މުއިއްޒު، ޕީޕީއެމަށް ސޮއި ކުރައްވައި އެ ޕާޓީގެ ދެ ނައިބު ރައީސުންނާ ފޯމު ހަވާލު ކުރައްވަނީ.
25 ސެޕްޓެމްބަރ 2018 - 12:40
ރައީސް އަބްދުﷲ ޔާމީނާ އެކު ސިޔާސީ މަސައްކަތުގައި ދެމިހުންނަވަން ނިންމަވައި، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު، އެމްޑީއޭ ދޫކުރައްވައި ޕީޕީއެމާ ރޭ ގުޅިވަޑައިގެންފި އެވެ.
ރައީސް ޔާމީންގެ މި ވެރިކަމުގައި ހިންގެވި ތަރައްގީގެ ގިނަ މަޝްރޫއުތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަތް މުއިއްޒު ޕީޕީއެމާ ގުޅިވަޑައިގަތީ، މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފައި ވަނިކޮށެވެ. މި ނާކާމިޔާބީއާ އެކު، ދެން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާން ޕީޕީއެމްގެ ކައުންސިލުން އިއްޔެ ވަނީ ނިންމައިފަ އެވެ.
ޕީޕީއެމްގެ މިސްރާބު ކަނޑައެޅުމަށް ވަރަށް އަވަހަށް ކޮންގްރެސްއެއް ބާއްވާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މި ކޮންގްރެސްގައި ޕާޓީގެ މަގާމްތަކަށް ބޭފުޅުން އައްޔަންކުރާނެ ކަމަށް ބެލެވެ އެވެ.
ރައީސް ޔާމީން، 2013ގެ އިންތިޚާބު ކާމިޔާބު ކުރެއްވީ، އެމްޑީއޭ ވެސް ހިމެނޭ ގޮތަށް އެކުލަވައިލި ކޯލިޝަނަކުންނެވެ. މި ސަރުކާރުގެ ހައުސިން މިނިސްޓަރަކަށް މުއިއްޒު ވަޑައިގަތީ އެމްޑީއޭގެ ސްލޮޓެއްގަ އެވެ.
ރައީސް ޔާމީނާ އެކު މުއިއްޒު: މި ސަރުކާރުގައި ހިންގި ގިނަ މަޝްރޫއުތަކެއްގައި އިސްކޮށް މުއިއްޒު ހަރަކާތްތެރިވެވަޑައިގަތް.
އެ އިންތިޚާބަށް ފަހު ޕީޕީއެމާއި އެމްޑީއޭ އިން އެކުލަވާލި އެއްބަސްވުމުގެ އެންމެ މުހިއްމު އެއް ކަމަކީ، އިންތިޚާބުތައް ކާމިޔާބު ކުރަން އެކުގައި މަސައްކަތް ކުރުމެވެ. އެކަމަކު މި އިންތިޚާބު ކުރިމަތިވިއިރު، އެމްޑީއޭ އާއި ޕީޕީއެމާ ދެމެދު މައްސަލަތަކެއް ވަނީ އުފެދިފަ އެވެ. މުއިއްޒު ފިޔަވައި އެމްޑީއޭގެ އެހެން އެއްވެސް ބޭފުޅަކު ރައީސް ޔާމީންގެ ކެމްޕޭންގައި އަމަލީ ގޮތުން ބައިވެރިވެވަޑައެއް ނުގަނެ އެވެ.
ރައީސް ޔާމީނާ އެކު ކެމްޕޭން ދަތުރުތަކުގައި ރަށްތަކަށް ވަޑައިގެން، އެމަނިކުފާނަށް މި އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް ވެސް މުއިއްޒަކީ އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅާ އެވެ.
އެއިން އެއްވެސް ދަތުރެއްގައި އެމްޑީއޭގެ ދައުރެއް ނެތެވެ. އެންމެ ކުޑަމިނުން، ދެ ވަނަ ދައުރަކަށް ރައީސް ޔާމީނަށް ތާއީދު ކުރައްވަމޭ ވެސް އެމްޑީއޭގެ ލީޑަރު އަދި ރައިސް ޔާމީންގެ ގާތް އެކުވެރިޔާ އަހްމަދު ސިޔާމް ވެސް ވިދާޅުވެފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ފެނުނީ، އެމްޑީއޭގެ ހިންގުން ވެސް ޑެޕިއުޓީ ލީޑަރު އަލީ މައުރޫފްއާ ހަވާލުކުރައްވައި ސިޔާމް އެއްފަރާތްވެވަޑައިގެންނެވި ތަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަކީނާ
25 September 2018
މައުމޫނާ ނުލާ ތިކުދިން ޖެހޭނީ މަހަށްދާން.
