ޚަބަރު / އެންޓި ކޮރަޕްޝަން ކޮމިޝަން

އެންގީ އުސޫލުގައިވާ ގޮތަށް ފްލެޓް ދޫކުރުމުގެ އިވެލުއޭޝަން ކުރިއަށް ގެންދަން: އޭސީސީ

ހިޔާ މަޝްރޫއަށް ފޯމުލާން ގޮސް ތިބި ބަޔަކު: މި މަޝްރޫއުން ފްލެޓަށް އެދި 22،000 މީހުން ކުރިމަތިލި. --ފޮޓޯ/މިހާރު

ހިޔާ މަޝްރޫއުން ފްލެޓް ދޫކުރުމާ ގުޅޭ މައްސަލަތަކެއް ބެލުމަށް ފަހު ހައުސިން މިނިސްޓްރީ އަށް އެންގީ، އެ މަޝްރޫއުން ފްލެޓް ދިނުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ކުރިއަށް ގެންދަން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

އާންމުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މި ސަރުކާރުން ފަށާފައިވާ "ހިޔާ މަޝްރޫއު"ގެ ފްލެޓްތައް ދޫކުރުމާ ގުޅޭ ޝަކުވާތަކެއްގެ މައްސަލަ ބަލަން ފަށައި، އެ މަޝްރޫއު މަޑުޖައްސާލަން އޭސީސީން އެންގީ މި މަހު 1 ގަ އެވެ. އެއީ، މި މަޝްރޫއުގެ ފޯމުތައް ބަލައިގަތުމަށް ހަމަޖައްސާފައިވާ އެންމެ ފަހު ދުވަހެވެ.

އޭސީސީ އަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު، އެ މަޝްރޫއު އަލުން ކުރިއަށް ގެންދިއުމުގެ ހުއްދަ ހައުސިން މިނިސްޓްރީ އަށް ދިނީ މިދިޔަ އާދީއްތަ ދުވަހެވެ.

އެ މައްސަލަތައް ބަލައި، މަޝްރޫއު އަލުން ކުރިއަށް ގެންދަން ހުއްދަ ދިނީ މިދިޔަ އާދީއްތަ ދުވަހެވެ.

އޭގެ ދެ ދުވަސް ފަހުން، ލިސްޓްތައް އިއުލާން ކުރަމުން އަންނަނީ ފްލެޓް ލިބުނު މީހުންގެ ނަން ނުހިމަނައި، ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓާއި ފޯމު ނަމްބަރާ އެކުގަ އެވެ. އެކަމަކު ދެ ދުވަހުގެ ތެރޭގައި ފޯމުތައް އިވެލުއޭޓްކުރީ ކޮން އުސޫލަކުންތޯ އާއްމުން ދަނީ ސުވާލު އުފައްދަމުންނެވެ. އެއާއެކު، ދިރިއުޅުމުގެ ހާލަތު ވަޒަން ނުކޮށް ލިސްޓު އިއުލާންކުރުމުން ވެސް އާއްމުން ދަނީ ޝަކުވާ ކުރަމުންނެވެ.

ހައުސިން މިނިސްޓްރީން ލިސްޓު އިއުލާން ކުރަން ފެށުމުން، އޭސީސީން ވަނީ އެ ކޮމިޝަނުން އެ މިނިސްޓްރީ އަށް ފޮނުވި އެންގުން އާއްމުކޮށްފަ އެވެ.

އެ އެންގުމުގައި، ވަނީ އެ މަޝްރޫއަށް ކަނޑައަޅާފައިވާ އުސޫލްތަކާ އެއްގޮތަށް ފްލެޓް ދޫކުރާއިރު ސަމާލުކަން ދޭން ޖެހޭ ކަންކަން ހިއްސާކޮށްފަ އެވެ.

އޭސީސީން، ހައުސިން މިނިސްޓްރީއަށް އެންގި ކަންކަން:

- ހިޔާ މަޝްރޫއުން ފްލެޓް ދިނުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އިވެލުއޭޝަން މަރުހަލާ ކުރިއަށް ގެންދިއުން.

- އިވެލުއޭޝަން ނިންމައި، ޕޮއިންޓް ދިން ގޮތުގެ ތަފްސީލު މައުލޫމާތާ އެއްކޮށް ވަގުތީ ލިސްޓު އާއްމުކޮށް އިއުލާންކުރުން.

- އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް، ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިނުން.

- އެ މުއްދަތުގައި ޝަކުވާ ހުށަހަޅާ ފަރާތްތަކަށް ލިޔުމުން ޖަވާބު ދިނުން.

- ޝަކުވާތަކާ ގުޅޭގޮތުން މިނިސްޓްރީން ނިންމަވާ ގޮތްތައް ޝަކުވާ ހުށަހަޅާ ފަރާތްތަކަށް އެއްގެވުމަށް ފަހު ދާއިމީ ލިސްޓު ނެރުން.

"މިއިން، ކޮންމެ މަރުހަލާއެއްގައި ވެސް ކަނޑައެޅިފައިވާ އުސޫލްތަކާ އެއްގޮތަށް ކޮރަޕްޝަނަށް މަގުފަހިނުވާނެ ގޮތަކަށް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރިޔަށް ގެންދެވުމަށް ވެސް ކޮމިޝަނުން ހައުސިންގ މިނިސްޓްރީއަށް އަންގާފައިވާނެ އެވެ،" އޭސީސީން ބުންޏެވެ.

ވަގުތީ ލިސްޓު މިއަދު ނެރެފައިވާއިރު، ޕޮއިންޓް ދޫކުރި ގޮތުގެ ތަފްސީލު މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ހުޅުމާލޭގައި އިމާރާތްކުރާ 7،000 ފްލެޓަށް ކުރިމަތިލީ 22،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ފްލެޓަށް ޝަރުތު ހަމަވާ މީހުން މިއަދު އިއުލާންކުރިއިރު، މި މަޝްރޫއުން ކުރިމަތިލާ އެންމެންނަށް ފްލެޓް ދެއްވަން ރައީސް އަބްދުﷲ ޔާމީން ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ރިޔާސީ އިންތިޚާބުގެ ތެރޭގައި ވާހަކަ ދައްކަވަމުން، ރައީސް ޔާމީންގެ ފަރާތްޕުޅުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ފްލެޓަށް ފޯމު ހުށަހަޅާ ކޮންމެ މީހަކަށް ވެސް ފްލެޓް ދޭން ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ އެދިވަޑައިގަތުމަށް އެކަމުގެ ޔަގީންކަން ވެސް މުއިއްޒު ވަނީ ރައްޔިތުންނަށް ދެއްވައިފަ އެވެ.

11 ކޮމެންޓް, 121 ރިއެކްޝަންސް

icon happy icon happy 74%
icon sad icon sad 4%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮޅުވާލި މުއިއްޒު

10 October 2018

މުއިއްޒު ކޮންމެ ފަހަރަކު ޓީވީއަށް އަރާ ފްލެޓް ދިނީ އެންމެ ހައްޤުމީހުންނޭ ނުކިޔާ ފްލެޓް ދިފައި ހުރީ މިވަގުތު ދޭން ޖެހޭ މީހުންނޭބުނާނަމަ މާރަނގަޅުވާނެ. ކުރީ ފަހަރު 84 އެއް ލިބިފަ މިފަހަރު 75 ލިބުނީމާ ޕޮއިންޓް ދޭގޮތާ ދޭތެރޭވެސް ސުވާލު އުފެދޭ. އަބަދުވެސް ޔާމީނު ސަރުކާރުގަ ނިކަމެތި މީހާ ވަނީ އިތުރަށް ނިކަމެތި. އެއް އާއިލާއެއްގެ 3 އެއް ނޫނީ 4 މީހުންނަށް ފްލެޓް ދޭއިރު އެވެސްވަނީ އެންމެ ނިކަމެތި އާއިލާއަށް. ކޮރަޕްޓް ސަރުކާރު. ކޮރަޕްޓް މުއިއްޒު.

The name is already taken The name is available. Register?

ގުއިއްޒު

09 October 2018

ޅުތުފީވެސް މިޖަރީމާގައި ބައިވެރިވެއްޖެ ކަން ޔަޤީން

The name is already taken The name is available. Register?

ތުނިޔަ

09 October 2018

ކިހިނެތް ބެލީ އުސޫލަށް! ދިރިއުޅުމުގެ ހާލަތު ބަލާކަށް ނާދޭ! ނުކުޅެދޭ ދަރިއަކާ އެކު ޖުމްލަ ހަތަރު ދަރިން މަގޭ އެބަތިބި! އެކަމަކު މަގޭ ނަމެއްނެތް! ލިސްޓުގަ ހުރީ ކުރީފަހަރެކޭ އެއްގޮތަށް ފޯމުނަމްބަރު...ތީހަމަ ފަހު ވަގުތުވެސް ކައިރީގައި ތިބި އެކްޓިވިސްޓުންނަށް ބަހާލީ!

