ޚަބަރު / މޭ ޑޭ

"ބައްޕަ ދުނިޔޭގައި ހުރި ނަމަ މިނިވަން ވާނެ ދޯ؟"

ޖަލުގައި މަރުވި އަބްދުﷲގެ އަންހެނުން ޝެހެނާޒާއި ހަގު ދަރިފުޅު ކޯޓު ސަރަހައްދުގައި-- ފޮޓޯ: ނިޝާން އަލީ /މިހާރު

ސިޔާސީ ކުށްވެރިން މިނިވަންކުރުމުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ރޭ ކުރިއަށް ދިޔަ އިރު އުފާފާޅުކުރަން އެއްވި މީހުންގެ ތެރޭގައި ހުރި ދެމަޔަކަށް ބައެއް މީހުންގެ ސަމާލުކަން ހުއްޓުނެވެ. ޖަލުގައި ފަަރުވާ ނުދެވި މަރުވެފައިވާ އަބްދުﷲ ރަޝީދުގެ އަންހެނުން ޝެހެނާޒް އަބްދުއްރަހީމާއި އެންމެ ހަގު އަންހެން ދަރިފުޅު ގޮސް ހުރީ، އެހެން މީހުން މިނިވަންކުރާތަން ދެކިލާށެވެ.

އަބްދުﷲ، ގ. ކީމާ، މިދިއަ އަހަރު މަރުވީ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް މޭ 1، 2015 ގައި އޮތް ބޮޑު މުޒާހަރާގައި ފުލުހަކަށް އަނިޔާކުރުމުން އިއްވި ފަސް އަހަރުގެ ހުކުމް ޖަލުގައި ތަންފީޒުކުރަމުން ދަނިކޮށް، ދިމާވި ސިއްހީ މައްސަލަތަކަށް ފަރުވާ ކުރުން ލަސްވެގެން ކަމަށް ބެލެވެ އެވެ.

ޝެހެނާޒް ބުނީ އޭނާ ރޭ ކްރިމިނަލް ކޯޓު ކައިރިއަށް ގޮސް ހުރީ އެހެން މީހުން މިނިވަންވާތީ އެތަން ބަލަން ކަމަށެވެ.

"މި ވެރިކަމުގައި އަޅުގަނޑަށް އަނިޔާތަކެއް ލިބުނު. ނަމަވެސް އަޅުގަނޑު ބޭނުންވީ އެހެން މީހުން މިނިވަންވެ އާއިލާތަކަށް ލިބޭ އުފަލުގައި ބައިވެރިވާން،" ހަ އަހަރުގެ އަންހެން ދަރިފުޅު އުރައިގެން ކޯޓު ސަރަހައްދުގައި ހުރި ޝެހެނާޒް ބުންޏެވެ.

Abdhullah ge fahu call: "Mi ulheny varah balive"

Abdhullah ge fahu call: "Mi ulheny varah balive"

The most trusted news source in the Maldives

Mihaaru

އަބްދުﷲ މަރުވުމުގެ ކުރިން ޝެހެނާޒަށް ކުރި ފޯން ކޯލް--

އެހެން މީހުންގެ އުފަލުގައި ބައިވެރިވާ އިރު އޭނާ އަދިވެސް އެދެމުން އަންނަނީ ފިރިމީހާއަށް އިންސާފު ލިބުމަށެވެ. އުމުރުން 23 އަހަރާއި ހަ އަހަރާ ދެމެދު ފަސް ކުދިން ތިބި ޝެހެޒާން ބުނި ގޮތުގައި ފިރިމީހާ ދުނިޔޭގައި ނެތުމުން ލިބޭ ހިތްދަތިކަން ބޮޑެވެ.

"ވަރަށް ހިތް ދަތިވި. ވަރަށް އަސަރުކުރި. ދަރިފުޅު އަޅުގަނޑު ކައިރި އެހި ބައްޕަ ދުނިޔޭގައި ހުރި ނަމަ ބައްޕަ ވެސް ދޫކޮށްލާނެ ދޯއޭ،" ރޮމުން ޝެހެނާޒް ބުންޏެވެ.

