ޚަބަރު / ރައީސް އަބްދުﷲ ޔާމީން

އައިސީޓީ ޕާކުތައް ހަދައި، ސަބްމެރިން ކޭބަލްއަކުން ގުޅާލުން: ރައީސްގެ ބޮޑު ވައުދެއް

ޕީޕީއެމް ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ރިޔާސީ ދެ ވަނަ ދައުރަކަށް ހޮވި ވަޑައިގެންފި ނަމަ، ރައީސް އަބްދުﷲ ޔާމީން ވަނީ، އިންފޮމޭޝަން، ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީ (އައިސީޓީ)ގެ ދާއިރާ އިން އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސީޓީ ޕާކުތަކެއް ގާއިމުކޮށް، ދައުލަތުގެ އަމިއްލަ ސަބްމެރިން ކޭބަލެއް އަޅައި، އިންޓަނެޓްގެ އަގު ހެޔޮ ކުރުން ހިމެނެ އެވެ.

އަދި އެ ދާއިރާ އިން، މި ސަރަހައްދުގައި ވެސް ނެތް ފަދަ ތަނަކަށް ހުޅުމާލެ ހެދުން އެއީ އެ މަނިކުފާނުގެ އަމާޒެކެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ހުޅުމާލޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވަނީ، އައިސީޓީގެ ދާއިރާ އިން އެ މަނިކުފާނު ކުރައްވާ އުއްމީދުތަކާއި ދެކިވަޑައިގަންނަވާ ތަސައްވުރު ހާމަ ކުރައްވައިފަ އެވެ. ރައީސް ވިދާޅުވީ، މިހާރު ހުރި ވަސީލަތްތަކުން، އިންޓަނެޓްގެ ހިދުމަތް ދިނުމަށް ކުންފުނިތަކުން ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށެވެ. އަދި އިންޓަނެޓް އަގު ބޮޑުވުމުގެ ނޭދެވޭ އަސަރު ކަސްޓަމަރުންނަށް ކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންވެ، ރައީސްގެ އުއްމީދަކީ ދިވެހި ދައުލަތުގެ އަމިއްލަ ސަބްމެރިން ކޭބަލެއް ގަނެ، އިންޓަނެޓްގެ އަގު 30 ޕަސެންޓަށް ކުޑަކުރުމެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމު ކުރާ އައިސީޓީ ޕާކުތަކުގެ ސަބަބުން ވެސް، އެ ދާއިރާ އަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް އެ މަނިކުފާނު ގަބޫލުފުޅު ކުރައްވަ އެވެ.

އެކި ރަށްރަށުގައި އަޅާ މި މަރުކަޒުތަކުގައި އައިސީޓީގެ ރޮނގުން ޒުވާނުން ތަމްރީނު ކުރާނެ އެވެ. ސޮފްޓްވެއާ އަދި ހާޑްވެއާ ނެޓްވޯކިން އާއި ޑާޓާ މެނޭޖްމެންޓް އެންޑް ސެކިއުރިޓީގެ އިތުރުން، އައިސީޓީ ބިޒްނަސް ޑިވެލޮޕްމެންޓް އެ ތަންތަނުގައި ކިޔަވައިދޭނެ އެވެ. މުސްތަގްބަލުގައި އެ ތަންތަން ވާނީ، ކޯޑަރުންނާއި އެކި އެޕްލިކޭޝަންތައް އުފައްދާ މީހުން ތަމްރީނު ކުރާ ތަންތަނަށެވެ.

ޓެކްނޮލޮޖީ އަށް ދަރިވަރުން ލޯހުޅުވައި، އެ ދާއިރާ އިން މަގު ދައްކައިދިނުމަށް ރައީސް ޔާމީން އެންމެ ފުރަތަމަ ނެންގެވި ފިޔަވަޅަކީ ދަރިވަރުންނަށް ޓެބްލެޓް ހޯދައިދިނުމެވެ. މިއީ "ޑިޖިޓަލް ރާއްޖެ" އަކަށް ބަދަލުކުރުމުގެ ފެށުމެވެ. މި ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ ހުރިހާ ސްކޫލަކަށް މިހާރު އަންނަނީ ޓެބްލެޓް ދޫކުރަމުންނެވެ.