The name is already taken The name is available. Register?

ވިހެއީދޯ

09 October 2018

މ އޭސީއެއް ޑަގަޑަގަލާފަ މިޙާވަރަށް ގޮވަން ވީ މިހާރުތަ. މިތާކަށް ވެއްޓިގަނެގެން މިއުޅޭn މީ މިއޮއްހާ ދުވަހު ކޮންތާކު ހަރުކޮށްފަ ހުރި އެތިގަނޑެއް ބާ.

The name is already taken The name is available. Register?

ބޯހަލާކު

09 October 2018

އަޅޭ, ވޯޓުގެކުރިން ތިޔަ ބުރިޖެއްގައި ނުބައްދައި މި އުންމީދު އެންމެނަށް ދިންނަމަ.

The name is already taken The name is available. Register?

އަޖީތު

09 October 2018

ތިޔަ އޭސީސީ އަކީ މި 5 އަހަރު ހިންގި ހުރިހާ ކޮރަޕްޝަނެއް ނުފެންނަ ކަމަށް ހެދިގެން ތިބި ބައެއް. މިނިސްޓަރުގެ ލިސްޓަށް ބަހާލި ފްލެޓުތައްވެސް ނުދެރަހުރި ކަމަށް ހެދިގެން ތިބި ބައެއް.

The name is already taken The name is available. Register?

ޗޮމމ

09 October 2018

އޭސީސީން އަންގައިގެން ފްލެޓް ދޫކުރުމަށް ނަމްބަރު ދޫކޮށްފައި ފޯމް ބަލައިނުގަނެ އޭސީސީން ހުއްދަދިނޭ ކިޔާފައި އެފޯމްތައް ބަލައިނުގަނެ ލިސްޓް އިއުލާނު ނުކުރެވޭނެއެވެ. ލުތުފުޔަށް ދިން ރެހެންދި ފްލެޓާއި މުއިއްޒުގެ ރޯހައުސާއި މުއައްވިޒުގޭ މީހަކަށް މިނިސްޓަރ ލިސްޓު ބުރުން ދިން ފްލެޓާއި އެއްޗެހިވެސް އަތުލީމާ ނާއިންސާފުން ފްލެޓް ބެހުމުން ނިކަމެތިންނަށް ލިބޭ ގެއްލުން މިމީހުންނަށް ދަސްވާނީ.

The name is already taken The name is available. Register?

އުދުހޭ

09 October 2018

7000 ފްލެޓް 22،000 މީހުންނަށް ލިބޭނެކަމުގެ ޔަގީންކަން ދެއްވީއޭތޯ؟ ލޮލް

The name is already taken The name is available. Register?

‫12345

09 October 2018

‫ރައިސް ޔާމީން ކުޑަކަކޫ މައްޗައް ތިރީވީތީ 96,000 ދިވެހި ރައްޔިތުން އެތިބީ ހިތާމައިން ފޯވެފަ. ވޯޓުލއވުނު މޮޔޮ ހިތައް އަރާފަ...

The name is already taken The name is available. Register?

ވާލުސޮރު

09 October 2018

ވޭތުވެ ދިޔަ ފަސްއަހަރެއްހާ ދުވަހު މުޅިންވެސް އޮތީ މަކަރާ ހީލަތާ އޮޅުވާލުމާ ބޭއިންސާފުގެ ސިޔާސަތެއް. ރައްޔިތުން ނޫނެކޭ ބުނީވެސް އެކަންކަމަށް. އެހެންކަމުން މިދަނޑިވަޅުގަ މިވެރިން ޖަހާ ސަކަރާތަށް ނުހެއްލި ވިސްނާ ތިބުމަކީ ރައްޔިތުންގެ ކުރިމަގަށްވެސް އެންމެ ރަނގަޅުގޮތް. ތިޔައިން އެއްވެސް މުއައްސަސާއަކަށް އިތުބާރު ނުކުރެވޭހާ ގިނަ ގޯސްތައް މާޒީގަ ވަނީ ހަދާފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454