ޚަބަރު / ނައިބު ރައީސް ފައިސަލް ނަސީމް

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހިލޭ ތައުލީމް ލިބޭ އިސްލާހު މަޖިލީހުން ބޭރުކޮށްފި

ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް: ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހިލޭ ތައުލީމް ލިބޭ އިސްލާހު މަޖިލީހުން ވަނީ ބޭރުކޮށްފައި.--- ފޮޓޯ: މަޖިލިސް

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސަރުކާރުގެ ހަރަދުގައި ތައުލީމާއި ތަމުރީން ލިބޭ ގޮތަށް، ގާނޫނު ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި އެވެ.

ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު ފައިސަލް ނަސީމް އިސްލާހު ހުށަހެޅުއްވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށެވެ. މަޖިލީހުން އެ އިސްލާހު ބޭރުކޮށްލީ ފުރަތަމަ ކިޔުން ވެސް ނުއިއްވަ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ދައުލަތުގެ މާލިއްޔަތުން ހަރަދު ކުރުމަށް ނުވަތަ މާލިއްޔަތުން އުނިކުރަން އެއްވެސް ކަހަލަ ބިލެއް ނުވަތަ އިސްލާހެއް ހުށަނޭޅޭނެ އެވެ.

މި އިސްލާހު ބަލައިނުގަތުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ފައިސަލް މިއަދު ވިދާޅުވީ އިސްލާހު ހުށަހެޅުއްވީ ކައުންސެލް ޖެނެރަލް ފާތުމަތު ފިލްޒާއާ ބައްދަލުކުރައްވައި، ބައެއް ބަދަލުތައް ގެންނެވުމަށް ފަހު ކަމަށެވެ. އެކަމަކު ފަހުން މި އިސްލާހު ބަލައިނުގެނެ ބޭރުކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކައުންސެލް ޖެނެރަލް ވިދާޅުވީ ވަކިވަރެއްގެ އާމްދަނީގެ ތެރެއިން ނުވަތަ މާލިއްޔާއަށް ބޮޑުނުވާ ކަހަލަ ބިލުތަކަކާއި އިސްލާހުތައް ބަލައިގަންނާނެއޭ. އެހެން ވިދާޅުވީމަ ހުށަހެޅުއްވީ،" ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން މަޖިލިސް ބައެއް މެމްބަރުން ވަނީ މާލިއްޔަތާ ގުޅުން ހުރި ބައެއް ބިލުތައް ހުށަހަޅައިފަ އެވެ. އެގޮތުން ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތްތަކުގެ ގާނޫނަށް އިސްލާހު ފާސްކުރުމާއި ފުލުހުންނާއި ސިފައިންގެ ގާނޫނަށް ގެންނަން އުޅުނު އިސްލާހު ފައިސަލް ފާހަގަކުރެއްވި އެވެ.

"ރައްޔިތުންގެ މަޖިލިސް މެމްބަރުން ތިބުމުގެ ބޭނުމެއް ކޮބާ؟ ރައްޔިތުންގެ ހައްގުގައި ވާހަކައެއް ނުދެއްކޭ. ރައްޔިތުންނަށް ފަސޭހަ އެއްވެސް އިސްލާހެއް ހުށަނޭޅޭ،" މަޖިލީހުގެ ބައެއް ނިންމުންތަކަށް ފާޑު ވިދާޅުވެ ފައިސަލް ވިދާޅުވި އެވެ.

އޭނާ ހުށަހެޅުއްވި އިސްލާހުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ތައުލީމާއި ތަމްރީނު ދިނުމަށް ގާއިމުކޮށްފައިވާ ތަންތަނުގެ ތެރެއިން، އެ ކުއްޖަކު ބޭނުންވާ ކޮންމެވެސް އެއް ތަނަކުން ސަރުކާރުގެ ހަރަދުގައި ތައުލީމާއި ތަމްރީނު ލިބޭނެ ގޮތެއް ހަމަޖައްސަން ވާނެ ކަމަށެވެ.

