ގެއްލިފައިވާ ސައުދީ ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީ. --ފޮޓޯ:އޭއެފްޕީ
13 އޮކްޓޯބަރ 2018 - 11:42
ރިޔާޒް (އޮކްޓޯބަރު 13) - ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީ މަރާލި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި އެއީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.
ދާޚިލީ ވަޒީރު ޕްރިންސް އަބްދުލް އަޒީޒް ބިން ސައުދު ބިން ނާއިފް ބިން އަބްދުލްއަޒީޒް ވިދާޅުވީ ނޫސްވެރިޔާ ގެއްލުމުގެ ހަގީގަތް ހޯދަން ސައުދީން ވެސް ވަރަށް ޝައުގުވެރިވާ ކަމަށެވެ. ސައުދީ ދާޚިލީ ވަޒީރު މިހެން ވިދާޅުވެފައި ވަނީ މި މަހު 2 ވަނަ ދުވަހު ނޫސްވެރިޔާ ކޮންސިއުލޭޓަށް ވަތް ފަހުން ޚަބަރެއް ނުވެގެން އުޅޭތާ 11 ދުވަސް ފަހުންނެވެ. ތުރުކީން ބުނެފައި ވަނީ ކޮންސިއުލޭޓް ތެރޭ ނޫސްވެރިޔާ މަރާލީ ކަމަށެވެ. ސައުދީ ވަނީ އަސްލެއް ނެތް ތުހުމަތު ނުކުރަން އަންގައިފަ އެވެ.
ތުރުކީން ބުނެފައި ވަނީ ކޮންސިއުލޭޓް ތެރޭގައި ނޫސްވެރިޔާ މަރާލި ކަމުގެ އޯޑިއޯ އަދި ވީޑިއޯ ހެކި ލިބިފައިވާ ކަމަށެވެ.
ނޫސްވެރިޔާ ގެއްލުނު މައްސަލަ ތަހުގީގު ކުރަން ތުރުކީ އަށް އެއްބާރުލުން ދިނުމަށް ސައުދީ ޓީމެއް ހުކުރު ދުވަހު ވަނީ އިސްތަންބޫލް އަށް ޒިޔާރަތް ކޮށްފަ އެވެ.
ހާޝޮގްޖީ ކޮންސިއުލޭޓަށް ދިޔައީ ތުރުކީގެ ރައްޔިތެއް ކަމަށްވާ ޚަދީޖާއާ ކައިވެނި ކުރަން ބޭނުންވާ ލިޔެކިޔުންތަކެއް ފުރިހަމަ ކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަޙްމަދް
14 October 2018
ލޮބުވެތި މުސްލިމުންނޭ! ފާސިޤަކު ޙަބަރަކައިގެން އައި ނަމަ އެކަމުގެ ދޮގުތެދު ބެލުމަށްالله الله سبحانه وتعالى قرانގައި ވަނީ އަންގަވާފައެވެ.
ށައުދީ
13 October 2018
މަރާ ނުލާނަމަ ކޮންސިލޭޓުން ނުކުންނަ ސީސީޓީ ފުޓޭނޖު ދައްކަބަލަ. ޢެކެމަރާތަ މަސެއްކަތެ ނުކުރާކަމަ ބުނުނަކީ ބުއްދިގަބޫލް ކުރާކަމެއްނޫ.
ކަނބުލޭގެ
13 October 2018
ތީ ނޫސް ވެރިޔެއްތާ؟ނުވަތަ ފަސާދަވެރިއެއްތަ؟
ކިނބުލޭ
13 October 2018
ބިން ސަލްމާނުގެ ޖައްބާރުކަން ދިފައުކުރާނީ ހާދަހާ ނުބައިނުލަފާ މީހުންނޭ!
35087
13 October 2018
މަރާނުލާނަމަ ފެންނަން ވާނެނު
ޝިޔާމް
13 October 2018
ތިކަން ދެނެވޮޑިގެންވާ ފަރާތެއްވާކަން ހަނދުމަކުރޭ.
ކެމެލް
13 October 2018
ނޫސްވެރިޔާ ރިލްވާން ގެއްލުވައިލި ހާދިސާ ހަނދާންވާ ކަހަލަ މައްސަލައެއް!
ދޮންބެބޭބެ
13 October 2018
ކޮން ވާހަކައެއް. ހަމަ މަރާލީ