ގޯނިބޭ ކުޑަޢަލީ
25 September 2018
ލަނޑަޔާ ވާނީ ހަމަ ލަނޑަޔާ ކުރެވުނު ކަންކަން ދިފާޢުކުރެވޭނީ އެކުގަ މަސައްކަތްކޮށްގެން އެކަމަކު ހަނދާން ނައްތާނުލަންވީ އެއްކަމެއް އެބައޮތް ތައްޔިތުންނަށް ހެދި ދޮގުތަކާ އޮލޫވާލި އޮޅުވާލުންތަކާ ރައްޔިޔުންނަށްވީ ޚިޔާނާތްތައް ހަނދާން ނައްތާނުލާތި ޢަނާނުނު އެބަ އާދޭ ވަރަށް ބާރަށް ކޮންމެ މީހަކާވެސް އަރާ ހަމަކުރާނެ
ފުލޭޓު
25 September 2018
ފުލެޓު ހައްޤުވާ މީހުން މުއިއްޒު ގޮވައިގެން ކޯޓަށް ދުރުވެ ހައްޤު ހޯދަން އަވަހަށް ނިކުންނަންވީ. ރަނގަޅު ފިލާވަޅެއް މިކަހަލަ މީހުންނަށް ދޭންވާނެ. ދެން އަންނަން އޮތް ޖީލުތަކަށް މިސާލަކަށް.
ކޮލެޖް ބޯއީ
25 September 2018
ދެން ޕީޕީއެމް މައުމޫނަށް ލިބުނީމަ މުއިއްޒު ޑިފޯލްޓުން ހުންނާނީ ޕީޕީއެމް މެންބަރަކަށް ވެފަ. ބޯބޮޑު ވަލު ދޮރާށިން ވަދެ މައުމޫނާއި ގުޅަން އެއުޅެނީ. ދެން އެދޮރުން ވަންނާނީ އަސްމާ. މަންމަގެ ލިބާހުގަ ހިފައިގެން މުންދު.
ހާދާލު
25 September 2018
ތިދެން މީހެއްތަ؟؟؟؟
އަސްތާ
25 September 2018
މިސަރުކާރުވެއްޓުމަކީ ރާއްޖޭގެ ތިމާވެއްޓަށް ލިބުނު ވަރައް ބޮޑު ކުރިއެރުމެއް، ދެން ހިތުހުރިގޮތަކަށް ރުއްގަސް ނުކަނާނެ ކަމަށް އުއްމީދުކުރަން.
އަހްމަދު
25 September 2018
ބަލަގަތިޔަބުނާ ޝިޔާމު ރައީސް ޔާމީނާ ފެއައްޖެހުނީ އަމިއްލައެދުންބޮޑުވެ އެ އެދުން ރައީސް ޔާމީން ފުއްދަނުދިނީމަނޫންތަ ބޯޑުވެގެންވާ ލޯނެއްނަގަން ސަރުކާރުން ގެރެންޓީންދޭން އެއްބަސްނުވެގެންނޫންތަ ކެންޕޭނާދިމާކޮށް ބޭނުންވީ ނާޖާއިޒްފައިދާނަގަން މިކަހަލަ އިހްލާސްތެރިން މިއުޅެނީ ކީއްކުރާނީ
ޙަމްދޫން
25 September 2018
ޖަލުގަ އިނދެގެން ޔާމީން ސިޔާސީ މަސައްކަތް ކުރާނެގޮތެއް މުއިއްޒު ބުނެބަލަ.
ބިސްކް
25 September 2018
އާ ޅިޑަރުން ތަށް އުފަށް ދަވާ. އުފައްދަން އުޅުނު ލީޑަރު މާކަރަޕްޓް.
ރާސްޓަސް ޕީޕީއެމް
25 September 2018
ޔާމިން. ތިމީހުން ތީ ފެއިލްވެފަ ތިބި ބައެއް. ދޫކޮށްލާ،