ުގުރައިދޫގެ ބަނދަރު ހަލާކުވެފައި.-- ފޮޓޯ: ސޯޝަލް މީިޑިއާ
05 އޮކްޓޯބަރ 2018 - 15:48
ތ. ގުރައިދޫގެ ބަނދަރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެ އެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަލީ ރަޝީދު މިއަދު ވިދާޅުވީ މީގެ 20 އަހަރު ކުރިން އެޅި ބަނދަރު އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ. އެހެންވެ ދަތުރުކުރުމަށް ވަރަށް ބޮޑަށް ގޮންޖެހުންތަކާ ދިމާވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގުރައިދޫގެ ބަނދަރު ހަލާކުވެފައި.-- ފޮޓޯ: ސޯޝަލް މީިޑިއާ
ގުރައިދޫ ބަނދަރު ހަދަން މި ސަރުކާރުން 2014 އަދި 2015 ގައި ވެސް ބަޖެޓުގައި ހިމެނި އެވެ. ނަމަވެސް އެކަމުގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.
"ބަނދަރުގެ އެއްކޮޅު ފުރަތަމަ ހަލާކުވީ. އެތަން ހަލާކުވިތާ ވެސް މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ. މިހާރު ބޭނުންކުރަނީ މަސްމާރުކޭޓު ފަޅީގައި އޮންނަ ސަރަހައްދު. ވަރަށް ނުރައްކާތެރި،" އާބާދީގައި 2100 އަށްވުރެ ގިނަ މީހުން ހިމެނޭ ގުރައިދޫގެ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބަނދަރު ހަލާކުވުމުގެ ސަބަބުން އެ ސަރަހައްދު ދަނީ ގިރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދއނ
06 October 2018
ކަމެއް ވެސް ނުކުރެވޭނެ! މިހާރު ވެސް އަންގަނީ ބޮޑެތި މަޝްރޫއުތަށް ނުފެޝުމަށް އެމްޑީޕީ ރައީސް.
ހުސެއިން
06 October 2018
އިބޫ ފުރަތަމަވެސް ކުރައްވަންވީ ކަމަކީ މިރަށުގެ ބަދަރު ރަނގަޅު ފެންވަރަކަށް ހެއްދެވުން.
އަހުމަދު687
06 October 2018
ތީ ކޮންކުރީޓު ތަރައްޤީ ބޭނުމެއްނުވާނެ! ބަނދަރު ހެދުމާ ބޮޑުހިލަ ޖެއްސުމަކީ ބޭކާރުކަމެއް! ޖަޒީރާ ރާއްޖޭގައި ހުންނާނީ ޖަޒީރާ ގޮނޑުދޮށް!
ވަހީދު
06 October 2018
ތިތަން މަޑުމަޑުން ގޮސް ގޮނޑުދޮށަކަށް ބަދަލުވާން ދޫކޮށްލާ.
ރޯނުއެދުރު 2018
05 October 2018
ތިއޮތީވާނެއެތި ވެނިމިފާ، ހެވެއްނު، މިފަހަރުވެސް ވޯޓްގެ މެޖޯރިޓީ ދިނީ ޔާމީނަށް، ރަށުގެ އަނެއްފަރާތް ހިއްކާތާ 4 އަހަރުވީ--- ބަނދަރު ނުހެދުނަސް އޯކޭތާ! ދާއިރާ މެންބަރު އުޅުއްވަނީ ނުލާހިކު އަވަދިނެތި ތިރަށުކައިރިން ލިބުނު ފަޅުރަށުގަ ރިސޯރޓް ހެދޭތޯ......ދެންވެސް ކުރިން ތިރަށުގަ ޢިޖުތިމާއީ މަސައްކަތްތައް ކުރިހެން ރައްޔިތުން ނިކުމެ ބަނދަރުގެ މަސައްކަތް ކޮށްލާ.....މީވަރަށް ވާހަކަ،،،،
ބަރާބަރު
05 October 2018
ރަންގަޅައްވިޔާ ނިމުނު ލިސްޓްގައި އިންނާނެ ތިޔަ ބަނދަރު ހިމަނާފަ....
ކަސްޕަސްކީ
05 October 2018
މި ފަހަރުވެސް މެޖޯރިޓީ ދިނީ ޔާމީނަށް...އުނދަގޫ ނުވާތީ ދޯ؟
ހަކީމް
06 October 2018
" ގުރައިދޫ ބަނދަރު ހަދަން މި ސަރުކާރުން 2014 އަދި 2015 ގައި ވެސް ބަޖެޓުގައި ހިމެނި އެވެ. " ... މިމީހުން ވޯޓު މިދޭގޮތަކާއި ދޭތެރޭ ވިސްނާ ވިސްނާ އަންތަރީސް ވެއްޖެ. ބޮޑަށް ލަފާކުރެވެނީ 500ރ. އަށް ވިކެނީހެން.
ދަންނަމީހާ
05 October 2018
ތީ ޝީޓްޕައިލް ކުރަން ވީމަ “ޗީޓް ޕައިލް” ކުރުމުގެ ނަތީޖާ
ތ.އަތޮޅު
05 October 2018
ކޮންމެސަރުކާރެއް އޮތަސް އަތޮޅުގެ ހުރިހާރަށަކަށްކުރާ ހަރަދު އެރަށްކުރޭ. ފަސްއަހަރު މިވީ އެެއްޗެއްބާއްވައިގެން އެރަށް ހިއްކާތާ.
ފާދަރ
05 October 2018
އެބުނީނު ނަސްރު ލިބުން އޮތީ ވަރަށް ކައިރީގައޭ.
ދީދީ
05 October 2018
ތ ގުރައިދޫ މީހުން މީ ޔާމިނުވަރެއް ނެތިގެން އުޅުނުބައެއް،