ޚަބަރު / މެމްބަރު އަބްދުﷲ ރިޔާޒް (ތިމަރަފުށި)

ރިޔާޒް ބަންދުން މިނިވަން ކުރުމުގެ އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅައިފި

ރިޔާޒް: އޭނާ ބަންދުން ދޫކުރުމުގެ އަމުރަކަށް އެދި އޭނާގެ ވަކީލުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި --- މިހާރު ފޮޓޯ/ހުސެއިން ވަހީދު

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ބަންދުން މިނިވަން ކުރުމުގެ އަމުރަކަށް އެދި ރިޔާޒްގެ ވަކީލުން ހެބިއަސް ކޯޕަސްގެ މައްސަލައެއް ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

ކުރިން ޕޮލިސް ކޮމިޝަނަރު ކަން ވެސް ކުރެއްވި ރިޔާޒްގެ މައްޗަށް ހައި ކޯޓުން އިއްވި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ވަނީ ނިމިފަ އެވެ. އެކަމަކު އެ ހުކުމް އައުމުގެ ކުރިން، މިދިޔަ މާޗް މަހުން ފެށިގެން ރިޔާޒް ހުންނެވީ އެހެން މައްސަލައަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ރިޔާޒްގެ ވަކީލުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ރިޔާޒްގެ މައްޗަށް ހައި ކޯޓުން ކުރި ހުކުމް މިދިޔަ ހަފުތާގައި ތަންފީޒުކޮށް ނިމިފައިވާތީ ރިޔާޒް މިހާރު ބަންދުގައި ބަހައްޓާފައި ހުރީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެހެންވެ ރިޔާޒް ބަންދުން ދޫކުރުމަށް ހެބިއަސް ކޯޕަސްގެ އަމުރެއް ނެރެދިނުމަށް ރިޔާޒްގެ ވަކީލުންގެ ޓީމުން މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"އަޅުގަނޑުމެން އުއްމީދު ކުރަމުން މި ދަނީ އިންތިޚާބުގެ ކުރިން ރިޔާޒު މިނިވަން ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރައްވާނެ ކަމަށް." އެ ބަޔާނުގައިވެ އެވެ.

ހެބިއަސް ކޯޕަސްއަކީ މީހަކު ބަންދު ކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އޭނާ ބަންދުން ދޫކުރުމުގެ އަމުރަކަށް އެދި އެ މީހާ ނުވަތަ އޭނާގެ ބަދަލުގައި އެހެން މީހަކު ކޯޓަށް ހުށަހަޅާ މައްސަލަތަކެވެ.

ރިޔާޒް މިނިވަން ކުރުމުގެ އަމުރަކަށް އެދި ރިޔާޒްގެ ވަކީލުން ކްރިމިނަލް ކޯޓުގައި އެދުނުއިރު އޭނާގެ މައްޗަށް ދައުވާކުރާ އިތުރު ތިން މައްސަލައެއް ކްރިމިނަލް ކޯޓުގައި މިހާރު ވެސް އެބައޮތެވެ. އެގޮތުން ޓެރަރިޒަމްގެ ދައުވާ އަކާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ އާއި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާއެއް ރިޔާޒްގެ މައްޗަށް ކުރެ އެވެ.

16 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 15%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީ ނަސީމް

20 September 2018

އަދި ދެތިން އަހަރު ޖަލުގަ ބަހައްޓަލާ! މީހުން ކިޔާއެއްޗެއް އަޑު އިވޭކަމައް ނަހަދާ! ކޮންމެވެސް ރަށެއްގެ ބުދުވާހަކަ ދެއްކީމަ، މީހުން ކެކޭނެ، އަދި މި ވާހަކަ މަތިން ހަނދާން ނެތޭނެ!!

The name is already taken The name is available. Register?

އައިލަމް

20 September 2018

ރިޔާޒުއެވެ. ޙައްޤު ޤާއިމުވާން ދެން މާގިނަ ދުވަހެއްނެތެވެ. ކެތްކޮށްލާށެވެ. ﷲ ވޮޑިގެންވަނީ ކެތްތެރިންނާއި އެކުގައެވެ.

The name is already taken The name is available. Register?

