ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިއްޔެގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ. މަޖިލިސް މެމްބަރުން އިތުރު ނުވާ ގޮތް ހަދަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ވަނީ ނިންމާފައި. - ފޮޓޯ: މަޖިލިސް
10 އޯގަސްޓް 2016 - 14:29
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 85 އަށް ވުރެ އިތުރުނުވާ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފި އެވެ.
މި އިސްލާހަކީ 2014 ގައި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު 17 ވަނަ މަޖިލީހަށް ހުށަހެޅުއްވި އިސްލާހެކެވެ. މިދިޔަ ހޯމަ ދުވަހު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި އިސްލާހާ މެދު ގޮތެއް ނިންމީ މައްސަލަ ކޮމެޓީގައި އޮންނަތާ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ.
ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން މިގޮތަށް ފާސްވި ނަމަވެސް، މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެން މި އިސްލާހު ފާސް ކުރަން ޖެހޭނެ އެވެ. ގާނޫނުއަސާސީ އަށް ބަދަލު ގެނެވޭނީ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައި މެމްބަރުންގެ ވޯޓު ލިބިގެންނެވެ. އެއީ 64 މެމްބަރުންގެ ވޯޓެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. މަޖިލީހުގައި މިހާރު ތިއްބަވަނީ 85 މެމްބަރުން. - ފޮޓޯ: މަޖިލިސް
ގާނޫނުއަސާސީގެ 71 ވަނަ މާއްދާގެ (ހ) އިސްލާހުކުރި ގޮތުން މެމްބަރުންގެ އަދަދަކީ މަޖިލިސް އެކަށައެޅުމުގައި ކަނޑައަޅާފައިވާ އިދާރީ ދާއިރާތަކާއި އިންތިހާބީ ދާއިރާތަކުގެ މައްޗަށް ބިނާކޮށް 85 މެމްބަރުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދު އެއަށް ވުރެ އިތުރެއް ނުކުރެވޭނެ އެވެ.
ގާނޫނުއަސާސީގައި މިހާރު އޮންނަ ގޮތުން ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކުރެވިފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރާއަކަށް ދެ މެމްބަރުން އައްޔަން ކުރަންޖެހޭނެ އެވެ. އަދި 5000 އަށް ވުރެ އިތުރުވާ ނަމަ، އާބާދީގެ ފުރަތަމަ 5000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5000 މީހަކަށް މެމްބަރެއް އައްޔަންކުރަން ޖެހެ އެވެ.
އިސްލާހު ހުށަހެޅުއްވި މެންބަރު އާމިރު ވިދާޅުވި ގޮތުގައި މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވުމަކީ ގައުމުގެ ސިޔާދަތަށާއި އިދާރީ ހިންގުމަށް އެންމެ އެދެވޭ ބަދަލު އަންނާނެ ކަމެއް ނޫނެވެ. މަޖިލީހުގައި ތިއްބެވި 85 މެމްބަރުންގެ އަދަދު ދެމިއޮތުމަކީ ބެހިފައިވާ އިދާރީ ދާއިރާތަކުގެ ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން އާމިރު ވަނީ ލޯކަލް ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ބަދަލު ކުރުމަށާއި ކައުންސިލްގެ ރައީސުން ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން އިންތިހާބުކުރާ ގޮތަށް ގާނޫނުއަސާސީއަށް ދެ އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅައިފަ އެވެ. ނަމަވެސް އިސްލާހުތައް ފާސްކުރަން ބޭނުންވާ އަދަދަށް ވޯޓު ނުލިބި، މިދިޔަ ހޯމަ ދުވަހު ދެ އިސްލާހު ވެސް ވަނީ ބޭރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުރަބޯ
11 August 2016
މެންބަރުންގެ ޢަދަދު މާބޮޑަށްވެސް މަދުކުރަންޖެހޭ އަދި މުސާރަވެސް 25000 އަށްވުރެ ބޮޑުވެގެން ނުވާނެ. އެބަޔަކު އަމިއްލައަށް އެބަޔަކަށް ދޭނެ މުސާރަ ކަނޑައެޅޭގޮތަށް އޮންނަންޏާ އަދިވެސް ބޮޑުކުރަން ހިފާނެ.
