ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް ތައްޔާރު ވަނީ-- ފޮޓޯ: ހުސައިން އަލީ
21 ސެޕްޓެމްބަރ 2018 - 13:39
ހދ. ކުޅުދުއްފުށީގައި ހަދަމުން އަންނަ ޑޮމެސްޓިކް އެއާޕޯޓް ހުޅުއްވައިދެއްވުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު މިރަށަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް ޔާމީން މިރަށަށް ވަޑައިގަންނަވާނީ މިއަދު ހަވީރު، މަތިންދާބޯޓުގަ އެވެ. އަދި މިއަދު އިރުއޮއްސުމުގެ ކުރިން ރައީސް އެނބުރި މާލެ ވަޑައިގަންނަވާނެ އެވެ.
ހަމައެކަނި ރަންވޭ ނިމިފައިވާ އެއާޕޯޓުގައި މިދިޔަ ބުދަ ދުވަހު ވަނީ ޓެސްޓް ފްލައިޓް ޖައްސައިފަ އެވެ.
އަދި އެއްވެސް އިމާރާތެއް ހަދާފައި ނެތް އެއާޕޯޓް ސަރަހައްދުގައި ރައީސް ޔާމީން ރައްޔިތުންނާ ބައްދަލުކުރައްވައި ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އެ ޖަލްސާގައި މިރަށާއި ކައިރި ރަށްތަކުން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާނެ ކަމަށް އިންތިޒާމް ހަމަޖައްސާ ފަރާތްތަކުން ބުނެ އެވެ.
kulhudhuffushi airport ah test flight jassaifi
The most trusted news source in the Maldives
Mihaaru
ޓެސްޓް ފްލައިޓް ޖެއްސުން--
އެމްޑަބްލިޔުއެސްސީން މިރަށުގައި ހަދާފައިވާ، ފެން އުފައްދާ ފެކްޓްރީވެސް ރައީސް މިއަދު ހުޅުއްވައި ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މިރަށު އެއާޕޯޓު މަޝްރޫއަކީ ރައީސް ޔާމީން 2013 ގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދެކެވެ. ނަމަވެސް ތަފާތު ސަބަބުތަކާހުރެ އެ ޕްރޮޖެކްޓް ފެށުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ.
މި އެއާޕޯޓުގައި ހެދި ރަންވޭގެ ދިގުމިނުގައި 1،200 މީޓަރު އަދި ފުޅާ މިނުގައި 30 މީޓަރު ހުރެ އެވެ. އަދި ރަންވޭއަކާއި އޭޕްރަންގެ އިތުރުން ޓެކްސީ ވޭ ހަދާނެ އެވެ. ރަންވޭގައި ތާރު އަޅައި ނިމުނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެއާޕޯޓް ޓަވަރާއި ޓާމިނަލްގެ އަމަލީ މަސައްކަތް އަދި ނުފަށަ އެވެ.
ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް ތައްޔާރު ވަނީ-- ފޮޓޯ: ހުސައިން އަލީ
އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނުނިމުނު ކަމުގައި ވިޔަސް، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ މި ރަށަށް ޗާޓަރު ފްލައިޓުގެ ދަތުރުތައް މިހާރު ކުރެވޭނެ ކަމަށެވެ. އަދި ވަރަށް އަވަހަށް ޝެޑިއުލް ދަތުރުތައް ވެސް ފަށާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޖީތު
24 September 2018
ތިއީ އެއަރޕޯޓެއް ނޫން. ތިޔަ ހުޅުވެނީ ރަންވޭއެއް. ކޮބާ ދެން އަޅެ ބޭނުމަކީ؟
ަސދފ
21 September 2018
މިއަދު އެކަނިތޯ ނުހެދޭ އެއަޕޯޓް ހުރި ކަން ހަނދާންވީ؟
އަދަދުހަމަނުވިދޯ
21 September 2018
އިއްޔެއާއި މިއަދު ސަރުކާރުން ހާދަ ގިނަކަންތައްތަކެކޭ މިކުރައްވަނީ ރައްޔިތުންނަށްޓަކާ.
ސަހަނރޯ ސަޅި
21 September 2018
ޔާމީނު ނޫން މީހަކަށް ތިކަހަލަ އެއާރޕޯރޓެއް ނުހުލުވެނެ އެވެ. ތިހާ ލަދު ހަޔާތް ކުޑަކޮށް ކަންތައް ކުރަން އެހެން މީހަކަށް ނުކުރާނެއެވެ.
މަރޭމިތުރާ
21 September 2018
މިގައުމުގެ ދިދަ އެވިހުރެނީ އުފަލުން އިބޫދުށުމަށް! މިގައުމުގެ ޖުމްހޫރީ ތަހުތުގައި އިބޫ ބޭންދުމަށް!
ނޯޕޯޓް
21 September 2018
ތިޔަށް ކިޔާއުލެނީ އެއަރ ސްޓްރި ޕް
ސައި
21 September 2018
އަހަރެން މިހުރީފުނަދޫ އެއަރޕޯޓަށް ޓެސްޓު ފުލައިޓު ޖެއްސީމަ ފުލައިޓުން ނޫނީވޯޓުލާން ނުދާންވެގެން ވޯޓުލާން ދާނީމަތިން
ފިތުރޯނު
21 September 2018
ބުނާތީ އަޑުއެހީން ތިތަނަށް ދެވެނީ ހަމައެކަނި ޗާޓަރ ފްލައިޓް ތަކަށޯ، މީހަކު މާލެދާން ވެއްޖިއްޔާ އެމީހަކު ޖެހޭނީ ފްލައިޓެއް ޗާޓަރ ކުރާށޯ، އެއީ ތެދުވާހަކައެއްތޯ؟
ކުލުނުޖަން
21 September 2018
ގައުމެއްގެ ރައީސް ވަޑައިގެން ތަނެއްގައޮތް ރަންވޭއެއް އެކަނި އެއާޕޯރޓޭ ކިޔާފަ ހުޅުވާތަ ހަމަ އަޖައިބުވެދާނެ
ޙާރިސް
21 September 2018
ތަނެއްގަ އޮތިއްޔޭ، އެއީ ބިންފަޅާފައި އެރި އެއްޗެއްތަ؟
މާކުން
21 September 2018
ޔާމީނޫ.... ތިޔަ ހުޅުވީ ދޫނި އެއަރޕޯރޓެއްތޯއެވެ. ދެން ފިނދަނުގެ ގެއެއްވެސް އަޅުއްވާލައްވާށެވެ.