ޕާކިސްތާނުގައި ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި ގާތިލް އިމްރާން އަލީ.
12 އޮކްޓޯބަރ 2018 - 15:58
ލާހޯރު (އޮކްޓޯބަރު 12) - ޕާކިސްތާނުގައި ރޭޕްކުރުމަށް ފަހު ވަރަށް އަނިޔާކޮށް މަރާލި ކުޑަ އަންހެން ކުއްޖާ ޒައިބް އަންސާރީގެ ގާތިލް އިމްރާން އަލީ އަންނަ ބުދަ ދުވަހު ދަންޖައްސައި މަރަން ހަމަޖައްސައިފި އެވެ.
މުޅި ދުނިޔޭގެ ސަމާލުކަން ލިބުނު މައްސަލައިގެ ގާތިލް އިމްރާންގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅާފައި ވަނީ ކިޑްނެޕްކުރުމާއި ރޭޕް ކުރުމާއި މީހުން މެރުމުގެ ކުށުގަ އެވެ.
ޒައިނަބުގެ ގާތިލް އިމްރާންގެ މައްޗަށް ވަނީ ލާހޯރުގެ ދެކުނުން އޮންނަ ކަސޫރު ސިޓީގެ އެހެން ބައެއް ކުދިން ރޭޕްކޮށް މެރުމުގެ ދައުވާ ވެސް އުފުލައިފަ އެވެ.
ޒައިނަބް އަންސާރީ.
ކުށަށް އިއުތިރާފް ވަމުން އިމްރާން ކޯޓުގައި ބުނެފައި ވަނީ ގާނޫނީ އެހީތެރިކަން އޭނާ ބޭނުން ނުވާ ކަމަށެވެ. އިމްރާން ބުނީ އޭނާ ހިންގި ޖަރީމާ އަށް ބަލާއިރު ކޮންމެ އަދަބެއް ދިން ނަމަވެސް އެ ވާނީ ކުޑަ އަދަބަކަށް ކަމަށެވެ.
ޒައިނަބް މަރާލުމަށް ފަހު ކުނި ގޮނޑަކަށް އެއްލާލާފައި އޮއްވާ ފެނިފައި ވަނީ މި އަހަރުގެ ޖެނުއަރީ 9 ވަނަ ދުވަހު އެވެ. ޒައިނަބުގެ މަރާ ގުޅިގެން ޕާކިސްތާނުގައި ވަރަށް ބޮޑަށް ހަމަނުޖެހުން ހިނގާ ދެ މީހަކު ވަނީ މަރުވެފަ އެވެ. އަދި ޒައިނަބުގެ ގާތިލް ހޯދުމުގައި ފުލުހުން އިހުމާލްވެފައިވާ ކަމަށް ބުނެ ފުލުހުންނަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވި އެވެ.
ޒައިނަބުގެ އާއިލާ އިން ބުނެފައި ވަނީ ޒައިނަބު ގެއްލިގެން ހޯދި ފަސް ދުވަސް ތެރޭ ފުލުހުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރި ނަމަ އެ ކުއްޖާ ދިރިހުއްޓާ ފެނުނީސް ކަމަށެވެ. ޒައިނަބް ވަގަށް ނެގި އިރު އޭނާގެ މައިން ބަފައިން ވަނީ އުމްރާގެ އަޅުކަމަށް މައްކާ އަށް ގޮހެވެ. ޒައިނަބުގެ ގާތިލް އިމްރާން ހައްޔަރު ކުރީ ޖެނުއަރީ 23 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެން؟
06 September 2019
ރަނގަޅެންނު! ޒައިނަބުގެ ބައްޕަ އައް ފައިދާ!!!
ހަބޭސް222
14 October 2018
މި މީހާ ދަންޖައްސާތީ އެއްވެސް ބަޔަކު ކަންބޮޑުނުވޭ ކީއްވެބާ! ސަބަބަކީ އެ ޝަރިޢަތަކީ އިންސާފުވެރި ޝަރިޢަތަކަށް ވީމަ ކަން ޔަޤީން! މީ ޙައްޤު ޝަޒާ. މިކަމުގައި އެއްވެސް މައްސަލައެއް ނެތް. ރާއްޖޭގައި މިކަމާއި ދެކޮޅުވަނީ އިންސާފުވެރި ޝަރިއަތް ނުކޮށް މަރުގެ އަދަބު ތަންފީޒު ކުރަން އުޅޭތީ! ދީނުގައި ކަނޑައެޅިގެން އަންގަވާފަ އޮތް ގޮތަށް ޢަމަލުކޮށްގެން އެއްވެސް ބަޔަކު ކަންބޮޑެއް ނުވޭ! އިންސާފުވެރި ޝަރިއަތެއް ނުކުރެވި ދަންޖައްސަން އުޅޭތީ ކަންބޮޑުވަނީ!
