އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު (ކ) ގައި: އެ ބިލް އަނބުރާ ފޮނުވާލަން އޭނާ ގޮވާލެއްވި .--ފޮޓޯ:އަދާލަތު ޕާޓީ
09 އޯގަސްޓް 2016 - 14:59
އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކުރީ އިސްލާމް ދީން ހަތިޔާރަކަށް ހަދައިގެން ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.
ނޫސްވެރިންނާއި ގިނަ ބައެއްގެ ކަންބޮޑުވުންތަކަށް މާ ބޮޑު ހައްލުތަކެއް ގެނެސް ނުދީ އެ ބިލް ފާސްކުރީ ބިލް ހުށަހެޅި އިރު އޮތް ގޮތަށް ވުރެ ވެސް ހަރުކަށި ކޮށްފަ އެވެ. ސަރުކާރަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި އެ ބިލް ފާސްކުރީ ސަރުކާރަށް ތާއީދު ކުރާ މެމްބަރުންގެ ވޯޓުންނެވެ.
އެކަމާ ކަންބޮޑުވުން ފާޅުކޮށް، އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ އެ ބިލަކީ އިސްލާމް ދީން ހަތިޔާރަކަށް ހަދައިގެން، މަކަރާއި ހީލަތުން ރައްޔިތުންނަށް އޮޅުވާލައިގެން ފާސްކުރި ބިލެއް ކަމަށެވެ. އޭގެ ބޭނުމަކީ ސަރުކާރުން ހިންގާ ޖަރީމާތަކަށް ފަސް އަޅައި، ފޮރުވުމާ އެކު ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަތުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ޒާހިރު ގޮވާލެއްވީ އެ ބިލް ތަސްދީގު ނުކޮށް، އަނބުރާ ފޮނުވާލުމަށެވެ.
އެ ބިލަށް އާންމުންނާއި ކަމާބެހޭ މުއައްސަސާތަކުގެ ޚިޔާލު ހޯދަން މަޖިލީހުގެ ކޮމެޓީން ފުރަތަމަ ނިންމިޔަސް ފަހުން ވަނީ އާންމުންގެ ޚިޔާލުތައް ބަލައިނުގަތުމަށާއި ކަމާ ބެހޭ ބައެއް މުއައްސަސާތަކުގެ ބަސް ނުހޯދަން ނިންމައިފަ އެވެ. އެގޮތަށް ނިންމީ އަބުރު ރައްކާތެރި ކުރުމަކީ އިސްލާމް ދީނުގައި ވެސް ބާރު އަޅާފައިވާ ކަމެއް ކަމަށް ފިގުހު އެކަޑަމީން ބުނުމުން ކަމަށް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަބްދުﷲނާފިޒު
09 August 2016
އަބުރު ރައްކާތެރި ކުރުމަކީ އިސްލާމް ދީނުގަ ބާރު އަޅުއްވާ ކަމެއް ނޫންކަމަށް، އެއްވެސް ފަރާތަކުން ވާހަކަ ދައްކާ ވަކާލާތު ކުރިކަމެއް ނުދެނަހުރިން، ހުރިހާ ފަރާތްތަކެއްގެވެސް އުދާހަކީ އަބުރޭ އިސްލާމް ދީނޭކިޔާފަ ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފަވާ އެތަކެއް ޙައްގެއް ތިޔަ ބިލުގެ ސަބަބުން ނިގުޅައިގެންނާތީވެ.
