އެމެރިކާގެ ރައީސް ޓްރަމްޕް (ވ) އާއި ސައުދީ ވަލީ އަހުދު މުހައްމަދު ސަލާމް ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
06 އޮކްޓޯބަރ 2018 - 16:19
ރިޔާޒް (އޮކްޓޯބަރު 6) - އެމެރިކާގެ މިހާރުގެ ސަރުކާރާ އެކު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު މަސައްކަތް ކުރަން ލޯބި ކުރާ ކަމަށް ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވެފައި ވަނީ އެމެރިކާގެ އެހީއާ ނުލައި ސަލްމާން ރަސްގެފާނަށް ދެ ހަފުތާ ވެސް ވެރިކަމުގައި ނުހުންނެވޭނެ ކަމަށް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށެވެ.
"ޓްރަމްޕާ އެކު މަސައްކަތް ކުރަން ލޯބިކުރަން. ދެ ގައުމު ގުޅިގެން ކުރި މަސައްކަތުގައި ވަރަށް ގިނަ ކަންކަން ވަނީ ހާސިލް ކުރެވިފައި. އޭގެ ތެރޭގައި ޓެރަރިޒަމާ ދެކޮޅަށް ކުރި މަސައްކަތް ހިމެނޭ،" އެމެރިކާގެ ބްލޫމްބާގަށް ދެއްވި އިންޓަވިއުއެއްގައި ބިން ސަލްމާން ވިދާޅުވި އެވެ.
އުމުރުން 33 އަހަރުގެ ބިން ސަލްމާން ވިދާޅުވީ އާއިލާތަކުގެ މެދުގައި މައްސަލަތައް ހުންނަ ފަދައިން ކިތަންމެ ގާތް ބައެއްގެ މެދުގައި ވެސް މައްސަލަތައް ހުންނާނެ ކަމަށެވެ.
މިސިސިޕީގައި ވާހަކަ ދައްކަވަމުން މިދިޔަ ހަފުތާގައި ޓްރަމްޕް ވިދާޅުވީ އެމެރިކާގެ އަސްކަރިއްޔާގެ އެހީ ހުއްޓާލައިފި ނަމަ ދެ ހަފުތާ ވެސް ސަލްމާން އަށް ރަސްކަމުގައި ނުހުންނެވޭނެ ކަމަށެވެ.
ޓްރަމްޕް މީގެ ކުރިން ވަނީ ސައުދީ އަރަބިއާ އިން އެމެރިކާގެ ހިމާޔަތް ބޭނުންވާ ނަމަ އެ ގައުމުން ޚަރަދު ކުރަން ޖެހޭ ވަރު ވެސް އިތުރު ކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެމްއެމްއައި
07 October 2018
ލޯބި ނުކޮށް ފަރުޖެހެން އޮތް ނަމަތާ؟ އާލް ސަޢޫދުގެ ވެރިކަން ހިމާޔަތްކުރަން ތިބި ބަޔަކީ އެއީ ވިއްޔާ. ކަލޭމެން ތި އަނިޔާވެރި ވެރިކަން މުލުން ލުހިގެން ދާން ދެން މާކަ ގިނަ ދުވަހެއް ނެތް. ހަމަގައިމުވެސް މިވީހާ ދުވަހެއް ދެން ނުވާނެ އިންޝާ ﷲ
ހިޔާނާތްތެރިން
06 October 2018
ހައިރާނެއް ނުވޭ. މިއިސްލާމީ އުއްމަތުގެ ހައްގުގައި އެއްވެސް އަޑެއް އުފުލި ބަޔެއް ނޫން ތިއީ. ހަމަ ވިކިފަ.
ޕާޕަރު
06 October 2018
އަހަރެމެންވެސް މިތިބީ އެމެރިކާއާއެކު މަސައްކަތްކުރަން ތައްޔާރަށް. މާނައަކީ ޓުރަންޕާއެކު މަސައްކަތްކުރަން ތައްޔާރަށޭ މިތިބީ. މިހެން ބުނީމާ އެންމެންތައް ރުޅިއަރައިގެން މި ކޮމެންޓު ޑިސްލައިކުކޮށްލާނެ. އެކަމަކު ކިރިޔާވެސް ފިނިވައިގެތެރެއަށް ނުކުމެލައިގެން ވިސްނާލިކޮންމެ މީހަކަށްވެސް އިނގޭނެ އެގައުމަކާއެކު މަސައްކަތްކުރުމަކީ އޭރު ހޮވިފައި ހުންނަރައީސަކާއެކު މަސައްކަތްކުރުންކަން.
ޖަޒީރާރާއްޖެ
06 October 2018
އަވަހަށް ސައޫދީ އެމްބަސީ ގުދުސަށް ބަދަލުކޮށްފައި ފިލަސްތީނު މީހުން ނެތިކޮށްލުމަށް ޓްރަމްޕް ކުރައްވާ ހިތްވަރުގަދަ މަސައްކަތަށް ލޯބިކުރައްވާ.
ރަދީފް
06 October 2018
''އެމެރިކާގެ އެހީއާ ނުލައި ސަލްމާން ރަސްގެފާނަށް ދެ ހަފުތާ ވެސް ވެރިކަމުގައި ނުހުންނެވޭނެ '' މުސްލިމް އުއްމަތުގެ ނިކަމެތިކަން އަދި އާރެއް ބާރެއް ނެތް މިންވަރު މިޖުމްލައިން އެކަނިވެސް ކިޔައިދޭ.އެހެންނޫންތޯ.