ށަމާ
14 October 2018
ޢިންސާނުން ކުރާއެއްވެސް ކަމެއް އެއްމެ ފުރިހަމަކޮށް ނުކުރެވިދާނެ. މިކަން އިންސާފުވެރިއޭ ތިޔަބުނަނީ މިކަމަށް މީހުންގެ ސަމާލުކަން ލިބުނުވަރުން، އެކަމަކު ކޮންމެ މައްސަލައަކަށް މިވަރަށް ސަމާލުކަން ނުލިބޭނެ، ދެން މީހުން ފަރުވާކުޑަވާނީ، ވީމާ ދެން އެފަދަ ހާލަތުގަ ހުކުމް ނުކުރަންވީދޯ؟ ދުނިޔެއަކީ ކެހިވެރިތަނެއް، ހަގީގީ އިންސާފު ލިބޭނީ ފަހުދުވަހުން.
ހަކީމް
14 October 2018
އިންސާނީ ހައްގު ތަކަށް ލޯބިކުރާ ޖަމާއަތް ތަކާ ފަރުދުން މިކަމަށް ވެސް ދެކޮޅު ހަދާނެ. މިއީ ދުނިޔޭގެ އާދަ. ރޭޕް ކުރީމަވެސް މިމީހުން ކަންބޮޑުވޭ އަދި ހައްގު އަދަބު ދިނީމަވެސް މިމީހުން ކަންބޮޑުވޭ - އަހަރެންގެ ނަޒަރުގައި މިމީހުންނަކީ ސިނކުޑީގެ މައްސަލަ އުޅޭ ބަޔެއް.
ބަކަޅޭ
13 October 2018
އަސްލު މުޒާހަރާއަށް ނިކުންނަންވީ މިކަމަށް.....ކީއްވެގެންތޯ އެއްވެސް ބަޔަކު މިކަމަށް ނުނިކުންނަނީ؟ މި މަރުގެ އަދަބާއި އިސްލާމީ ޝަރީޢަތުގެ އެންމެހާ ހުކުމެއް އިއްވާތޯ އެއްނޫން އިނގޭތޯ ތަންފީޒުކުރުވަން....
ހަބީބު
13 October 2018
ތިޔަސުވާލު ޝަހީމުއާ ކޮއްލާ
ރީތި މޫސަ
13 October 2018
ރާއްޖޭގަވެސް މީހުންމެރުމާއި ރޭޕްފަދަ ޢަމަލުތަށް ހިންގާމީހުން މަރަށްފަށަނިކޮށް އެފަދަކަންކަން ހުއްޓުވިދާނެ ދެންއޮތީ ބޭރުގެ އިންސާނީހައްޤުތަކާއި ބެހޭފަރާތްތަކުން މަރުގެއަދަބު ތަންފީޒުވިޔަނުދިނުމަށް ދައްކަމުންދާ ބިރުދެއްކުންތަށް މިހާރުވެސް ބަޔެއްޤައުމުތަކުން އެދަނީ އެކަމަށް ބެލުމެއްނެތި މަރުގެ އަދަބު ތަންފީޒުކުރަމުން ވީމާ ރާއްޖެއަށްވެސް މަރުގެ އަދަބު ތަންފީޒުކުރެވެންވާނެ
ދާދޭ
13 October 2018
މިތާގެ ފުލުުހުންނަށްވުރެ ކުޑަކުޑަތަންކޮޅެއް އެމީހުން މޮޅީ.
ޝަޒް
12 October 2018
ކީއްވެބާ ސައްތަ އިން ސައްތަ މުސްލިމުން ނޭ ކިޔައިގެން އުޅޭ މިރާއްޖޭގައި މިކަހަލަ ކަނތައްކުރާ މީހުންނަށް މި އަދަބު ނުދެވިގެން މިއުޅެނީ !!!
މޙއމދ
13 October 2018
ވާރުތަ ވެރިން އެއްބަސްނުވާތީ
ޜިޤްޒް
12 October 2018
ހަމަ މަރާލަންވީ.
ޝިޔާމް
12 October 2018
މަރަށް މަރު ނޫން ފަރުވާއެއް ނެތް.