މެންޓަލިސްޓް
09 August 2016
މިގައުމުގާ ބޮޑު ހަރާމް ބަގާވާތެއްކުރީވެސް ދީން ހަތިޔާރަކަށް ހަދައިގެން ، ސިޔާސީ އެންމެންވެސް ދީންނަގާނެ ހަތިޔާރަކަށް ރައްޔަތުންނަށް ބިރުދެއްކުމާއި ބޮލަށް ޗިޕްޖެހުމަށްޓަކައި ، އެމީޙުން ކިޔާދެނީ އެއްބައި އަނެއްބައި ކިޔާނުދޭނެ ، މީ މިގައުމުން ފެންނާންއޮތް ހަގީގަތެއް ، މިފަހަރުވެސް ވުޖޫދުގައި ނެތް ފިގުހުއެކަޑަމީއެއް ތަމްސީލްކުރަން ގޮސް އިލްމްވެރިންނޭ ކިޔާބަޔަކު އެކަންކުރީ ،،،
ހަލާކު
09 August 2016
ތިޔަ އަދާލަތުން ދީން ހަތިޔާރަކަށް ހަދައިގެން އަހަރެމެންގެ ބޯކެއުމުން މައުމޫނު ވައްޓާލީ. ނަޝީދު ވައްޓާލީ. އަނެއްކާ ޔާމީން. އަހަރެން މިހާރު ބަލަނީ ތިޔަ ޕާޓީ ބުނާގޮތާ އިދިކޮޅަށް ހެދޭތޯ. ގައުމަށް އަމާންކަން އައިސް ހަމަ ނޭވާލައި، ކުރިއެރުމަށް މަސައްކަތްކުރެވޭނީ އޭރުން.
ކަޅުކޮއެ
09 August 2016
ދީނުގައި އަންގަވާފަވަނީ އަބުރާ ނުބެހުމަށް... ދީނަށްވުރެ ބޮޑު ހަތިޔާރަކީ ކޮބައިތޯ... ދީނީ އލްމުވެރިން ސިޔާސީވީމަ ވާނީ ތިހެން...
އުދުހޭ
09 August 2016
ދީނީ އިލްމުވެރިއަކު އަޅުގަނޑުގެ ސުވާލަށް ޖަވާބު ދީބަލަ! ސުވާލު: އިސްލާމް ދީނުގައި އަބުރާބެހުމަކާ ނުލާ ހިޔާލް ފާޅުކުރުމާ ވިސްނުމާ ބަހުސްކުރުމަކީ ފާފައެއްތޯ؟
އަލްމުދިޝް
09 August 2016
އަހަރުމެންގެ ދީން ހަތިޔާރަކަށް ހެދީ މަޖިލީގައި ތިބި މުސްލިމުން ނޫންހެއްޔެވެ.
އަލްޖިބްރާ
09 August 2016
މިރާއްޖޭގައި އޮތް ޤާނޫނީ ވެރިކަން ބަޣާވާތް ކޮށް ވައްޓާލީވެސް އަދާލަތުޕަރޓީ އިން ދީން ހަތިޔާރަކަށް ހަދާފައެވެ. " އަދި އަބުރުގެ ބިލު ތަސްދީޤު ނުކުރާތީ އަބުރުގެ ދައުވާކުރެވޭނެ ހެނެއް ހިއެއްނުވޭ " !
އަލްޖިބްރާ
09 August 2016
" އަބުރު ރައްކާތެރި ކުރުމަކީ އިސްލާމް ދީނުގައި ވެސް ބާރު އަޅާފައިވާ ކަމެއް ކަމަށް ފިގުހު އެކަޑަމީން ބުނުމުން ކަމަށް ބުނެ އެވެ." މިއިބާރާތުން އަބުރު ރައްކާކޮށްދެނީ އެތަނެއްގަ އޮންނަ ޤާނޫނަކުން ކަން ސާބިތެއް ނުވެއެވެ. އަބުރު އޮންނަނީ ޤާނޫނާކު ނޫނެވެ. އަބުރުވެރިކަމަކީ ތިމާއަމިއްލައަށް ރައްކާތެރި ކުރަން ޖެހޭ ކަމެކެވެ.
ޕައްލަންބެ
09 August 2016
މިދާކަށް ދުވަހު ދީން ހަތިޔާރަކަށް ހަދައިގެން ބޮޑު ބަޤާވާތެއްެވެސް ކުރި ދޯ؟
ބަރު
10 August 2016
ބަޤާވާތެއް ނޫން.. ބަޣާވާތް.. ޣައިނު
ޕިންކްފޮލޮއިޑް
09 August 2016
ތިޔަ ނޫން އެއްޗެއް ކިޔާބަލަ! ދީން ހަތިޔާރަކަށް ހަދައިގެންނޭ ކަލޭމެން ކީމަ ތީތީ ކަޑައޭ ބްރޯ!