"އަޅުގަނޑުމެން ވަރަށް މިސްވި. ވަރަށް ވަރަށް އަސަރުކުރި."

ކޯޓު ސަރަހައްދުގައި ޝެހެޒާން ރޭ ދޮޅުގަޑިއިރު ހޭދަކުރި އެވެ.

ރިޔާސީ އިންތިހާބުން ރައީސް ޔާމީން ބަލިވުމަކީ އާއިލާއަށް ވަރަށް ހާއްސަ ދުވަހެއް ކަމަށް ޝެހެނާޒު ބުންޏެވެ. އޭނާ ސިފަކުރި ގޮތުން ނަމަ އެއީ "މިނިވަންވި" ދުވަހެވެ.

އަބްދުﷲ، 51، މަރުވީ އެތެރެހަށީގެ ބައްޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިިދިއަ އަހަރުގެ އޮކްޓޫބަރު 10 ގަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ޖަލުގައި ހާލު ދެރަވެ، އެތައް މައްސަލައެއް ދިމާވެ އެކަށީގެންވާ ފަރުވާ ނުދެވި ހަތަރު ދުވަސް ވީ ފަހުންނެވެ.

އާއިލާ އިން ތުހުމަތުކުރާ ގޮތުގައި އަބްދުﷲ މަރުވީ އެކަށީގެންވާ ފަރުވާ ނުދީ، ޖަލުގައި ބޭއްވުމުން ކަމަށެވެ.

ޖަލުގައި ހުއްޓާ ހާލުދެރަވެގެން މަރުވި އަބްދުﷲ

ޝެހެނާޒް ކުރިން ދިން އިންޓަވިއުއެއްގައި ބުނިގޮތުގައި އަބްދުﷲ ބަލިވެގެން ޖަލުގައި ބޭސްކުރި ކަމުގެ ލިއުންތައް އާއިލާ އަށް ލިބިފައިވެ އެވެ. އެ ލިއުންތަކަށް ބަލާއިރު ވެސް ފިރިމީހާގެ މަރުގައި ކަރެކްޝަނަލް ސާވިސްގެ އިހުމާލު ހިމެނޭ ކަމަށް ތުހުމަތުކުރެވޭނެ ޖާގަ އެބަ އޮތް ކަމަށް އޭނާ ބުންޏެވެ. "ލިއުންތަކުން އެބަ އެނގޭ ކިޑްނީ އާއި ފުއްޕާމޭ ފެއިލްވެފައިވާ ކަން. އެކަން އެހެން ވީ ބަލި ހާލަތު ބޮޑުވިއިރު ވެސް އެކަށީގެންވާ ފަރުވާ ނުދިނުމުން ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" ޝެހެނާޒް ބުންޏެވެ. އެ މަރުގައި އިހުމާލެއް ވޭތޯ ބަލަން އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ފުލުހުން ވެސް ތަހުގީގެއް ކުރި އެވެ. ނަމަވެސް އެއިން އެއްވެސް ތަހުގީގެއްގެ ރިޕޯޓް އާންމެއް ނުކުރެ އެވެ.

101 ކޮމެންޓް, 866 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 93%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

Juhaa

26 September 2018

ޔާމީނު އަނިޔާވެރިއޭ ކިޔާއިރު އެމް.ޑީ.ޕީގެ ވެރިކަމުގައި ޢަބްދުﷲ ޤާޒީއާއި ޔާމީނާއި ޤާސިމާއި ޖ ނާޒިމް ކޯޓް އަމުރެއް ނެތި ހައްޔަރުކޮށްގެން އެތައް ދުވަހެއް ވަންދެން ގެންގުޅުނީ އޯގާވެރިކަން ބޮޑުކަމުންދޯ؟ އެމީހުން ކޯޓަށް ހާޒިރުކޮށްދޭން ސުޕްރީމް ކޯޓުން އެންގީމާވެސް ހާޒިރުކޮށް ނުދިން. ޔާމީން މީހުން ހައްޔަރުކޮށްގެން ގެންގުޅުނީ އެމީހުން ކޯޓަށް ހާޒިރުކޮށް، ކޯޓުން ބަންދުގެ މުއްދަތު ޖަހައިދިނީމާ. އެކަމަކު ލަދެއް ނުގަނޭ ކިޔައިގެން ވާހަކަދައްކާކަށް.

