ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް: ސަރުކާރުގެ އެކި ވަޒީފާތަކުގައި ތިބި ޕްރޮފެޝަނަލް ބޭފުޅުންނަށް ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ފްލެޓް އަޅަން ވަނީ ނިންމާފައި.
09 އޯގަސްޓް 2016 - 20:17
ސަރުކާރުގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ޕްރޮފެޝަނަލް ބޭފުޅުންނަށް އަމާޒުކޮށްގެން ހުޅުމާލޭގައި 1،500 ހައުސިން ޔުނިޓް އަޅަން ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އަޅާ ހައުސިން ޔުނިޓްތަކުގެ ތެރޭގައި ހިމަނައިގެން ޕްރޮފެޝަނަލް ބޭފުޅުންނަށް ހައުސިން ޔުނިޓްތައް އަޅަން ނިންމީ އިކޮނޮމިކް ކައުންސިލްގައި މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.
އެކަމަކު އެ ހައުސިން ޔުނިޓްތައް ދޫކުރާނީ ކޮން ބަޔަކަށް ކަމެއް ރައީސް އޮފީހުން އަދި ހާމައެއް ނުކުރެ އެވެ.
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި 15،000 ފްލެޓް އަޅަން ވަނީ ނިންމައިފަ އެވެ. އެ ފްލެޓްތައް އަޅަން ބޭރުގެ ފަސް ކުންފުންޏަކާ ހަވާލުކޮށްފައިވާ އިރު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެ ހައުސިން ޔުނިޓްތައް ނިމޭނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީން ދެ އެވެ.
ހުޅުމާލޭގައި އަޅާ ގިނަ އަދަދެއްގެ ފްލެޓްތަކާ އެކު ބޯހިޔާވަހިކަމުގެ އަގު ހެޔޮވެގެންދާނެ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހުމާލް
10 August 2016
ކޮބަިއިތޯ ރިސޯޓުތަކުގެ މުއަޒިފުންގެ ބައިތައް،، ސާރވިސްޗާޖު.... ކޮންއިރަކުބާ ،ސަރުކާރުގެ އިސް ބޭފުޅުން ނޫން ފަރާތްތަކަށް ތިޔަކަހަލަ ފުލެޓު ދޭނީ.....
ލިލީ
10 August 2016
ކޮންގޮތަކަށް ބާ "ޕްރޮފެޝަނަލް" މާނަ ކުރަނީ؟ އެއީ ޕްރޮފެޝަނަލް އޭބުނެވޭގޮތަކަށް އުޅޫ މީހަކު ސަރުކާރުން މިހާރަކަށްއައިސް ހަމަ ނުފެންނާތީ.
ޕްރޮފެޝަނަލް ޕަޕެޓް
10 August 2016
ތެދެއް ތިޔަ ބުނީ، އެތާ އުޅެނީ ކަރުދާހުގައި ޕްރޮފެޝަނަލުން، ހަޤީގަތުގައި ޕަޕެޓުން. ޕްރޮފެޝަނަލުންނަށް މިގައުމުގައި ނެތް ޖާގައެއް
ޜަސީދު
10 August 2016
ޢަދިވެސް ތިޔަދޭންތިޔަ އުޅެނީ ސަރުކާރުގާ އުޅޭ މީހުންނަށެވެ.ދައުލަތުގެ މުއައްޒަފުންނަށް ނުދީ ރައީސް ޔާމިންގެ ސަރުާރުގެ ވަޒީފާގާ ތިބި މީހންނަށް ތިދެނީ ކޮން އުސޫލަކުން ހެއްޔެވެ.ސަރުކާރަކީ ސިޔާސީ މީހުންނެވެ.ދައުލަތުގެ މުައައްސަސާތަކުގާ އުޅޭނީ ސިވިލްސާވިސްގެ މުއައްޒަފުންނެވެ.
ޢަބްދުﷲނާފިޒު
10 August 2016
އަދިވެސް ޕްރޮފެޝަނަލް މީހުނަށްތަ ފްލެޓް ދޭންވީ، ނިކަމެތި ދެރަ ރައްޔިތު މީހާއާ ދޭތެރޭ ވިސްނާ ފިކުރުކުރާ ވެރިއެއް މި ޤައުމަށް ބޭނުންވޭ، މިރައީސްގެ ވިސްނުން މިހުންނަނީ ހާދަ ނޭގާނީކޮށޭ، ވަރިހަމަ ކިތައްމެ ބުރިޖެއް އެޅިއަސް މިރައީސް އަށް ދެން ވޯޓެއް ނުދޭނަން، އހ.
ވަލިއްޔުލްވގ
10 August 2016
ރައްޔިތުންނަށް ނަޝީދު އަޅާދެއްވި ފުލެޓްތައްވެސް މިވެރިން މިވަނީ ބޮޑުއަގުގަ ދޫކޮށްލައްވާފަ ނިކަމެތިންނަށް އެއްވެސް އަޅާލުމެއް ބެލުމެއް ނެތި. މިރައީސްއަށް ބައްލަވަނީ ވެރިކަން ދިފާއުކުރުމަށް ނަޒާހަތްތެރިންނާއި ފަނޑިޔާރުންނާއި ފުލުހުންނާއި ސިފައިންނާއި ޕްރޮފެޝަނަލިސްޓުންނަށް ރައްޔިތުންނަށް ބެލުމެއްނެތް.