މި ގާނޫނަށް އިސްލާހީ ހުށަހެޅީ، ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ދިމާވެފައިވާ ނުކުޅެދުމެއްގެ ސަބަބުން ދިރިއުޅުމުގެ ބޭނުންތައް އަމިއްލައަށް ފުއްދުމުގެ ގާބިލުކަން ނެތް މީހުންނަށް، އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް ފައިސަލް ވިދާޅުވި އެވެ.

23 ކޮމެންޓް, 193 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 15%
icon angry icon angry 81%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފުލެޓް އަލީ

09 August 2016

ރައްޔަތުން ބޭނުންވި ގޮތް މިހާރު ފެންނަނީ. އަދިވެސް ބޭނުންވާނެ ހަމަ މިގޮތް 2018ގައި.ތިބޭ ބަލަން އަމިއްލަޔަށް މިނިވަންކަމުން އަޅުވެތިކަމަށް. މިލަވަ ކިޔަކިޔާފަ އަމިއްލަޔަށް އަޅުވެތިވީ. "މިނިވަންކަމުން އަޅުވެތިކަމަށް ދާނަންހޭ ނުދާނަމޭ"

The name is already taken The name is available. Register?

Faisal

08 August 2016

ހެހެހެ ސަރުކާރަށް ލިބޭ ބާތުތަކުގެ ނާޖާިޒަ ފައިދާ އާނސމު މެންބަރުންނަށް ނަގައިގެން ފައުންޑޭޝަންގެ ކަރުގައ މާފަތި އަޅޔވަނަ އުޅޭނެ ކަމެއް ނެތް.

The name is already taken The name is available. Register?

އަލީ

09 August 2016

ARCގެ ވާހަކަ ދޯ ތިދައްކަނީ.

The name is already taken The name is available. Register?

މެންޓަލިސްޓް

08 August 2016

މީހަކު އަރާ ރައްޔިތުންނަށް ކަމެއްކޮށްދިނަސް ކޮންމެ ކޮންމެ މީހަކަށް ނުވާނެ. އަނގަ ސަޅިކަން ކެނޑީ މިހާއރު އެނގިއްޖެ. އަލަތު ކައިވަންޏަށް ފުލެޓެއް ނުލިބުން، ބެޔަސް ނުބެޔަސް ދޭންބުނި ފައިސާ ނުލިބުން، ދަނޑުވެރިންނަށް ދޭން ބުނި ފައިސާއެއް ނުލިބުން، ރިސޯޓްމުވައްޒަފުންނަށް ދޭންބުނި ހިއްސާއެެއް ނުލިބުން، ޕްރީ ސްކޫލްކުދިންގެ ފޮތްލިސްޓް ހިލޭކުރަންބުނި ބުނުން އޮތީ... މިހުންގޮސް ލިޔެވިދާނެ.

The name is already taken The name is available. Register?

ފިޔާތޮށި ރީދޫ އަސުރުމާ

08 August 2016

މުޅިރަށުގަ ޕާކްހަދަންނަމަ ފާސްވީސް

The name is already taken The name is available. Register?

ސަދަސދ

08 August 2016

ކަލޯ މީ އަދި އެހެން ލެވެލް އެށް.

The name is already taken The name is available. Register?