The name is already taken The name is available. Register?

ޙަމްދަރްދީ

26 September 2018

"އިހަށްނުވި ރައްކަލެއް ފަހަކުންނުވާނޭ" ބުނެއުޅޭދޯ؟ އެމީހާގައިގާ ފުޓްބޯޅައެއްގަ ތަޅާލިހެން ތަޅާލިއިރު، އަނބިމީހާއާއި ތުއްތު ތުއްތު ދަރިފުޅުމަތިން ހަނދާންވިނަމަ ކިހާ ރަނގަޅު. ދަރިފުޅުގާތުބުނޭ، ދަރިފުޅު ދުނިޔޭގައިހުރިހާދުވަހަކު ޞާލިޙް ރަނގަޅު ކުއްޖަކަށްވެހުރެ ބައްޕައަށް ރަޙްމަތްލެއްވުންއެދި، ﷲ އަށް ދުޢާކުރާށޭ.

The name is already taken The name is available. Register?

ފައިރޫޒް

07 August 2019

ބަލަ ޕޮލިހުންނޭ ތެޅީ

The name is already taken The name is available. Register?

ޢަބްދު ﷲ ސަޢީދު

26 September 2018

އިންސާނީ ތަބީޢަތުގައި އެކިމީހުންނަށް ކުރެވޭ އިހުސާސްތައް ތަފާތުވާނެއެވެ. އަޅުގަނޑަކީ ދިމާވާ ހިތާމަތަކާއި އުފަލުގައިވެސް ލޮލުން ކަރުނަ ތިއްކެއްވެސް ފަސޭހަކަކާއި އެކު އަންނަމީހެއް ނޫނެވެ. ނަމަވެސް މިޚަބަރުގެ ގެ ސުރުޚީޔާއި ފޮޓޯއިން އެފެންނަ ކުއްޖާގެ އެމަޢުސޫމު އުފާވެރި ހިނިތުންވުމުން ވެނިފައި ގިސްލާ އެބައޮވެއެވެ. މާތް ﷲ ޢަބްދު ﷲ ސުވަރުގޭގެ ހެޔޮ ދަރުމަ މިންވަރު ކުރައްވާށި އަދި އޭނާގެ ޢާއިލާއަށް ހެޔޮގޮތް މިންވަރު ކުރައްވާށި . އާމީން!

The name is already taken The name is available. Register?

ދދދދދދދ

27 September 2018

ކަލޭވެސް ތީ އެބެއާ އެއްފަދަ މީހަކަށްވެ ތި ނިމުނީ.

The name is already taken The name is available. Register?

ކޮމެންޓް ލިޔާމީހާ

26 September 2018

މި ކަހަލަ ހިތްދަތި ކަންކަން ވާތީ ވަރަށް ދެރަވޭ. މާތް ﷲ މަރުހޫމް އަބްދުﷲގެ އާއިލާއަށް ކެތްތެރިކަން ދެއްވާ އުފާވެރި ކުރިމަގެއް ދެއްވާނދޭވެ.ކީއްދޯ ކުރާނީ ވިސްނާނުލާ ކުރެވޭ ކަންކަމުގެ ނަތީޖާކީއްކުރަން ފުލުހަކަށް އަނިޔާ ކުރަންވީ؟ސިޔާސީ ހަރަކާތްތަކަށް ދިއުމުގެ ބޭނުމަކީ ކޮބާ؟ދީނުގަ އަންގަވާފަތަ އޮތީ ހުޅަނގުގެ ޑިމޮކްރަސީ ކުޅިގަނޑުގެ ތެރޭގައި އުޅުމަށް؟ އެކަމުން ކޮން ފައިދާއެއް ވަނީ؟ދި ވެހިން މި ފައިދާއެއް ނުވާ ފިތުނައިގެ ޑިމޮކްރަސީގައި ގެނބި އޮޔާ ގޮސްފި.

The name is already taken The name is available. Register?

ހޮޓްކިންގ

26 September 2018

އޭނާވެސް ކުރީ ކުށެއް.