ޯމުނާޒް

19 September 2018

ރިޔާޟް ސަރ އައް ތިޔަހެން ހެދީމާ ތިޔަ ގެއްލެނީ އެތައް ފުލުހެއްގެ ވޯޓު، ވިސްނާލާތި، އަހަރުމެން ލަައްވާ ތިޔަ ކުރުވާ ކަންކަން

The name is already taken The name is available. Register?

ޢާސީ

19 September 2018

ޓތީވާ ބޮޑާމީހެއް ތިކަމަށް މަވެސް ތަައީދު

The name is already taken The name is available. Register?

ފަތުހުއްﷲ

19 September 2018

ނިކަންވިސްނާލަބަލަ، މިގައުމުގައި އިންސާފު އޮްތްވަރު، ހުކުން ތަންފީޒު ކޮއް ނިމުމުން، ކުރީގައި އަމަލު ދުވަހަކު ކޮއްފައި ނެއްގޮތަކަށް އެޔޮްގެން އަމަލު ކުރަނީ، ކަރެކްޝަންގެ ވެރިންނނާއި ހޯމް މިނިސްޓަރު އަޒުލީނު މިގައުމުގައި ހުރީއްޔާ ހުރި ލީޑަރަކަށއް ތިޔަ ޖައްސާ ހާލްއް ރައްދު ދިނުން 23 ވާ އާދީއްތަ ދުވަހު ވޯޓުން ދައްކާލަން.

The name is already taken The name is available. Register?

ޢަނީސް278

19 September 2018

ގާޒީންނޭ ހެޔޮކޮއް ހުކުމް ނެރުެއވާ، އަބްދުﷲ އަކީ މިހަރު މިނިވަނެއް، ކުރިން ޔާމީނައް ވޯޓު ދީނަސް ދެނެއް ނުދޭނަން. ޜިޔާޒައް އެކަނި ހަދާ ގޮތުންވެސް އިނގޭ ވަފާތެރި ނުވާނޭކަން

The name is already taken The name is available. Register?

ޢަލިބެެެ22

19 September 2018

ޜިޔާޒައް އިންސާފް ލިބެންޖެހޭ، ޖަލުގައި އޮވެވެސް ޔާމީނު ބަލި ކުރާތީ އުފާވޭ، އިދިކޮޅު އެކައްޖަކައް ހެދުމައް ގުނަ މަސައއކަތް ކުރިކަން ފާހަގަ ކުރަން

The name is already taken The name is available. Register?

އާދަންބެ

19 September 2018

ޔާމީނު ރިޔާޒު ދެކެ ބިރުގަންނަނީ ކޮންކަމަކާ ކަމެއްނޭގޭ، ހުކުމް ތަންފީޒު ކުރުމަށްފަހުވެސް ޖަލުގައި ބަހައްޓަން ޖެހޭތޯ؟ ކުރި ކުށައް އަދަބުދީ ނިމުމުން މިނިވަން ކުރޭ. އަދުލަކީ ހާދަހާ ވަރުގަދަ އެއްޗެކޭ. 23 ގައި އިނގޭނެ. އަދުލު އަރާ ހަމަ ކުރާނޭ ޔާމީނޫ

The name is already taken The name is available. Register?

ސާޒްލީ

19 September 2018

ކޮންމެ ގޮތެއްވިޔަސް ރިޔާޒް ސާރ އަކީ ފުލުހުންގެ ތަސައްވަރެއް ގެންގުޅުއްވާ، ފުލުހުންނަށް އެތަށް ކުރިއެރުމެއް މަދު ދުވަސްކޮޅެއްގައި ހޯއްދަވައި ދެއްވި ހަރުދަނާ ލީޑަރެއް. މިއަދު މިތިބަ ހާލު ތަސައްވަރު ކުރެވިފައި ދރަވޭ

The name is already taken The name is available. Register?

ފޮނިބޮޑަ

19 September 2018

މީނައަކީ ބޮޑާކަމާ ކިބުރުވެރިކަން އިންތިހާގެ މީހެކެވެ

The name is already taken The name is available. Register?

ވިދާދު 87

19 September 2018

ކޮން ބޮޑާކެއްމެއް ކަލެއައްދެއްކީ، ރިޔާޒަކީ ޤައުމީ ބަތަލެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454