އިންތިޚާބުގައި މީހަކު މިއަދު ވޯޓުލަނީ: އިންތިޚާބުގެ މައުލޫމާތުތައް ބޭރުގެ މީޑިއާތަކުން ވެސް ދަނީ ގެނެސްދެމުން --- މިހާރު ފޮޓޯ/ ނިޝާތު
23 ސެޕްޓެމްބަރ 2018 - 11:25
ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ކުރިއަށް ގެންދާއިރު ބޭރުގެ ބޮޑެތި މީޑިއާތަކުން ރާއްޖޭގެ އިންތިޚާބުގެ ކަވަރޭޖް ގެނެސްދެމުން އެބަގެންދެ އެވެ.
މިއަދު ހެނދުނުން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގަ އާއި އަވަށްޓެރި ބައެއް ގައުމުތަކުގައި ވޯޓުލުން ކުރިއަށް ގެންދާއިރު، ދުނިޔޭގެ އެންމެ މަޝްހޫރު މީޑިއާތައް ކަމަށްވާ ބީބީސީ އާއި އަލްޖަޒީރާ އާއި ރޮއިޓާސްގެ އިތުރުން އެމެރިކާގެ ފޮކްސް ނިއުސްގެ އިތުރުން އިންޑިއާގެ އެންމެ މަޝްހޫރު އެއް މީޑިއާ ކަމަށްވާ ޓައިމްސް އޮފް އިންޑިއާ އިން ވެސް ގެންދަނީ ރާއްޖޭގެ އިންތިޚާބާ ބެހޭ މައުލޫމާތުތައް ގެނެސްދެމުންނެވެ.
އިންތިޚާބުގެ ކުރިން ހިނގި ކަންތައްތަކާއި އިންތިޚާބާ މެދު ކުރިމަތިވާ ފާޑު ކިޔުންތަކުގެ އިތުރުން ޚާރިޖީ ސިޔާސަތާއި އިންތިޚާބާ އެކަމާ ގުޅުންހުރި މިންވަރުގެ މައްޗަށް އެ މީޑިއާތަކުން ވަނީ މައުލޫމާތުތައް ގެނެސްދީފަ އެވެ.
އިންތިޚާބު ކަވަރު ކުރުމަށް ބޭރުގެ 14 މީޑިއާއެއްގެ 26 މީހަކަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނެވެ. އޭގެ ތެރޭގައި ނިއުޔޯކް ޓައިމްސް އާއި އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އާއި އޭޖެންސް ފްރާންސް ޕްރެސް (އޭއެފްޕީ) ފަދަ ބޮޑެތި މީޑިއާތައް ވެސް ހިމެނެ އެވެ. މީގެ އިތުރުން ބޭރުގެ ބައެއް ޖަމްއިއްޔާތަކުގެ އޮބްޒާވަރުން ވެސް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނެވެ.
އެކަމަކު އޭގެ ތެރެއިން ބައެއް މީހުންނަށް ވިސާ ލިބުމުގެ މައްސަލަތައް ކުރިމަތިވިކަމުގެ ޝަކުވާ ކުރިމަތިވި އެވެ. އެކަމާ ގުޅިގެން އިމިގްރޭޝަނުން ބުނެފައިވަނީ ބައެއް ފަރާތްތަކަށް ވިސާ ނުލިބެނީ އެ މީހުންގެ ސްޕޮންސަރުން އިމިގްރޭޝަނަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން ކަމަށެވެ.
މިފަހަރުގެ އިންތިޚާބުގައި 262،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައްޚަ
24 September 2018
ވޯޓް ސައްޚަވެއްޖެ
މިލިޔުން ކިޔާލުމުން
23 September 2018
ތިފޮޓޯ އިންވެސް އެނގޭ އެކަން
ނުޖެހޭނެއޭ
23 September 2018
ކޮންމެހެން ޖެހޭތޭ ބޭރުގެ މީޑިއާ ތަކުން ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ކަވރޭޖް ގެނެސް ދޭން. ޏުޖެހޭނެއޭ...
ޢަބްދުﷲނާފިޒް
24 September 2018
"ކޮންމެހެން ޖެހޭތޭ ބޭރުގެ މީޑިއާ ތަކުން ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ކަވރޭޖް ގެނެސް ދޭން". އެކަމެއް ނޭގޭތަ ދޮހޮއްކޯ.
ކަލޯގެއާ
23 September 2018
ތި ހުރިހާ މީޑިއާއަކުންވެސް އައިސްތިބޭނީ ހުސް އިންޑިއާ މީހުން! ޓްރަމްޕް ބުނާހެން ތިމާޤަބޫލްކުރާ ޚަބަރުތައް ފިޔަވާ އެހެން ހުރިހާ ޚަބަރަކީ "ފޭކް ނިއުސް".
ނަން
23 September 2018
ޓްރަމްޕް އެމެރިކާ ހަލާކު ކުރަން އުޅެނިކޮށް ނަސީބަކުން މި ނޮވެމްބަރ ގަ އޭނަގެ ކިބައިން އެގައުމު ސަލާމަތް ވާނެ. މިހާރު ކުޑަކޮށް މައިތިރިވެސް ވެއްޖެ.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
23 September 2018
ބަޔަކު ކޮންމެ ވާހަކައެއްދައްކާ “އެކަހެރިވެގަންނާން އުޅުނު ކަމުގައިވިޔަސް” އަހަރުމެންނަކީވެސް ގުޅިލާމެހިފައިވާ ދައުލަތް ތަކުގެ ތެރޭގައިއޮތް ކުޑަކުޑަ މީސްކޮޅުމަދު އެހެންނަމަވެސް ޑިމޮކްރަސީއަށް ފަރިތަ އާބާދީއެއްއޮތް ޤައުމެއް. . . . ދުނިޔެމަރީގެ ސުވަރުގޭގެ ގޮތުގައި ފަތުރުވެރިކަމުގައި ރަސްކަން ކުރަމުން އަންނަ މި ދައުލަތުގެ ކަންކަން ރައްޔިތުން ނިންމާގޮތް ބަލާން ދުނިޔޭގެ މީޑިޔާ ސަމާލުވާނެ. އެކަން އަހަރުމެންނަށް އިގޭ.