ކުރީގެ ރައީސް މައުމޫނާއި ޗައިނާ ސަފީރު ޒަންގް ލިޒޯންގް މިއަދު ބައްދަލުކުރައްވަނީ.
09 އޮކްޓޯބަރ 2018 - 16:30
ޗައިނާއިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާ ސަފީރާ ބައްދަލުކުރައްވައި ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި ރާއްޖެ އާއި ޗައިނާ އަކީ ގާތް ދެ ގައުމު ކަމަށް ވެސް، ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމަށް ފަހު މައުމޫން ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫނާއި (މ) އެމަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް (ކ)، ޗައިނާ ސަފީރު ޒަންގް ލިޒޯންގްއާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ޓްވިޓާ ފޮޓޯ: މައުމޫން
އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގައި މައުމޫން ޖަލަށް ލާފައި ވަނިކޮށް ކަފާލާތުގެ ދަށުން މިނިވަންކުރި ފަހުން ސްރީ ލަންކާގެ ރައީސް މައިތިރްޕަލާ ސިރިސެނާގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ލަންކާގެ ސްޕޯޓްސް މިނިސްޓަރު ފައިޒަރު މުސްތަފާ ވެސް ވަނީ މިދިޔަ ހޮނިހިރު ދުވަހު މައުމޫނާ ބައްދަލުކުރައްވައިފަ އެވެ. އަދި އެ ބައްދަލުވުމުގައި ލަންކާގެ މިނިސްޓަރު ވަނީ އެ ގައުމަށް މައުމޫން ވަޑައިގަތުމަށް ދައުވަތު ދެއްވައިފަ އެވެ.
ޗައިނާގެ ސަފީރާ ބައްދަލުކުރެއްވިއިރު، އެ ގައުމާ އެންމެ ވާދަވެރި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ މައުމޫނަށް ގުޅުއްވައި ހިތްވަރު ދެއްވައިފަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު ގުޅުން ގޯސްވެފައި ވާއިރު އިންޑިއާގެ ވާދަވެރި ޗައިނާއާ ރާއްޖޭގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ.
Maldives and China are close friends. Chinese ambassador HE Zhang Lizhong called on me today and we discussed our desire to further promote our cooperation in coming years. pic.twitter.com/NUatEdRjfI
— Maumoon Abdul Gayoom (@maumoonagayoom) October 9, 2018
މައުމޫން ކުރެއްވި ޓްވީޓް
މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެސް ވަނީ މިދިޔަ ހޮނިހިރު ދުވަހު ޗައިނާގެ ސަފީރާ ބައްދަލުކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޤާދިރު
10 October 2018
މައުމޫނާއި ޤާސިމު ސަލާމަތުން ތިބިހާ ދުވަހަކު މި ޤައުމަކަށް ހަމަޖެހުމުގެ ނޭވާއެއް ނުލެވޭނެ..
ސުޖާ
09 October 2018
ތިއުޅެނީ ޔާމީނު އެޅި ބުރިޖުގެ ނަން މައުމޫނުގެ ނަމަށް ބަދަލުކުރޭތޯ އާދޭސް ކުރަން.
ޝޮކްތެރަޕީ
09 October 2018
ޗައިނާޔާ ގާތްވިވަރަކަ މިރާއްޖެ ތަރައްގީ ވާނެ. އިންޑިޔާގެ ބޭނުމަކީ އެ ޤައުމުގެ މުށުތެރޭ މިޤައުމު ބޭއްވުން.
ޢެހުސާނު ސޯލިހު / ހިތަދޫ އައްޑޫ އަތޮޅު
09 October 2018
ހީ އެއް ނުވޭ އިބޫ އަކަށްވެސް ކާމިނީގެ މީހުންގެ ދަރާތުން ސަލަމަތެއްވާނެހެނެއް..އިބޫ އެވެ.!!! ޢަޅުގަނޑުގެ އެޑުވައިޒު އަކީ އަބަދުވެސް ވިސްނަންވާނެ މާލެ އަށް ނިސްބައްވާ މީހުންގެ ކޮށި އަދި ޔަހޫދީ ވިސްނުން އެމީހުން ގަބޫލު ކުރާގޮތުގައި ވެރިކަމަކީ އެބައިމީހުންގެ ތަރިކައެއް..މިމީހުން ދެކޭގޮތުގައި ރާއްޖެތެރޭގައި ތިބެންޖެހެނީ އެމީހުންގެ އަޅުން..އަހަރުމެންގެ ހަޔާތުގައި ފެނުނު 4 ރައީސުންގެ އަމަލު ސޭމު..ލިމިޓުވާތީ ކުރުކޮށްލާނަން ނަމަވެސް ވަރައްދިގުކޮށްބޭނުންވ
ހުޅުލޭ ބޮޑު މީހާ
09 October 2018
ތިން ބާރުން އެއްބާރު ކަމުގައިވާ ޖުޑިޝަރީ ކުރިންވެސް އަދި މިހާރުވެސް ގިނައީ އައްޑޫ ބޭފުޅުން.
ނަރީޝްގެ ގާލްފުރެންޑް
09 October 2018
ކޮބާ ޗައިނާ ބޭބެވެސް ޔާނު އެކަނިކޮއްފަ އެދިޔައީ.
ރެޓޭ
09 October 2018
މައުމޫނުތަ ރައީސަކީ ނުވަތަ އިބޫތަ!
އަމާޔޭ
09 October 2018
ވަރަށް ހިތައް ތަދުވާތީ ބުނަން އޮތީ ވެވެންޏާ ލޯބި ވާންވާނީ ހިތައް ކުޅަދާނަ މިންވަރަކުން އަދި ނުރުހެންޏާ ނުރުހެންވާނީވެސް ހިތައް ކުޅަދާނަ މިންވަރަކުން