The name is already taken The name is available. Register?

ހަޑި

27 September 2018

ފުލުހުން ހަމައެއް ލަމައެއް ނުބަލަ ގޮސް ޢާއްމު ރައްޔިތުންގެ ލޮލަށް ބޮލަށް އަރާ އިރު އޯކޭ. މާވަރުގަދަ ވާޖިބު ފުޅެއް ގެންގުޅޭނެ. ވަރަށް އަވަސް އަވަހަށް ހުރަސް އެޅޭ ވަރަށް ބަލިކަށި އެއްޗެއް އެއީ. 1 މެއި 2015 ގައި ކިތައް އާއްމު ރައްޔިތުންނަށް ފުލުހުން އަނިޔާކުރި.

The name is already taken The name is available. Register?

އެދެނީ..

26 September 2018

މިހާރުން މިއައިލާގެ ހާލަތުގެ ފޮލޯއަޕް ގެނެސްދިނުން އެދެމެވެ. ވަރަށް ދެރަވި އެދުވަސް ވެސް އަދި މިހާރުވެސް.. އިންސާފް ޤާއިމް ކޮއްދޭނެ ކަމަށް އުއްމީދު ކުރަން...

The name is already taken The name is available. Register?

ވިސްނުންހުރި

26 September 2018

ހިތްދަތިވެ ކަރުނަ ފޫދިއްޖެ މިފަދަ ޙާލަތްތައް ކުރިމަތިނުވާގޮތަށް އަޅުގަނޑުމެންގެ މި ކުޑަކުޑަ އެއް ޢާއިލާއެއްފަދަ ޤައުމު ބައްޓަންކުރެވިދާނެ. މިކަމަށް ބޭނުންވަނީ ވިސްނުންތެރި ތެދުވެރި އިޚްލާޞްތެރި ވެރިން މި ކޭސްއަށް ބަލާއިރު ޢަބްދުﷲ އެއްވެސް ޙާލެއްގަ ފުލުހުންނަށް އަނިޔާކޮށްގެން ނުވާނެ. އެކަން އޭނާކޮށްގެން ޖަލަށްލުން އޯ.ކޭ. އެކަމަކު ޖަލުގަހުއްޓަސް ބޭސްފަރުވާ ލަސްނުކޮށް ލިބެންޖެހޭނެ. (މިކަމާ ދެކޮޅުހަދާނެ ހަމައެކަކުވެސް ނުހުންނާނެ).

The name is already taken The name is available. Register?

އަވަށްޓެރިޔާ

26 September 2018

މި ލިޔުން ކިޔާފަ މަށަށް ވެސް ވަރަށް އަސަރު ކުރި. މާތް ﷲ އަބްދުﷲ ރަޝީދުގެ ފުރާނައަށް ހެޔޮ ރަހްމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ކުރަން. އަދި ޝެހެނާޒް އަށާއި ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދަންނަވަން. އާމީން. އަހަރުން ރައްޔިތުން މި ތިބީ އިރާދަ ކުރެއްވިއްޔާ އަބްދުﷲ ރަޝީދުގެ ޙައްޤުގައި އިންސާފު ހޯދުމަށްޓަކައި ޝެހެނާޒްގެ ފަހަތުގައި. އިރާދަ ކުރެއްވިއްޔާ ކާމިޔާބު ލިބޭނެ.

The name is already taken The name is available. Register?

ޒިންދަގީ

26 September 2018

މީ އިންތިޚާބު ކާމިޔާބުނުވި ސަބަބުތަކަކީ.. އަނިޔާވެރިވުން، ލާއިންސާނީ އެތައްކަމެއްގެ ބަދަލުގައި ޖެހުނު ބަދު ދުއާ.. ވެރިކަމަށް ދެންވެސް އަންނަ ވެރިންނަށް އިބުރަތެއްކަމަށް ބައްލަވާ..

The name is already taken The name is available. Register?

ހުސެން

25 September 2018

މިފަދަ ކިތައް ކިތައް މީހުންގެ ބަދު ދުޢާ ޔާމީނުއަށް ލިބެމުންދާނެބާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454