އައިސީޓީގެ ދާއިރާއިން ރައީސް ޔާމީން ދެން ގެންގުޅުއްވާ އެންމެ ބޮޑު ތަސައްވުރަކީ މި ސަރަހައްދު ނުދެކޭ ފަދަ ޓެކްނޮލޮޖީގެ ހަބަކަށް ހުޅުމާލެ ހެދުމެވެ. މިކަމުގެ ފެށުމެއްގެ ގޮތުން، ކެލިކްސް ސާވިސް ކިޔާ ދުނިޔޭގެ ފެންވަރުގެ ކުންފުންޏަކާއެކު އެޗްޑީސީން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އަމާޒަކީ އޭޝިއާގެ ފުރަތަމަ 100 ޕަސެންޓް ގިގަބައިޓް ސިޓީއަކަށް ހުޅުމާލެ ހެދުމެވެ. ހުޅުމާލޭގައި ހައި ސްޕީޑް ފައިބާ އިންޓަނެޓް ގާއިމް ކުރުމަށް ވި މި އެއްބަސްވުމުގެ ދަށުން، އެ އަވަށުގެ ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލު ކުރެ އެވެ.

ސަރުކާރުން ދެކޭ ގޮތުގައި، ރާއްޖޭގެ ގިނަ ޒުވާނުން އައިސީޓީ އަށް ޝައުގުވެރިކަން ހުރެ އެވެ. އެ ދާއިރާ އިން ކުރި އަށް ދާން ބޭނުމެވެ. އެހެންވެ، އެ މީހުންނަށް އެކަށީގެންވާ ވަސީލަތްތައް ފޯރުކޮށްދެވިއްޖެ ނަމަ، އެ ދާއިރާ އިން ދުނިޔޭގެ ފެންވަރުގެ ބަޔަކަށް ވެވިދާނެ ކަމަށް ސަރުކާރުން ގަބޫލު ކުރެ އެވެ.

އައިސީޓީ ތަރައްގީ ކުރުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރުން ލިބޭނެ އަނެއް ފައިދާއަކީ ޒުވާނުންނަށް ވަޒީފާ ލިބި، އާމްދަނީ ލިބޭނެ މަގެއް ފަހިވެގެން ދިޔުމެވެ. އެ މީހުންގެ މަސައްކަތްތައް ބޭރު ދުނިޔެ އަށް ފުޅާވެ، އެއީ ބޭރު ފައިސާ ރާއްޖެ އަށް އެތެރެވުމުގެ މަގެއް ކަމުގައި ވެސް ސަރުކާރުން ދެކެ އެވެ.

އައިސީޓީގެ ދާއިރާ އިން ރައީސް ޔާމީން ދެކެވަޑައިގަންނަވާ ތަސައްވުރު ބޮޑެވެ. އަދި އެކަން ކާމިޔާބު ވެއްޖެ ނަމަ އޭގެ ބޭނުން، ސަރުކާރުގެ ހުރިހާ ދާއިރާއަކުން ވެސް ހިފޭނެ އެވެ.

15 ކޮމެންޓް, 77 ރިއެކްޝަންސް

icon happy icon happy 91%
icon sad icon sad 1%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕީޕީއެމް

18 September 2018

2013ގެ މެނިފެސްޓޯގަވެސް ތިވައުދު އެބައޮތް. މިހާރު ނޫހުން އެކަން ބަލައި ދީބަލަ. އެވައުދަށް ވީ ގޮތެއް

The name is already taken The name is available. Register?

ޢަބްދުﷲނާފިޒް

18 September 2018

ރ ޔާމީނޫ، 2013ގަ ވެވަޑައިގެއް ވަޢުދުތައް ފުރިހަމަ ކުރައްވާފަ އިތުރު ވަޢުދުތަކެއް ވެވަޑައިގަތުމަށް އިލްތިމާސް ކުރަން، ރައީސްއަށް ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާނެ 2013ގަ ވަޢުދުވެފަ ނުފުއްދި އެތައް ކަމެއް އެބަހުރިކަން، ވީއިރު އެފަދަ އެތައް ކަމެއް ހުއްޓާ އަނެއްކާ އިތުރަށް ކޮންހާ ވަޢުދެއް ވާކަށްތޯ؟

The name is already taken The name is available. Register?

