހުޅުވުމަށް ފަހު ހަވާ އަރުވާތަން އާންމުން މިރޭ ފޮޓޯ ނަގަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

30 އޯގަސްޓް 22:16

ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މިރޭ ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

30 އޯގަސްޓް 22:15

ބްރިޖް ހުޅުވުމަށް ފަހު ހަވާ އަރުވާތަން އާންމުން މިރޭ ފޮޓޯ ނަގަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

30 އޯގަސްޓް 22:14
30 އޯގަސްޓް 21:44

މުއިއްޒު: މިއީ ވިޔަފާރި އާއި އިގްތިސާދުގެ ބްރިޖް. މިއީ އާއިލީ ގުޅުމުގެ ބްރިޖް.

30 އޯގަސްޓް 21:40

މުއިއްޒު: މިއީ ރައީސް ޔާމީނާއި ޗައިނާގެ ރައީސާ ދެމެދު އޮތް ގުޅުމުން އުފަންވި ބްރިޖެއް. އެއްވެސް އެހެން ޒަމާނެއްގައި ކުރި މަސައްކަތަކުން އައި ބްރިޖެއް ނޫން.

30 އޯގަސްޓް 21:38

މިނިސްޓަރު މުއިއްޒު ވާހަކަ ދައްކަވަނީ: އުފާވެރި ވަގުތެއް. މުސްތަގުބަލަށް އޮތް ޖީލަށް އުފާވެރި ވަގުތެއް

30 އޯގަސްޓް 21:26

ރާއްޖޭގައި މިހާތަނަށް ނުބާއްވާ ފެންވަރަށް ބްރިޖްގައި ހަވާ އެރުވުމުގެ ރަސްމިއްޔާތެއް ކުރިއަށް އެބަދޭ.

30 އޯގަސްޓް 21:17

ބްރިޖްގައި ލޭޒާގެ ކުޅިވަރުތައް ކުރިއަށް އެބަދޭ.

30 އޯގަސްޓް 21:16

ރައީސް ޔާމީނާއި ޗައިނާގެ މަންދޫބު ވެންގް ޝިއާޓާއޯ ސިނަމާލެ ބްރިޖް ހުޅުއްވައިދެއްވައިފި. ބްރިޖް ހުޅުއްވައިދެއްވީ ބްރިޖްގެ މައި ދޮރު ދިއްލާލުމާ އެކު

30 އޯގަސްޓް 21:11
30 އޯގަސްޓް 21:10

ރައީސް: މިއީ ތަރަައްގީގެ އާ ފެށުމެއް.

30 އޯގަސްޓް 21:10

ރައީސް ޔާމީން: ހުޅުމާލެ ހިއްކަން ފެށިއިރު އޮތް އެންމެ ބޮޑު ގޮންޖެހުމަކަށް ވީ ހުޅުމާލެ އާއި މާލެއާ ދޭތެރޭގައި ދަތުރު ފަތުރު ކުރުން. މި ދޭތެރޭގައި ބްރިޖެއް އަޅަން ޖެހޭ. އެކަމަކު އެވަރުގެ ތަނަވަސް ކަމެއް ނެތް. އެހެންވެ، އަޅުގަނޑު އެކަން ޗައިނާގެ ރައީސަށް ދެންނެވިތާ ތިން އަހަރާ 11 މަސް ދުވަހުގެ ތެރޭގައި މި ވަނީ ބްރިޖް ހަގީގަތަކަށް ވެފައި.

30 އޯގަސްޓް 21:05

ރައީސް ޔާމީން: މި ބްރިޖަކީ އަޅުގަނޑުމެންނަށް ވެސް ބޮޑު ގައުމަކާ އެކު ކަންކަން ކުރެވިދާނެ ކަމުގެ މިސާލެއް.