މަރިޔަމް
10 August 2016
"ހުޅުމާލޭގައި އަޅާ ގިނަ އަދަދެއްގެ ފްލެޓްތަކާ އެކު ބޯހިޔާވަހިކަމުގެ އަގު ހެޔޮވެގެންދާނެ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ" މިއީ އަގު ހެޔޮވުންބާއޭ ހިތަށް އަރާ. ނިކަމެތި މީހާގެ މުސާރަ 10،000 އަށް ވެސް ނާރާ. އެކަމަކު ތިބުނާ ފްލެޓަށް އެބަޖެހޭ މިލިޔަނުން ލާރި ދައްކަން. ކޮންތާކުން ލާރި. މިއީ އަގު ހެޔޮވުންތަ؟ ނޫނީ އާންމު ރައްޔިތުން ފެލައިގެން ލާރިގަނޑު ކާލުންތަ؟ އަމިއްލަ ގައުމުގަ ވަންނާނެ ގެއެއް ނުލިބުނީމަ ދެން މިއީ ސަރުކާރުން ވިސްނަންޖެހޭ ކަންކަން....
ޒުބޭރު
10 August 2016
މިވީ 3 އަހަރެއްހާ ދުވަހުގެ ތެރޭގައި ވަކިހާ ހާއްސަ ވަޒީފާއެއް އަދާކުރުމެއްނެތި ހަމަ ބޯހިޔާވަކަމެއް ނެތީތީވެ މާލޭ ސަރަހައްދުން ފްލެޓެއް ލިބުނު މީހަކު ހުރިނަމަ ނުވަތަ އެފަދަ ގޮތަކަށް ފްލެޓެއް މިބުނި މުއްދަތުގައި ލިބުނުމީހެއް އެނގޭނަމަ މިކޮމެންޓަށް ޑިސްލައިކެއް ދެއްވުން އެދެމެވެ. މިހެން ހަދަންޖެހުނީ އަޅުގަނޑަށް އެނިގިފައިވާ ގޮތުގައި މިސަރުކާރުން މާލެ ސަރަހައްދުގެ އެއްވެސް ތަނަކުން އަދި އެންމެ ފްލެޓެއްވެސް ދޫކޮށްފައެއް ނުވެއެވެ.
ގައުމު
10 August 2016
ރާއްޖޭގައި ގިނައީ އަސާސީ ޚިދުމަތްތައް ނުލިބޭ ފުށި ރަށްތަކުގައި އެކަހެރި ދިރިއުޅުމެއް އުޅޭ ނިކަމެތި ރައްޔިތުން. ސަރުކާރުގައި ގިނައީ ޕްރޮފެޝަނަލް ފަންތިއަށްވުރެ ދަށް ފަންތީގެ މުވައްޒަފުން. ނިކަމެތިން ނިކަމެތިކޮށްފައި، ބައިމަދު "ބޭފުޅުންނަށް" މޮޅުކޮށްދީގެން ވޯޓް ހޯދަން ހިސާބު ޖަހާނަމަ، ކަލްކިއުލޭޝަންގައި ގޯހެއް އެބައުޅޭކަން އިކޮނޮމިސްޓްންނަށް އެނގެންވާނެ. ހިސާބަށްވުރެ ރޭސިސްޓްވެގެން ކަމަކުނުދާނެ.
ފީކަޅާ
09 August 2016
ކޮބާތަދެން މާލޭގެ އަލިފާންފޮއްޓެއްވަރުތަންކޮޅެއް ލިބޭމީހުންނަށްވީ ފްލެޓް... ނިކަމެތި ރައްޔިތުންގެ ފްލެޓް....
ޚިޔާލް123
09 August 2016
ތިޔަވިދާޅުވާ ޕުރޮފެސަނަލް ބޭފުޅުން ކޮންމެ ސަރުކާރެއްގެ ގައިވެސް ތިބޭ ނެއްނޫންތޯ؟ ތިކަން ތިކުރަނީ 2018 ގެ ވޯޓައްކަމުގައި ވަނީނަމަ ބުނާނެ އެއްޗެއް ނެތެވެ.
ޙަސަން އަލީ
10 August 2016
ޙުރިހާ ކޯޑިނޭޓަރުންނަކީ ޕްރޮފެޝަނަލް ކުދިން ދެއްތޮ.
ޒާ
09 August 2016
ރައީސް ޔާމީނު 2018 ގެ ރައީސް ކަން ބޭނުންފުޅުވެގެން އިންތިޚާބަށް ކުރިމަތިލައްވާނަމަ ސަރުކާރުގެ ޕްރޮފެޝަނަލް ބޭފުޅުން ކޮޅުގެ ވޯޓްކޮޅައިގެން އިންތިޚާބުވަޑައިގެންފިނަމަ އޯކޭ. ސަރުކާރުގައި ޚިދުމަތް ކުރުމުގައި މުޅި އުމުރު ދުއްވާލީ ބޯހިޔާވަހިކަމެއްނެތި. އަދި ހަމަ އެހެންމެ ލިބޭ މުސާރައިން ކޮޓަރީގެ ކުލިވެސް ދެއްކޭނެ ގޮތެއް ނެތި. އަހަރެމެން ބޭކާރު.