މުހަންމަދު

08 August 2016

ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތްތަކުގެ ގާނޫނަށް އިސްލާހު ފާސްކުރުމާއި ފުލުހުންނާއި ސިފައިންގެ ގާނޫނަށް ގެންނަން އުޅުނު އިސްލާހު ހުށަހެޅުނީ، އެއީ، ހައްތަހައިވެސް ބޮޑުންނާއި، ބޮޑުން ރައްކާތެރިކޮށްދޭ ޢައުވާނުންނާއިގުޅޭ ކަންތައްކަމުގަވާތީ! ނިކަމެތި، ދެރަރައްޔިތުމީހާ އަބަދުވެސް ޖެހޭނީ، އަދި ބައިތިއްބަންވާނީ، ސަލާންޖަހާޙާލަތުގަ. ރައީސް ނަޝީދުކަމުނުގޮސް، ލާދީނީވެ ބޭރުކޮށްލިތަންފެނުނީ، ރައްޔިތުމީހައަށް ކޮންމެސްމިންވަރެއްގެކަމެއް، ބަދަލަކާއިލުޔެއް ގެނެސްދޭންއުޅުނީތީވެ! މިއީ ޙަޤީޤަތް. އެކަމަކު ތިފަދަ ޢިއްޒަތްތެރި މެންބަރުންތަކެއްތިބި މަޖިލީހަކުން ފެންނާނީ ތިޔަކަހަލަ ކަންތައް. ދެން އެންމެގާތްކަމަކީ، ފައިޞަލް ހުދުކާޅަކަށްވެ، ފުލުސްއޮފީހަށް ޙާޟިރުވާންއަންގައި ޗިޓެއްއައުންކަމުގައިބެލެވެއެވެ. ފައިޞަލްގެ ތިޔަ އަގުހުރިޢަމަލަށް ޝުކުރުވެރިވަމެވެ! ޝުކުރިއްޔާ!

The name is already taken The name is available. Register?

އެދުރުބެ

08 August 2016

މަޖިލިސް މެމްބަރެއްގެ ނުކުޅެދޭ ކުއްޖެއް އިން ނަމަ ފާސް ވިސް..

The name is already taken The name is available. Register?

މުހަންމަދު

08 August 2016

ޚައްޞަކޮށް ޕީޕީއެމްގެ ޔާމީނުގެފެކްޝަން މެންބަރެއްގެ ތިފަދަކުއްޖެއްހުރިނަމަ، ތިޔަބިލް ތަޅުމަށްދިއުމުގެމާކުރިންވެސް އޮންނާނީ ފާސްވެފަ.

The name is already taken The name is available. Register?

އިބްލީސް

07 August 2016

ނިކަން މި މީހުނ ކުރާނެ 2018 އަންނަން ވާއިރަށް. މީހުންގެ ލޮލުގައި އަނދުން އަޅުވަން.

The name is already taken The name is available. Register?

Fazeel

08 August 2016

އާން...ކީއްވީ؟ ސަރުކާރަށް ލިވޭ ބާރުތައް އަދާލަުގެ ފަރާތުން ތައްގަޑ ޖަހަން އިންނަ އެކަނިވެރި އަންހެނަކަށް ނޫނީ ފައުންޑޭޝަންތަކަށް ބެޖް ޖަހަން ދޫކޮށެއް ނުލެވޭނެ!

The name is already taken The name is available. Register?

ޛހަބސކ

07 August 2016

ޕިންކް ސަރުކާރުގެ ކޯޑިނޭޓަރ ކޮންމެވެސް އެއްޗެކޭ ވިދާޅުވާ ބައްލަވާ

The name is already taken The name is available. Register?

ބޮކުބާޑު

07 August 2016

ނިކަމެތި ފަގީރަކަށް އެހީދޭ އެއްވެސް ބިލެއް ފާހެއްނުވާނެ. މަޖްލިސް މެމްބަރުނަނާ ، އެމީހުންގެ އާއިލާތަކަށް އަދި ކިއެއްތަ ސަރުކާރުންނާއި ތިޔަ ނަޒާހަތް ތެރިކަން ގެއްލިފަވާ މަޖްލިސްއިން އެޕޮއިންޓް ކުރާ އެންމެނަށް ބޮޑު މުސާރައާއި އިނާޔަތްތައް ދޭންފާސް ކުރަން އެއްވެސް ލަދެއް ނުގަނެއެއްނު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454