30 އޯގަސްޓް 21:02

ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ: ދެ ލައްކަ އަށް ވުރެ ބޮޑު އާބާދީ އަކަށް، 1997 ގައި ހުޅުމާލެ ތަރައްގީ ކުރި ހިސާބުން ފެށިގެން ކޮންމެ ދުވަހަކު އެ ރަށަށް ދިވެހިން ކަނޑު ހުރަސްކޮށްފައި ކުރަމުން އައީ ވަރަށް އުނދަގޫ ދަތުރުތަކެއް. އަޅުގަނޑުގެ މަގުސަދަކަށް ވީ އެކަން ފަސޭހަކޮށް އެކަން ބަދަލުކޮށްލަން. އެކަން މި ބްރިޖާ އެކު ނިމިގެން ހިނގައްޖެ.

30 އޯގަސްޓް 20:58

ވެން ޝިއާޓޯ: ޗައިނާ އިން ރާއްޖޭގެ އިސްތިގުލާލަށް އަބަދުވެސް އިހުތިރާމް ކުރާނެ

30 އޯގަސްޓް 20:57
30 އޯގަސްޓް 20:55
30 އޯގަސްޓް 20:53

ވެން ޝިއާޓޯ: މި ބްރިޖާ އެކު ރާއްޖެ އާއި ޗައިނާގެ ގުޅުން އިތުރު ހަރުފަތަކަށް ހިނގައްޖެ

30 އޯގަސްޓް 20:53

ވެން ޝިއާޓޯ: މިއީ ޗައިނާ އާއި ރާއްޖޭގެ ގުޅުމާއި އެކުވެރިކަން ރަމްޒުކޮށްދޭ ބްރިޖެއް. މި ބްރިޖާ އެކު ރާއްޖޭގެ ރައްޔިތުންގެ ހުވަފެންތަކުގައި ކުލަ ޖެހިއްޖެ. ޗައިނާ އޮތީ ރާއްޖޭގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގައި އެހީވެދިނުމަށް ތައްޔާރަށް.

30 އޯގަސްޓް 20:50

ޗައިނާގެ މަންދޫބު ވެން ޝިއާޓޯ ވާހަކަ ދައްކަވަނީ: މިއީ ރައީސް އަބްދުﷲ ޔާމީން ޗައިނާ އަށް ވަޑައިގެން ޗައިނާގެ ރައީސް އަރިހު ދަންނަވައިގެން ޗައިނާ އިން ހަދައިދީފައިވާ ބްރިޖެއް. ދެ ގައުމު ގުޅިގެން މި ބްރިޖް ފެންވަރު ރަނގަޅު އަދި ރީތި ބްރިޖަކަށް ހެދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް، އަދި ވަރަށް ގިނަ މަޝްވަރާތަކެއް ކުރެވިއްޖެ.

30 އޯގަސްޓް 20:43

މިރޭގެ ހަފުލާ ރޭވިފައިވާ ގޮތުން ބްރިޖް ހުޅުއްވައިދެއްވާނީ ރައީސް އަބްދުﷲ ޔާމީނާއި ބްރިޖް ހުޅުވުމަށް ޗައިނާ އިން ވަޑައިގެންނެވި ހާއްސަ މަންދޫބު ވެން ޝިއާޓޯ. މި ރަސްމިއްޔާތުގައި ބްރިޖްގެ މަސައްކަތާ ގުޅޭ ހާއްސަ ޕްރެޒެންޓޭޝަނެއް ދައްކާނެ. ރައީސް ވާހަކަފުޅު ދެއްކެވުމަށް ފަހު ބްރިޖް ހުޅުވައި، އޭގެ ފަހުން މި ބްރިޖްގައި ރައީސާއި އޮފިޝަލުން ދަތުރުފުޅު ކުރައްވާނެ. ހަވާ އެރުވުމާއި ބަޑިބޭހުގެ ކުޅިވަރުތައް ބާއްވަން ހަމަޖެހިފައި ވަނީ ހުޅުވުމުގެ ރަސްމިއްޔާތު ނިމުމަށް ފަހު

ހުޅުލެ އާއި މާލެ ގުޅާލާ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތާއި އެ މުނާސަބާއާ ގުޅިގެން މިރޭ ބާއްވަން ހަމަޖެހިފައިވާ އަލިފާނުގެ ކުޅިވަރުތައް ބެލުމަށް އެތައް ހާސް ބަޔަކު އާޓިފިޝަލް ބީޗް ސަރަހައްދަށް ޖަމާވެއްޖެ އެވެ.

ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތު މިހާރު ވަނީ ފަށައިފަ އެވެ. މި ރަސްމިއްޔާތު ބާއްވާނީ އާޓިފިޝަލް ބީޗް ސަރަހައްދުގައި އެކަމަށް ހާއްސަކޮށް މިއަދު ތައްޔާރުކުރި ތަނެއްގަ އެވެ. މި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީނާއި ޗައިނާ އާއި ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.

އޮގަސްޓް 29، 2018- މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު މާދަމާރޭ ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވެފައިވާއިރު، ބްރިޖް ރޭގަނޑު ދިއްލާފައި އޮންނަ މަންޒަރު ބަލާލުން.---ފޮޓޯ: ނިޝާން އަލީ/މިހާރު

ބްރިޖް މަޝްރޫއުގެ ހުލާސާ

- މާލެ އާއި ހުޅުލެ ގުޅުވާލި ބްރިޖު އެޅުމުގެ މަސައްކަތުގެ ފުރަތަމަ މަރުހަލާ އަކީ އެކަމަށް ބޭނުންވާ މެޝިނަރީޒްތައް ބޭރުން ގެނައުން. ބޮޑެތި ކްރޭންތަކާއި އެހެން ވެސް ސާމާނު ގެނައި.

- ފައުންޑޭޝަންގެ މަސައްކަތް ކުރަން ޕްލެޓްފޯމެއް އެޅީ މެއި، 2016 ގައި.

- އެންމެ ގޮންޖެހުން ބޮޑު މަސައްކަތަކީ ބްރިޖުގެ ފައުންޑޭޝަނަށް ބޭނުންވާ ހޮޅިތައް ފެއްތުން. ބްރިޖުގެ މައި ހަތް ތަނބު އިންނައިރު، އެ ތަނބުތަކުގައި ޖަހާފައިވާ ބިޔަ 35 ހޮޅި ވަނީ ކަނޑު އަޑިއަށް ފައްތާފައި.

- މެއި، 30، 2017، ގައި ބްރިޖުގެ ކޮންކްރީޓް ތަނބުތައް ފެނުން މައްޗަށް އެރި.

- މާލެ އާއި ހުޅުލޭ ކޮޅުން ބްރިޖް، މައި ކަނޑާ ހަމައަށް ގެންދިޔައީ ކޮންކްރީޓް ޝީޓްތަކުން. އެކަމަކު ކަނޑުގައި ޖަހާފައިވާ ބިޔަ ތަނބުތަކުގެ ދެމެދުން ބްރިޖް ގުޅުވާލީ، ޗައިނާގައި ތައްޔާރުކޮށްގެން ގެނައި "ސުޕަސްޓްރަކްޗާ" އިން. އޭގެމަތީގައި ތާރުއަޅައި، ލައިޓްތައް ވަނީ ހަރުކޮށްފައި.

- ގަޑިއަކު 60 ކިލޯ މީޓަރަށް ދުއްވާ ގޮތަށް ޑިޒައިންކޮށްފައިވާ ބްރިޖުން ގާތްގަނޑަކަށް ތިން މިނެޓުން ހުޅުލެ އާއި މާލެ ހުރަސްކޮށްލެވޭނެ.

- ވެހިކަލްތަކަށް ހަތަރު ލޭން އޮންނާނެ، އެއީ ހުޅުލޭ ކޮޅަށް ޚާއްސަ ދެ ލޭނާއި މާލޭ ކޮޅަށް ދެ ލޭން. މާލޭ ކޮޅުގެ ދެ ލޭންގައި، 3.5 މީޓަރު ހުންނައިރު، އަނެއް ދެ ލޭންގައި 3.2 މީޓަރު ހުންނާނެ.

- ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާ އިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރޭ.

- ބްރިޖު ދަތުރުތަކަށް އާއްމުކޮށް ހުޅުވާލާނީ އަންނަ މަހުގެ 7 ގައި.

107 ކޮމެންޓް, 369 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 1%
icon angry icon angry 24%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރ.ނަޝީދު

31 August 2018

ބުރިޖަކީ އަދި ފެށުމެއް. އަދިއޮތީ ތަރައްޤީގެ އިތުރު މަންޒަރުތައް ފެނުން. ދެންވެސް ޔާމީން ހޮއްވަވާ.

The name is already taken The name is available. Register?

ޢަލީމް

31 August 2018

ތާރީހު ބަދަލެއްނުވޭ. ދޮންކަޅު އަންގާނުލާ ބެހި 600 ފުލެޓުގެ ހަގީގަތް ކިޔާނުދެނީސް މަށާމަގޭ އާއިލާގެ ވޯޓެއް ހަރާމުން ހަރާން.

The name is already taken The name is available. Register?

ޙަސަންޓޭ

31 August 2018

ހެޔޮ ނުދިނަސް

The name is already taken The name is available. Register?

މޮޔަމީހާ

31 August 2018

ދިވެހިންގެ ފެންވަރު؟! ޚަރަދުބޮޑުކޮށް ބްރިޖުއެޅީމަ ކޮރަޕްޝަން ވާހަކަ ވަންނައިރަށް ރ.ޔާމީން! ބުރިޖު އެޅުނުވާހަކަ، އެއިންކުރާ ބޮޑުމަންފާ އައީމަ، ބްރިޖު އެޅީ މައުމޫނާ ނަޝީދު!!

The name is already taken The name is available. Register?

އަބްދުއްالله

31 August 2018

ޝުކުރުގެ ހައްގުވެރިއަކީ ހަމަ އެކަނި ޔާމީނު ސީދި. އެހެން އެކަކުވެސް މި ކަމުގައެއް ނުހިމެނޭ. މަގޭވޯޓު ޔާމީނަށް.

The name is already taken The name is available. Register?

ޝޮކްތެރަޕީ

31 August 2018

މިރާއްޖެ އިންޑިޔައަ ވިއްކާލަން އުޅުނު ނަޝީދަ ކޮން ބްރިޖެއްއެޅޭނީ. ތަކުރާރުކޮ މިކަމަ އެމްމެބޮޑަ ފާޑުކީ ރައިސް ނަޝީދު. ޔާމިންކީ ބަސްމަދު ތަރައްގީ ކުރަންއެގޭމީހެ އަތޮޅުތަކަ ބަލަލިޔަސް މިކަން ފަހަގަވޭ.

The name is already taken The name is available. Register?

ޙުސޭން

31 August 2018

ދިވެހި ބަހުން ކިޔަން ދަސްކުރަންވީނު؟ ރައީސް މައުމޫންގެ އަސާސީ ތައުލީމް ކްލާސްތައް އަލުން ފަށަން ވެއްޖެ.

The name is already taken The name is available. Register?

ދިވެހިން.

31 August 2018

ބްރިޖް ހަގީގަތަކަށް ވުމުގެ ފެށުމަކީ ރައީސްނަޝީދު. މިކަމަށްޓަކައި އެމަނިކްފާނަށް ޝުކުރު އަދާކުރަން. އަދި ބްރިޖްގެ އަމަލީ މަސައްކަތް ފަށައިގެން ނިމިފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި މިކަމަށްޓަކައި އެމަނިކްފާނަށްވެސް ޝުކުރު އަދާކުރަން. އަދި ބްރިޖްގެ ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސްވަހީދުގެ ވެރިކަމުގައި މިކަމަށްޓަކައި އެމަނިކްފާނަށްވެސް ޝުކުރު އަދާކުރަން.

The name is already taken The name is available. Register?

