ގާސިމް: ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލަން ހައި ކޯޓުން އަމުރު ކުރިއިރު އޭނާ ހުންނެވީ ޖަރުމަނުގައި ---ފޮޓޯ/މިހާރު
30 ސެޕްޓެމްބަރ 2018 - 18:27
ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމް އިބްރާހިމް ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން މިރޭ އަމުރުކޮށްފި އެވެ.
ރިޝްވަތުގެ ކުށުގައި ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމް މިހާރު ހުންނެވީ ޖަރުމަނުގަ އެވެ. ކަފާލާތުގެ ދަށުން އޭނާ ދޫކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން މިރޭ އަމުރުކުރީ ގާސިމް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ނިމެންދެން އޭނާ ކަފާލާތުގެ ދަށުން ދޫކޮށްދޭން އެދި ހައި ކޯޓަށް ހުށަހެޅުމުންނެވެ.
އިސްތިއުނާފް މައްސަލަ ނިމެންދެން ގާސިމް މިނިވަންކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން އަމުރުކުރީ ކަފާލާތުގެ ދަށުން 70،000ރ. ޑިޕޮސިޓެއް ހައި ކޯޓުގައި ގާސިމްގެ ފަރާތުން ބެހެއްޓުމުންނެވެ. އެހެންވެ، އެ މައްސަލަ ނިމެންދެން ގާސިމް ދޫކޮށްފައި ބެހެއްޓުމަށް އަމުރުކުރީ ކަމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު ސޮއި ކުރައްވައި، ނެރެފައިވާ އެ އަމުރުގައިވެ އެވެ.
ކަފާލާތުގެ ދަށުން ގާސިމް ދޫކޮށްލަން އަމުރު ކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް ކަފާލާތުގެ ދަށުން ދޫކުރަން މިރޭ ހައި ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އޭނާ ވެސް ގެންދެވީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާރަންބުއްދި
01 October 2018
މިގައުމުގަ ކުއްކުރާމީހުން ޖަލައްލުން އުވާލާ ކަފާލާތުން މިނިވަންކުރަން ފެނޭ.އޭރުން ސަރުކާރަށް އާމްދަނީ އިތުުރުވެ ޖަލަށް ކުއްވެރިން ބަލަހައްޓަން ކުރާނެ ހަރަދެއް އަދި ޖަލުއަނިޔާ ހިޔުމަން ރައިޓް މައްސަލައެއް ނުޢޮންނާނެ.ކަފާލާތު ނުދެއްކޭ މީހުންނަށް "ކަފާލާތުފުޅު" ފަންޑު ފޮށި ބަހައްޓާނީ
ހަސަންސްސް
01 October 2018
ދުނިޔޭގެ ފުރަތަމަ ފަހަކު ކަންނޭގެ މީ ފިލައިގެން އުޅޭ މީހަކު ފިލާފާނެތީ ބެއިލް ދައްކަން ބުނާ... ދެން ފުރަތަމަވެސް ގާސިމް ހުރީ ބޭއިންސާފުން ކުރި ހުކުމެއްގަ.. ހަމަ ވަގުތުން ހުކުން އުވާލާފާ ގާސިމަށް ބަދަލު ދީ...
ސީމާ
01 October 2018
ގާސިމްބެ އަކީ ފައްކާ މީހެއް. ހަމަގައިމުވެސް ރަނގަޅު ކަމެއް ހުންނާނެ. ކޮންމެހެން ހަމައިން ނެއްޓޭ އިރު އިރު ހަމައިގަ ހުންނާނެ.
ހަސަން / ހިތަދޫ / އައްޑޫ
01 October 2018
އިބޫ އަށް، މަނިކުފާނައް ސާފު އަޢުލަބިއްޔަތަކުން ވެރިކަން ލިބިވަޑައިގެންފައިވަނީ މާތްﷲގެ ވާގިފުޅުން، މިކަމުގައި މަނިކުފާނުގެ މަޑުމައިތިރި ކަމާއި އެއްވެސް ކަހަކަ ކިބުރުވެރިކަން އުފެދުމުގައިވެސް ނެތްކަމީ މަނިކުފާނުދެކެ ނުދަންނަ އެތަކެއްހާސް ބަޔެއްގެ ލޯބި އޮހިގެން ދިޔަކަމެވެ.ވެރިކަމައް މަނިކުފާނު ހޮއްވެވީ ރައްޔަތުން ވީމާ އަޅުގަނޑުގެ އެޑުވައިސް އަކީ އެގޮތުގައި ދެމިހުރުމެވެ. އިޚުލާސްތެރި އަންބެއް ލިބުމަކީ ދެދުނިޔޭގެވެސް ނަސީބު،ﷲވަނީރަނގަޅުއަންބެއްދެއް
ޟަރޫރާ
30 September 2018
ޢެމްޑީޕީ މި ފެށީ ގައުމު ހަލާކު ކުރަން
ވައިއެބުރި
30 September 2018
ގާސިމާ އަލީވަހީދާ އުމަރު ކަހަލަމީހުން ފަޅިބަދަލުކުރާލެއްފަރިތަކަމުން މައްސަލަޔަކީ ރަގަޅުވާހަކަ ބައެއްފަހަރުދައްކާ
މަހޭ
30 September 2018
ގައުމުން ބޭރުގަ ހުއްޓަސް ކަފާލާތު ހިނގާތަ؟ ހެހެހެ
ފިތުރޯނު
30 September 2018
ވަކި ޤައުމެއްގެ ހުންނަންޖެހޭ ވާހަކައެއް އެއަކު ނެތް ލޮލް
ބަހޭ
30 September 2018
ކޮންމެތާކު ހުއްޓަސް، ރާއްޖެގެ ކޯޓެއްގައި މައްސަލައެއް އޮތިއްޔާ ކަފާލާތު ހިގާނެ!
ކަމަނަ ރ.ފައިނު
30 September 2018
ކިހާދެކަމެއް ނިކަމެތިންއުމުރުޖަލުގަ މުންސަދިވީމަ ކުށެއްނެއް އަވަހައްދޫކުރަން ގޮވަނީ ކޮބާއިންސާފު
އެނގުނަސް
30 September 2018
ކަފާލަތުގެގާނޫނު މިހެދީ މިއިންތިޚާބުގެފަހުންތަ އަޅެ. މިއޮތީ މިރާއްޖޭގެކަންކަން އޮންނަގޮތަކީ. ވެރިކަމުގައި ހުރިމީހާ ބުނާހައިގޮތަކަށް ޖުޑިޝަރީވެސް ފުލުހުންނާއި ސިފައިންވެސް. ލަދުކޮބާތަ މިމީހުންގެ. ތިބަޔަކު ފުރަތަމަވީ އިސްތިއުފާދޭން.
އަލް ޤާޒީ
30 September 2018
ޢަދުލު އިންޞާފަށް ނުފޫޒު ފޯރުވާފައި އޮތް މިންވަރު ފަޅާއަރަނީ