އިދިކޮޅު ކޯލިޝަންގެ ލީޑަރުން: އިންތިހާބު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ތެރެއަށް ވަނުމަށް އިދިކޮޅު ލީޑަރުން ވަނީ ހުށަހަޅާފައި --ފޮޓޯ/މިހާރު
13 އޮކްޓޯބަރ 2018 - 14:01
ރިޔާސީ އިންތިޚާބު ބާތިލްކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ތެރެއަށް ތަދައްޚުލްވުމަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން ހުށަހަޅައިފި އެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލް ކުރަން ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން މިހާރު ވަނީ ބަލައިގަނެ، އެ މައްސަލާގެ ޝަރީއަތް މާދަމާ ފަށަން ހަމަޖައްސައިފަ އެވެ.
އެ މައްސަލައިގެ ތެރެއަށް ވަނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތުން ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ މައްސަލައަށް ވަނުމުގެ ހުއްދަ ދިނުމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމިކަން ސާފެއް ނުވެ އެވެ.
އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރެއްވުމަށް ފަހު ރައީސް ޔާމީންގެ ފަރާތުން އެ މައްސަލަ ހުށަހެޅުއްވީ ސަޕޯޓަރުންގެ ފަރާތުން ލިބެމުންދިޔަ ޝަކުވާތަކާ ގުޅިގެން ކަމަށް ޕީޕީއެމުން ބުންޏެވެ.
އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅިއިރު، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ދުނިޔޭގެ ގިނަ ގައުމުތަކުން ގެންދަނީ މަރުހަބާ ކިޔަމުންނެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާ އަމާންކަމާ އެކު ގެންދާނެ ކަމުގެ ޔަގީންކަން ވެސް ސަރުކާރުން ވަނީ ބޭރުގެ ޖަމާއަތްތަކަށް ދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓޮނޭ
14 October 2018
ދައުލަތުން އެތައް މިލިޔަން ރުފިޔާއެއް ހޭދަކޮށްގެން އެތައްހާސް މީހުންގެ ވަގުތު ހޭދަކޮށްގެން ރައްޔިތުން ބައެއް ތަންތާނގައި ހަތަރު ފަސްގަޑިއިރު ކޮޅަށް ތިބެގެންލީ ވޯޓް އެންމެންގެ ކުރިމަތީގައި ގުނައި ނަތީޖާހަދައި އެ ނަތީޖާގައި ދެފަރާތުގެ މަންދޫބުން ސޮއިކުރުމަށްފަހު އެ އިއުލާނުކޮށް އެންމެން އެ ގަބޫލުކޮށް ނިންމުމަށްފަހު ފުލޯކު ވާހަކަތަކެއްގެ މައްޗަށް ހައެއްކަ މީހުން ތިބެގެން އެއްލައްކަ ތިރީސްއެތައްހާސް ރައްޔިތުންގެ ނިންމުން ބާޠިލުކުރެވިގެން ނުވާނެއެވެ.
ިއިބްރާހީމް ރަޝީދު.
14 October 2018
އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރެއްވުމަށް ފަހު ރައީސް ޔާމީންގެ ފަރާތުން އެ މައްސަލަ ހުށަހެޅުއްވީ ސަޕޯޓަރުންގެ ފަރާތުން ލިބެމުންދިޔަ ޝަކުވާތަކާ ގުޅިގެން ކަމަށް ޕީޕީއެމުން ބުންޏެވެ. މީ ކޮންފާޑަކަށް އުޅެން ދަސްކޮށްގެން އުޅޭ "ޕާޓީ؟؟" އެއްތަ؟
ވަހީދު
14 October 2018
އަޅެ މައުމޫނު އަބްދުލް ޤައްޔޫމަކީ ވެސް ޕާޓީއެއްތަ؟
ޥވ×ބބ
14 October 2018
މިހާރުއެބައޮތް ސުޕްރީމްކޯޓުދޮރުމަތީ ކިއުހަދާފަ. ޙަަހަަަހަ
ނިހާނ
14 October 2018
މައްސަލަޖައްސާނެކަމެއް ނުފެނޭ. ވޯޓުން ބޮޑުގޮތަކަށް ތތިއޮތީބޭރުވެފަ
އިސްމަތުޢަބްދުލްމަޖީދު
14 October 2018
މިކޭސް ރެޕްރެސެންޓް ކުރަން އެންމެ އެކަށީގެންވަނީ ޑރ ޖަމީލް!
ނާޒިމާ
13 October 2018
ބޭނުންކަމެއްނޫން، ރާއްޖޭގެ އަމާން ބަލަހައްޓަންތިބީ ތަޢުލީމީ ޒުވާނުން އަދި މިއާއި އެކު ކުރިމިނަލް ރެކޯރޑު ނެތްގާބިލު ބަޔެއް. ރައްޔަތުން އެއޮތީ ރައްޔަތުންގެ ގޮތް ނިންމައިފައި، މަދު 2 ނުވަތަ 3 މީހުންގެ ދިފާއުގައި ގައުމުގެ އެއްމެހައި ރައްޔަތުން ނާއި މުޅި ގައުމު ހަލާކުގެތެރެއަށް ވެއްޓޭކަށެއް ހީނުވޭ ދޫކޮށްލައްވާނެކަމަކަށް.. ވީމާ އަންނަމަގުގެ 11 އަށް ކެތްކޮތްލައިގެން ތިއްބަވާ..ކޮމެންޓު ލިމިޓުވެއްޖެ. ވަރައް ސަލާމް.. އެއްމެން ދުޢާއުކުރޭ.. އާމީން
ކުޅުދުއްފުށީ ޓަވަރު
13 October 2018
ކުރިން މާލޭގައި ނޫނީ އެއްކޮށް ކަނޑަން އެނގޭ މީހަކު ނެތްކަމަށް ބަލާ ވޯޓު ފޮށިގެނައީ މާލެއަށެވެ. މިހާރު ފޮށި ގުނަން ރަށުގައި ބަހައްޓާފައި މިހަދާގޮތަކީ މާދުރު މާލެއަށް މައްސަލަ ގެންދިއުމެވެ. އަހަރެމެން އެންމެހާ ރައްޔިތުންގެ ހައްގު މާލޭގައި އުޅޭ 2 ތިން މީހަކުވެގެން ހިލާލަން އަދިވެސް މިއޮތީ ޖާގަ ދެވިފައެވެ. ރަށުގެ މައްސަލަ ފުރަތަމަ މަރުހަލާގައި ބެލެންޖެހޭނީ ރަށުގައެވެ.
މަސްތު ދަރިއެއް ބަލާ މަންމަ
13 October 2018
ހައްދަވަ ގެންގުޅުއްވާ އިލާހް. ޔާ ﷲ މަސްތުވާތަކެތި ވިއްކާ އިސްލާމް ދީނުގެ ޢަދުވުން ބަލިކުރައްވާ ރައްޔިތުންނަށް ނަސްރު ދެއްވާ ފާނދޭވެ. މިދުޢާ ކުރުން މަތީ ދެމި ހުރީމެވެ.
ހިމާރުލް ގައުމު
13 October 2018
ނުވެސް ބެހޭ ކަމަކަށް ވަދެގަނެގެން ގައުމު ކުޑަކަކޫ ޖައްސާލާ ނިދި ގެއްލުވާލައިފި. ރައްޔިތުން 2 އިންތިހާބުގައިވެސް ނޫނެކޭ ބުނި މީހަކު ހެޕީ. މައްސަލަ ޖެހުނު ހުރިހާ ރަށެއް އެއްކޮށް ދިނަސް މޮޅުވަން ނެތް.