7777

17 September 2018

އިންޝާ ﷲ ރައްޔިތުންރައީސް ޔާމީންގެ ވެރިކަން ދަމަހައްޓާނެ. މުޒާހަރާ ރާއްޖެއަށް މިގައުމު 2 ވަނަ ފަހަރަށް ހަދަން 2 ވަނަ ފުރުސަތެއް ކޯލިޝަނަށް ދެވޭކަށް ނެތް

The name is already taken The name is available. Register?

ކޮކްޓެއިލްރައީސް

18 September 2018

ތިޖޫރި ފޫދުއްވާލަން އިތުރު ފުރުސަތެއް ދެވޭކަށް ނެތް، ރައްޔިތުންގެ ބޭތުލްމާލުވަނީ ދޮވެލާފަ.

The name is already taken The name is available. Register?

888

17 September 2018

ތިއީ ދޮގެއް. މޑޕ ގެ ޝަރުތަކީ ބިރެއްނެތި ދޮގުހަދާލުން

The name is already taken The name is available. Register?

ކަރަންވީރް ޑޮގްރާ

17 September 2018

ރައީސް ޔާމީން އަޅުގަނޑު ތިޔަބޭފުޅާޔަށް ފަށްފަށުން ޝުކުރުވެރިވަން

The name is already taken The name is available. Register?

ލ.އަތޮޅޫ

17 September 2018

އައި.ސީ.ޓީ ތަރައްގީ ކުރައްޔާމު މިހާރު ހުއްނާނީ ކޮއްފަ. ގައިމު މިދިޔަ އަހަރު ބުނި މި ދާއިރާއަކީ ތަރައްގީ ވެފައިވާ އަދި ހާއްސަ، އާމްދަނީ ބޮޑުދާއިރާއަކަށް ހަދާނަމޭ. ސަރުކާރުގެ ހުރިހާ އައި.ސީ.ޓީ ޖޮބްތަށް އެން.ސީ.އައިޓީ ދަށައް ބަދަލްކޮށް މުސާރަ ބޮޑުކުރާނަމޭ..މި ބޭފުޅާއަކަށް ހަމަ ވީކަމެއްނަމަ ހަރާން....

The name is already taken The name is available. Register?

ޙުސެން

17 September 2018

ތެދު ވާހަކައެއް ..

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

17 September 2018

މަނިކުފާނެވެ. ކޮންމެހެން ދާއިރާއެއް ތަރައްޤީ ކުރާނެ ކަމެއް ނެތެވެ. މިކަން ރައްޔިތުން ނިންމާނެ ކަމާއި މަދަކު މަމެން ޝައްކެތް ނުކުރަމެވެ..

The name is already taken The name is available. Register?

އަލިބޭބެ

17 September 2018

ކޮބާތޯ މެކްސްކޮމް މެދުވެރިކޮށްސަރުކާރުގެ އިދާރާތަކަށް ގަން ލައިސަންސްތައް؟ ކީއްވެތޯ ނސއޓ ލައްވަ އެކަން ނުކުރުވީ؟ ކޮބާތޯ އަހަރަކު ކިތައް މިލިޔަން ދޮލަރު މެކްސްކޮމް އަށް ސަރުކާރުން ދައްކާތޯ ހިދުމަތުގެ އަގަށް؟ ހުސްކޮރަޕްޝަން..! ކަލޯ ހުސްކޮރަޕްޝަން...! ކާކުތޯ ހަލާލުތޯ ބަލާނީ ބިޑުކުރުމެއްނެތި މިލިއަން ޑޮލަރުގެ ޕްރެޖެކްޓް ހަވާލުކުރީމަ..؟ އަޅެ ނޫސްވެރިން ވެއްޖެއްނު މިކަން ބަލަން.

The name is already taken The name is available. Register?

މޫންމޭން

17 September 2018

އެންސީއައިޓީ އުވާލަން ފެންނަނީ! ބޭކާރު ތަނެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454