ހޯމް މިނިސްޓަރު އަޒްލީން: ޒުވާނުންގެ ފައިގައި ޓެގް އެޅުވުމުގެ ބޭނުން ކެނޑިއްޖެ ކަމަށް ވިދާޅުވި
10 ސެޕްޓެމްބަރ 2018 - 11:30
ޒުވާނުން ޒިންމާދާރުވެ، އަމިއްލަ ފައިމައްޗަށް ތެދުވެއްޖެ ކަމަށާއި އެހެންވެ، އެ މީހުންގެ ފައިގައި ޓެގު އެޅުވުމުގެ ބޭނުން ކެނޑިއްޖެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމުން ރޭ ގެނެސްދިން، "ތަރައްގީ އާ ޒަމާނަކަށް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މާލެ ތެރޭގައި ބިރުވެރިކަން އުފައްދަމުން ދިޔަ އެތައް ކުދިންނެއް މިހާރު ރަނގަޅުވެ، ގައުމުގެ ތަރައްގީގެ ހިއްސާދާރުންނަށް ވެފައިވާ ކަމަށެވެ. އަދި އެ މީހުން މެދުވެރިކޮށް، މިއަދު ޖަރީމާ ހިންގަން އުޅޭ ބަޔަކަށް އެ ފުރުސަތު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ ދަށުން، ނުރައްކާތެރި ކުށްވެރިންގެ ފައިގައި ޓެގް އަޅުވަން ފެށީ 2016 ވަނަ އަހަރު އެވެ. މޮނިކޮން އަމުރު ނުވަތަ މޮނިޓަކޮށް ކޮންޓްރޯލް ކުރުމުގެ އަމުރުގެ ދަށުން 10 މީހެއްގެ ފައިގައި ޓެގު އެޅުވުމަށް މިދިޔަ އަހަރު ހައި ކޯޓުން އަމުރުކުރި ނަމަވެސް، އެ އަމުރު ތަންފީޒު ކުރީ އަށް މީހުންގެ މައްޗަށެވެ.
އޭރު ހޯމް މިނިސްޓަރަކަށް ހުންނެވި އުމަރު ނަސީރު އިސްތިއުފާ ދެއްވުމާ އެކު ހެން، އެކަން މިހާރު ވަނީ ހުއްޓިފަ އެވެ.
ކުށްވެރިންގެ ފައިގައި އަޅުވާ ޓެގް މެދުވެރިކޮށް، ފުލުހުންގެ އިދާރާގައި ހުންނަ ސިސްޓަމަކަށް އެ މީހުން އުޅޭނޫޅޭ ގޮތް ބެލެ އެވެ.
ރޭގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަޒްލީން ވިދާޅުވީ "ޒުވާނުން"ގެ ފައިގައި ޓެގް އަޅުވައި، ޖަލުގައި ބަންދު ކުރަން ޖެހޭ ކަމަށް، ރައީސް އަބްދުﷲ ޔާމީނާއި މި ސަރުކާރުން ވެސް ގަބޫލު ނުކުރާ ކަމަށެވެ. އޭގެ ސަބަބުން، ޒުވާނުންގެ އުފެއްދުންތެރިކަން ގެއްލި، ގައުމާ މެދު ވިސްނުމުން ބަރީއަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"[އޭގެ ސަބަބުން] ޒުވާނުން މި ޖެހެނީ ބައެއްގެ އަޅުވެތިކަމަށް ދާން. އެކަމަކު ޒުވާނުން މިހާރު މި ތިބީ، އަމިއްލަ ފައިމައްޗަށް ތެދުވެ، ޒިންމާދާރުވެފައި،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ޒުވާނުންގެ ސިކުނޑިތަކަށް ކުރިން ބަޔަކު ސަވާރުވެ، މުޖުތަމައަށް ގިނަކޮށް، މަސްތުވާތަކެއްޗާއި މާރާމާރީގެ ތެރެއަށް ދިޔުމަށް ދޫކޮށްލި ނަމަވެސް، އެ މީހުންނަށް މިހާރު ޒުވާނުންގެ ސިކުނޑިތަކަށް ސަވާރު ނުވެވޭނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ މިންނެތް މަސައްކަތްޕުޅުން، އެ މީހުން މިހާރު ގައުމުގެ ތަރައްގީގެ ބައިވެރިންނަށް ހަދާފައިވާ ކަމަށް ވިދާޅުވި އެވެ.
ޓެގް އެޅުވުމުގެ ބޭނުމެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް، މި ފަހަކަށް އައިސްް މާލޭގައި ހިންގާ މާރާމާރީގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ މަހު 31ގައި، 19 އަހަރުގެ ޒުވާނަކަށް ވަޅިން ހަމަލާދީ މަރާލާފައިވާ އިރު، މި މަހުގެ ތެރޭގައި އެކަނި ވެސް ހަތް މީހެއްގެ ގަޔަށް ވަޅި ހަރާފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Thhhk
10 September 2018
ނުރަށްކާތެރި ވެގެންް ޓެގް އެޅުވި މީހުން މިހާޜު ރައްކާ ތެރި މީހުނަށްވެ ނިމުނީ ދޯ**.ފަައިގަ ޓެގް އެޅުވި މީހުން ނޭގޭ ގޭބައެއް މިރާއްޖެއަކު ނެތް *.ކާކު އެމީހުން ބަލައިގަންނާނީ **...ހޯމް މިނިސްޓަ ރު އެމީހުނަށް ވަޒީފާ ދޭންވީނު ...**
ބޯލްސް
10 September 2018
ޒުވާނުންނަކީ ބަގުޑި ބައްދައިގެން، އޮބިއަޅައިގެން އުޅެންޖެހޭ ބައެއްނޫން..ރ.ޔާމީންގެ ޒުވާނުންގެ ތަސައްވަރެއް
ހުސެން އަލީ
10 September 2018
ބުނަން އޮތް އެތި ބޮޑު. ކުފޫ ހަމައެއް ނުވޭ.
