އިންތިހާބު ކާމިޔާބުކުރެއްވުމުގެ އުފަލުގައި ބޭއްވި ހަފުލާއެއްގައި އިންތިހާބީ ރައީސް އިބޫ ކުޑަކުއްޖަކާ ވާހަކަ ދައްކަވަނީ
22 އޮކްޓޯބަރ 2018 - 11:51
މީޑިއާގެ މިނިވަންކަން ނެތި ޑިމޮކްރަސީއެއް ނޯންނާނެ ކަމަށާއި ޑިމޮކްރަސީގެ ވިންދަކީ މީޑިއާ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީއަށް ވަޑައިގެން އެ ސްޓޭޝަންގައި ވާހަކަފުޅުދައްކަަމުން އިބޫ ވިދާޅުވީ މީޑިއާއަށް މިހާރު ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އެހެންވެ އެމަނިކުފާނުގެ ވެރިކަމުގައި އެ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"ޑިމޮކްރަސީއެއް ދެމިއޮތުމަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ވަރަށް މުހިއްމު އެއްޗެއް،" ކުރިން ނޫސްވެރިކަމުގެ ދާއިރާގައި ވެސް މަސައްކަތް ކުރެއްވި އިބޫ ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މީޑިއާތަކަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ނޫސްވެރިކަމަށް މިހާރު ހިޔަނިއެޅިފައިވާ އަބުރުގެ ގާނޫނު ވެސް، ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އުވާލައި މަސައްކަތަށް ފަހި މާހައުލެއް ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
މީޑިއާތައް މަސައްކަތް ކުރަން ޖެހޭނީ ދެ ފަރާތުގެ އަޑު ގެނެސްގެން ކަމަށާއި ސަރުކާރުން ކޮށްދޭ ކަންތައްތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ އިތުރުން ރައްޔިތުން ދެކޭ ގޮތް ސަރުކާރަށް ގެނެސްދިނުމަކީ ވެސް މީޑިއާތަކުން ކޮށްދޭން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި އެކަން ސަރުކާރުން ފަހިކޮށްދޭން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
މިދިޔަ މަހުގެ 23ގައި ބޭއްވި އިންތިޚާބަށް ފަހު އިބޫ ވަނީ ރާއްޖެ ޓީވީއަށް ވަޑައިގެން އެތަނުގެ މުވައްޒަފުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަހް
30 October 2018
އިބޫ ހާދަވަރަކަށް ނޫސްވެރިންނަށް ޗިޕް ޖަހަނީ. ހަމްމް. އޭރުންތާ އޭނަ ހާވާހަޑީ ރައްޔިތުންނަށް ފޮރުވޭނީ.
ނަޝީދުގެ ޕަޕެޓް
22 October 2018
ޑިމޮކްރަސީގެ އައްޕައިން ކައިރިންތަ ތައުލީމު ހާސިލް ކުރީ.
ބޮސް
22 October 2018
ކެއްވާނެބާ އިބޫއަށް
އާރު.ޓީ ޖުނައިދު
22 October 2018
މީޑީއާގެ މިނިވަން ކަމުގެ ވާހަކަ ދެއްކީމަ އަބަދުވެސް ހަނދާނަށް އަންނަނީ އަޅުގަނޑުގެ އެކުވެރި ވ.ޓ.ވ އަބުޅޯ މަތިން . ތިޔަ އެކުވެރިޔާ މީޑިއާގައި ކުރަށްވާ ބުރަ މަސައްކަތަށް ރަތް ކޮތަޅު ފުރެންދެން ޝުކުރު ދަންނަވަން .