ނަޒީހް އެހުންތެރިންނަށް ދޫކޮށްލި ދެވަނަ ލަވައަކީ "އަނެބައްޕަ".
04 ސެޕްޓެމްބަރ 2018 - 07:30
މޯލްޑިވިއަން އައިޑޮލް ސީޒަން އެކަކުން ވިދައިލި ލަވަކިޔުންތެރިޔާ އަހުމަދު (ރާޅު ބޯއި) ނަޒީހްގެ ފުރަތަމަ ސޯލޯ އަލްބަމް "އޮގަރު ކަނޑި އައްޑަނަ" ގެ ދެވަނަ ލަވަ އެހުންތެރިންނަށް އިއްވާލައިފި އެވެ.
މި ފަހަރުގެ ލަވައިގެ ނަމަކީ "އަނެބައްޕަ" އެވެ. މި ލަވައަކީ ނަޒީހްގެ ކާފަގެ ހަނދާނުގައި ހަދާފައިވާ ލަވައެކެވެ. ބަސްކޮށާރު އަނެއްކާވެސް ތަފާތުކޮށް ގެނެސް ދީފައިވާ ލަވައެކެވެ. "އަނެބައްޕަ" އަކީ އޭނާ ލޯބިން ކާފަ އަށް ކިޔައި އުޅުނު ނަމެވެ.
މީގެ 10 ވަރަކަށް އަހަރު ކުރިން ނިޔާވެފައިވާ ނަޒީހްގެ ކާފަ އަށް ހާއްސަކުރި ލަވައިގެ މެލޮޑީ އާއި ލިރިކްސް ވެސް ހެދީ އެވެ.
ގިޓަރިސްޓަކީ އިބްރާހިމް (ޗިއްޕެ) ޝިފާއު އެވެ. އަދި ބެކިން ވޯކަލްސް ކިޔާފައި ވަނީ ތޭރަވާ އާއި ސަމާހް އެވެ.
މިހާރު ޔޫޓިއުބާއި ސައުންޑްކުލައުޑާއި ލަވަފޮށިން ވެސް އަހައިލެވޭ "އަނެބައްޕަ" ލަވައިގެ ޕްރޮޑިއުސަރަކީ މިސްޓީ އެވެ.
ޖުމްލަ 6 ލަވަ ހިމެނޭ "އޮގަރު ކަނޑި އައްޑަނަ" އިގެ ފުރަތަމަ ލަވަ "ރާޅޭ" ނަޒީހް އެހުންތެރިންނަށް ދޫކޮށްލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިޝާތު
05 September 2018
ސަޅި