މޫސަ123

31 August 2018

ވަރަށް އުދަގޫވާނެ ހަޖަމް ކުރަން ޔާމީން ފަދަ ލީޑަރުން ގައުމަށް ބޭނުންވަނީ ބުރިޖް ހެދޭކަން އިންޖިނޭރުން ތިބިކަން އިސްތިއުފާދިން ސޮރައްވެސް މިހާރުއެގޭ ފައިސާހޯދިގޮތްވެސް އެގޭނެ ކަމަށް ހީކުރަން

The name is already taken The name is available. Register?

ޟުހައިލް

31 August 2018

ތީ ދޮގު. ސޮއިކުރީ ޔާމީނު ސަރުކާރުން 2014 ގައި

The name is already taken The name is available. Register?

ހުމާމު

31 August 2018

ބުރިޖު ނިންމާލެވުނީތީ ވަރަށް އުފާކުރަން, ތިހާބޮޑު ހަރަދައެއް ތި އިވެންޓަށް ހަރަދު ކޮށް އިސްރާފް ކުރާތީ ހިތާމަ ކުރަން. އަދި އެންމެ ފާހަގަ ކޮށްލެވޭ ކަމީ މަގުތަށް މިހާރު ހަދަމުން އެދަނީ އެކަން ކުރަން އޮންނަ ގޮތަކަށް ނޫން. ވަރަށް ކޮލިޓީ ދަތްކޮށް ކަން ހައުސިން މިނިސްޓްރީގެ އެކަން އިގޭ ބައެއް އިންޖިނޭރުން ބުނަމުން އެބަދޭ. އަވަސް ކުރަން ހަދާގެން, 4މަސް ތެރޭ ތާރުތަށް ނެއްޓޭނެ. ދެން މިމީހުން ހަވާލެއްނުވާނެ.މީ މޮޅު ތަންކޮޅަކީ.

The name is already taken The name is available. Register?

ޕީޕީއެމް

31 August 2018

ބުރިޖު ހެދުމުގެ ކަންތަކާ އިދިކޮޅު މީހުން ނިކުން ނާނެ ކަންނޭންގެ

The name is already taken The name is available. Register?

ދިވެހިރާއްޖެ

31 August 2018

ފުލައިވޫޑުން ދޯނިބަދެގެން، ފުޅިމަދުން އުނގުރި ހަދައިގެން، ހުއިފިލަޑާ ނަގައިގެން އުޅޭކަށް ބޭނުމެއްނޫން!

The name is already taken The name is available. Register?

މަންސޫރު

31 August 2018

ދިވެހިރާއްޖޭގެ ނަމުގައި ތިޔަކަހަލަ ކޮމެންޓު ކުރަނީ ގައުމު ދެކެ ވާ ލޯތްބަކުންތަ؟

The name is already taken The name is available. Register?

ައިންސާފު

31 August 2018

އަޅައި ދޭ ބުރިޖަކުން , އަޅައިދޭ އިމާރާތަކުން ވޭތުވެ ދިޔަ 4 އަހަރުން ކުރިކަންތަށް ހަދާން ނައްތާލާ ވޯޓު ދޭކަށް ނުޖެހޭ!ަ!މާގޭ ވޯޓާ އަދި އާއިލާ ވޯޓު ކޯލިޝަން ކެންޑިޑޭ 2 ކަށް ދޭން އެންމެ ފަހުން އޮަތް އާއިލީ ބައްދަލު ވުމުގައި ނިއްމައިފިން.

The name is already taken The name is available. Register?

ޝައުކަތު

31 August 2018

އޯކޭ. ތިން އަހަރު ތެރޭ 1.5 ބިލިއަން ނެގި މީހުންނާއި 30 އަހަރު ތެރޭ އެތައއ ބިލިއަނެއް ނެގި މީހުންނާއި މި 5 އަހަރު ތެރެ 1.5 ބިލިއަން ނެގި މީހުން ތިބީ 2. ގެ ފަހަތުގައި. ވޯޓު ދީފަ ބަހައްޓާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454