ޔަ
11 August 2016
އަތޮަލަކަށް 2 މެންބަރުން ހަދަންވީ
އަލިބެ
10 August 2016
ފާސްނުވާނެކަން އެނގުނީމަ އެހިސާބުން ހުއްޓާލީދޯ!!!
ވޯލް
10 August 2016
މުސާރަ ކުޑަކުރަންވީ ނުނީ 2/3 އަށް މެމްބަރުންގެ އަދަދު މަދު ކުރަންވީ. މިއޮތް ކުޑަކުޑަ ގައުމަށް ނުބައްދަލު އަދަދެއް ތިއީ. ޚަރަދުގެ ގޮތުންވެސް. އަނެތްކޮޅުން ތިޔަ ހުރިހާ މީހުން ހޮވަންވީމަ ކަމަށް ޤާބިލް މީހުނެއް އެވަރަކަށް ނެތް. ފުޓިބޯޅަ ކުޅޭ މީހުންނާއި މަސްވެރންނާއި ފިލްމް ސްޓާރުން ނެތްނޫން މަޖިލިހަށް ހޮވަންވީ. ކިޔަވާގެންތިބު އުޅުން ރަގަޅު މެދު އުމުރުގެ މީހުން ހޮވަންވީ.
ތުއްުތު ބޭ
10 August 2016
ހެހެ...ކޮށްފަ ނުކުރާނެ ކަމެއް ނޭނގިގެން އުޅޭ ބައެއް...ރައްޔިތުން ހަނާވަނީ..
ފެހި ކުލަ
10 August 2016
ޓި ހުރިހާ ވޯޓަކަށްވުރެ ބޭނުމީ މަޖިލިސް މެމްބަރުންގެމުސާރަ ކުޑަކުރަން.10000 ރުފިޔާ އަކީ އަސާސީ މުސާރަ ކަމަށްހެދުމަށާއި އެއުރެންގެ މުސާރަ ކަނޑައެޅުމަކީ ވަކި ދާއިރާއަކުން ކުރާކަމަކަށް ހެދުން. މިކަމަށް ތާއީދު ކުރައްވާނަމަ ކޮމެންޓް ކޮށްދެއްވާ
ދުރުމީ
10 August 2016
ތާއީދު
އަމީން
10 August 2016
މަޖލިހުގެތަޅުމަށް ތިބިލް ވައްދާއިރަށް އެއްކަންފަތުގަ ހިފާފަބެެރަށް ހޫރާލާނެކަން އެގޭތީ ލަދުން،ކުރީގެ ދެބިލަށްވީގޮތްފެނިފަހިއްދަތިވީ.ހާދަގަޓެއްނެތޭ.
ކޮޑަފުށީ
10 August 2016
އަތޮޅަކުން ދެމެމްބަރުން ނެގީމާ ކަމަކު ނުދޭ. އޭރުން ވ އަތޮޅަށްވެސް 2 އައްޑު އަށްވެސް 2. މިހާރު އޮތްގޮތުން ކޮބާތަ މައްސަލައަކީ. މީހުންގިނަވިވަރަކަށް އެމީހުންގެ މަންދޫބުންވެސް ގިނަވާންޖެހޭނެނު؟ ޚަރަދު ކުަޑަކުރަންޏާ ކުރެވޭނެ ބައިވަރުކަންތައް ހުންނާނެ. މެމްބަރުންނަށް ކާރު ހަދިޔާ ނުކުރާންވީނު؟ މުސާރަކުޑަކުރަންވީނު؟ ލާރި ނެތިއްޔާ މަޖްލިސް ބެލެހެއްޓުމަށް ޓެކުހެއް ނަގަންވީނު؟ ކޮންމެހެން މިހާރު މިހަރަވަރު ރަގަޅެއް ނޫން. ބޯގިނަވިވަރަކަށް ހަަމަ މަންދޫބުން ގިނަކުރަންވީ. އެއީ ތަރައްގީ
ބިންސަރީފް
10 August 2016
ކޮންމެ އާބަދީ((އަކީއަތޮޅެކެވެ)އަކަށް2މެންބަރުން މާލެއަޢް4މެންބަަރުން 10000މީހަކައްމެންބަރެއް
އަައްޔަ
10 August 2016
ތިޔަދާވަރުން ދަންޏާ މަޖިލީހުގެ 85 މެންބަރުންނަކީ އުމުރަށްވެސް މިހާރު ތިބި މެންބަރުން ކަމަށް ވެސް ކަނޑައަޅާނެ.