މުޒާހަރާއެއްގައި ފުލުހުން ހަރަކާތްތެރިވަނީ: އެ ބިލް ފާސްވެއްޖެ ނަމަ މާލޭގައި މުޒާހަރާ ކުރެވޭނީ ހަމައެކަނި ސަރުކާރުން ކަނޑައަޅާ ތަންތަނުގައި --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
09 އޯގަސްޓް 2016 - 12:20
ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ގާނޫނުގައި ހިމަނަން، އެއްވެ އުޅުމުގެ ގާނޫނަށް މިއަދު އިސްލާހު ހުށަހަޅައިފި އެވެ.
ސަރުކާރަށް ނިސްބަތްވާ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި އެ ބިލުގައިވާ ގޮތުން ފުލުހުން ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާކުރެވޭނީ ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާފައިވާ ތަންތަނުގައި އެކަންޏެވެ. އަދި އެ ބިލް ގާނޫނަކަށް ވާތާ 30 ދުވަހުގެ ތެރޭގައި، އެއްވެ އުޅެވޭނެ ތަންތަނުގެ ލިސްޓެއް ހަދައި، ހޯމް މިނިސްޓްރީން ގެޒެޓް ކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.
އެ ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ބުނެފައިވަނީ މާލެއަކީ މީހުން ގިނަ، ކާރޫބާރު ބޮޑު ތަނަކަށް ވާތީ، މަގުތަކަށް އެއްވުމުން ގިނަ އުނދަގޫތަކެއް އާންމުންނަށް ކުރިމަތި ވާތީ ކަމަށެވެ.
އެ ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ވަނީ އިއްވައިފަ އެވެ.
އެއްވެ އުޅުމުގެ ހައްގު އިތުރަށް ހަނިކުރަން އިސްލާހު ހުށަހަޅާފައިވާއިރު މިހާރު ވެސް ފުލުހުން ދަނީ އެއްވުންތަކަށް ހުރަސް އަޅަމުންނެވެ. އެގޮތުން އާޓިފިޝަލް ބީޗްގައި އެއްވެ އުޅުން މަނާކޮށްފައިވާއިރު މަގުމަތީގައި އެއްވާ ނަމަ އެކަން ވެސް ފުލުހުން ހުއްޓުވަ އެވެ.
ފުލުހުން ބުނެފައިވަނީ އެކަން ކުރަނީ މަދު ބައެއްގެ ސަބަބުން ގިނަ ބައެއްގެ ހައްގު ގެއްލޭތީ ކަމަށެވެ. އެކަމަކު މިދިޔަ ހުކުރު ދުވަހު އެމްޑީޕީން ކުރި މުޒާހަރާއަށް ފުލުހުން ފުރުސަތު ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުﷲ
09 August 2016
އެހެންވީމަ މިހާރު އެއްވުންތަކަށް ފުލުހުން ހުރަސްއަޅަނީ ޤާނޫނާ ޚިލާފަށްކަމަށް ސަރުކާރުންވެސް ކަށަވަރު ކޮށްދެއްވީތާ؟
ނިމުނީ
09 August 2016
ސަރުކާރުން ކަނޑައަޅާާ ތަންތަނުގައި ދެން މާލޭގައި މުޒާހަރާ ކުރެވެން ޖެހޭނީ. ދެން މާލޭގައި މުޒާހަރާ ކުރެވޭނީ މިހާރު ހުރި ކުނިކޮށި ހުސްކުރުމަށް ފަހު އެތަނުގައި އެކަނިއެވެ. އެތަނުން ބޭރުގައި ނުކުރެވޭނެއެވެ. އެނޫންނަމަ ދެން މުޒާހަރާ ކުރެވޭނީ ހެންވޭރު ދަނޑު ކުއްޔަށް ހިފައިގެން އެތަނުގައެވެ. އެގޮތުން ހެންވޭރު ދަނޑު މުޒާހަރާ ކުރަން ދޫކުރެވޭނީ ދުވާލަކަށް 5 މިލިއަން ޑޮލަރު ސަރުކާރަށް ދެއްކުމުންނެވެ. އެ ނިމުނީ އެވެ.
އިލާޒް
09 August 2016
ބޮޗޭ ދެން ކަލޭ ނާންނައްޗޭ އަހަރުން ގާތަށް ވޯޓު ހޯދަން..