ރ.ނަޝީދު
10 September 2018
އަޒްލީން އެބުނުއްވީ ހަމަ ރަނގަޅަށް. ރާއްޖެ މިހާ އަމާން އޮމާން ދުވަސްވަރެއް އަދި ނާދޭ 2008 ގެ ފަހުންނެއް. އަބަދުވެސް ކުށް ކުރާމީހުން އުޅޭނެ.
އަހުމަދުބޭ
10 September 2018
އަޒްލީން އެވެ، ތިޔަވިދާޅުވީ މިގަރުނުގެ ޖޯކްތަކުގެ ތެރެއިން އެއްޖޯކެވެ، މާލެ ތެރޭގައި ބިރުވެރިކަން އުފައްދަމުން ދިޔަ އެތައް ކުދިންނެއް މިހާރު ރަނގަޅުވެ، ގައުމުގެ ތަރައްގީގެ ހިއްސާދާރުންނަށް ވެފައިވާ ކަމަށެވެ ވަރަށް ރަގަނޅުވާހަކައެއް، ތިޔަވިދާޅުވައި ދެތިން ކުދިން މެޑަމްގެ ބުލެސިން ލިބިގެން ބޮޑެތި އިންވެސްޓްމެންޓް ހަދައިފިއެވެ، އެކަމަކު ބާކީތިބިކުދީން އަދިވެސް ތިބީ ތަރައްގީގެ ހިއްސާދާރުންނަށް ވެފައިވާ ދެތިން ކުދީންގެ ބެލުމުގެ ދަށުގައެވެ.
ދަތްނެތްކުއްޖާ
10 September 2018
މަނިކުފާނު ތިޔަ ވިދާޅުވަނީ މިހާރު ކުށްކުރާ ބަޔަކު ނޫލޭދޮތަ! އެހެންކަމަށް ވާނަމަ ކީއްވެގެންތޯ މަނިކުފާނުގެ ހަށިފާރައަށް ފުރާ މީހުން ލައިގެން ތިޔަ އުލުއްވަނީ. ހަމަ އާދައިގެ ދެރަ ނިކަމެތި ރައްޔިތު މީހާ އުލޭ ގޮތައް މާލޭގެ މަގުތަކުގައި ހިންގަވާފަ އުލުއްވަން ވީނު. ވ ސަލާން.
ހީހީ
10 September 2018
ސަރުކާރުގެ އެންމެ ސްމާރޓް މިނިސްޓަރ
ރާޑޯ
10 September 2018
ޒުވާނުންނާއި ގައުމު ހަމަ މަގަށް އެޅުނީމަ ނުޖެހޭނެ ދޯ.
އަޒޫ
10 September 2018
މީހުން ނުމަރާތީ ކުށްވެރިންނެތް ނެތް. ތެޔޮ ނަގަން ނުދާތީ ތެޔޮވަޅެއް ނެތް. މަސްވެރިން އެލަވަންސް ހޯދަން ބޭނުންނުވާތީ އެލަވަންސްއެއް ނެތް. ދަނޑުވެރިން އެލަވަންސް ބޭނުންނުވާތީ އެލަވަންސެއް ނެތް. އާއިލީ ޑޮކްޓަރު ބޭނުންނުވާތީ ޑޮކްޓަރެއް ނެތް. ފްލެޓެއް ބޭނުންނުވާތީ ފްލެޓެއް ނެތް. މިވަރު އޯކޭ ނު.
އަލީ ޒުބޭރު
10 September 2018
އަޖައިބެއްނު! ޒުވާނުންނަކީ ހަމައެކަނި ޕާޓޭންތަ؟؟! ގައުމު ތަރައްގީގެ ހިއްސާދާރުންނޯ. ކީއްތަ ކުރީ މިމީހުން ހިއްސާދާރުންނަށްވާން؟ ޕިންކް ދިދަފަތިކޮޅެއް ދަމައިން ހިއްސާވަންޏާ ވާނެ. ކުރިން އެހެން އުޅެފަ އިސްލާހުވެފަ ހުރި މީހަކު ނެތެކޭ ނުބުނަން. އެކަމު އަޒްލީން ތިކިޔާ އެއްޗަކާ ހަގީގަތާ ވަރަށް ތަފާތު އިނގޭތޯ! މިފެންނަނީ ތިކިޔާ 'ޒުވާނުން' ހަރުދަނާވެ އަމިއްލަ ފައިމައްޗަށް ތެދުވެގެންގޮސް އަނެކާ ކަރަށް ވަޅި ޖަހާތަން!