މެންޓަލިސްޓް
09 August 2016
ގާނޫން އަސީސީން ދެވިފައިވާ ހައްގެއް ގާނޫންއަކުން އަސްލު ނިގުޅައެއް ނުގަނޭވޭނެ ، މީރާއްޖޭގައި ފޮލޯރކުރާ މުޅިންނުބައި ގޮތެއް ، އެއްވެއުޅުމުގެ މިނިވަންކަން އޮންނާނެ ގާނޫންއަސާސީން ދީފައި ދެން ޖެހޭނީ އަސާސީ އިސްލާހްކުރަން މަޖިލިސްތެ 3ބައިކުޅަ 2 ބައިގެ ވޯޓުން ، އެނޫންގޮތަކަށް ތިޔަަކަމެށް ނުކުރެވޭނެ ، ހަދާ ގާނޫންއަކުން އަސާސީގައި ބަޔާންކުރާއެއްޗެއް ބާތިލްއެއް ނުކުރެވޭނެ ،،،، މީގާނޫނީ ގޮތުން އެކަންއޮންނަގޮތަކީ ،،،
ފައުޒާން
09 August 2016
އަޅުގަޑޫ މީ ރައީސް ނަމަ ނޫނީ ޕޮްލިސް ކޮމީޝަނަރ ނަމަ މުޒާހަރާޔޭ ކިޔާ އަގަ ހުޅުވާލިޔަސް ހަމަ ނިމުނީ.
Ibrahim
09 August 2016
ވަރަށް ތާއީދުކަމެއް. ބަޔަކު ތަނަކަށް އެއްކޮންގެން ވާންހުރިކަމެއް ވާނެއެވެ.
މުޒާހަރާ
09 August 2016
ދެން މުޒާހަރާ ކުރާނީ އޮޑިދޯނި ފަހަށް އަރައިގެންތިވެ ރައީސް އޮފީހާއި ދިމާލުން ބޭރުގައި ތިބެ.. އެއީ މާލެއެއް ނޫނެއްނު.. ޔާމީނު ބުރޖު އެޅިމަ ބުރިޖު މަތީގައިއާއި ހުޅުމާލޭގައިވެސް ކުރާނީ.. ހަމަ ބޭނުން ތާކު ކުރާނީ.. މެޖޯރިޓީ ރައްޔިތުން ގަޓު ހުރެގެން ނިކުންނަންވީ.. ރާއްޖޭގެ ހުރިހާ އެއްމެން ގޮޅިއަކަށް ނުލެވޭނެ ދޯ
ޢަބްދުﷲނާފިޒު
09 August 2016
އޮފްކޯޒް، ޕްރެޝަރު އެބައޮތް އިންތިހާއަށް: މިސްޓަރ ބޮޗޭ، ހަހަހަ މަގާތަށް އައި ހިންޏެއް.
ވިސްނާ
09 August 2016
މިހާރަށްވުރެ ތިޔަގޮތްވެސް ރަގަޅެވެ. އެއީ މިހާރު އެއްވެސް ތަނެއްގައި އެއްވެ ހިޔާލުފާޅު ކުރުމުގެ ފުރުޞަތެއް ނުދެއެވެ. މިހާރު ތިޔަވާގޮތުން ކޮންމެވެސް ތަނެއް އޮންނާނެތާއެވެ. ދެން ސުވާލަކީ ކަނޑައަޅާ ތަންތަނުގައި އެއްވުން ބާއްވާކަމަށް ވާނަމަ ވަކި ހުއްދައެއް ނަގަން ޖެހޭނެ ހެއްޔެވެ. އެހެން ކަމަށްވާނަމަ ގާނޫނު އަަސާސީގައި ކުރިން އެންގުމަކާއި ނުލައި އެއްވެ އުޅެވޭނެކަމަށް އޮތް ހައްގު ގެއްލުނީއެވެ.
އައިއެފް
09 August 2016
މިފަދަ ތާކުންތާކު ނުޖެހޭ ބިލްތައް ފުލުފުލުން ހުށައެޅިޔަަސް ފަރުވާލެއް ނެތް. މިއީ 21ވަނަ ގަރުނު. މެޖޯރިޓީ ރައްޔިތުން ތިބީ ފަހަތައް ޖެހޭކަށް ނޫ. ބޭނުން ތަނަކަށް އެއްވާނެ. ރިފާއުގެ ގޭދޮރުމައްޗައް ވެސް އެއްވާނެ. ހީވާކަހަލަ ލައްކައެކޭ.