ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް (ކ) އަދި އެ ޕާޓީގެ ނައިބު ލީޑަރު ރިޔާޒާއި ގާނޫނީ ވަކީލް ނޫރުއްސަލާމް. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
22 އޮކްޓޯބަރ 2018 - 21:26
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިރޭ ހުޅުވާލައިފި އެވެ.
ޖޭޕީން ބުނީ އެ ޕާޓީގެ 123 ވަނަ ކައުންސިލް ބައްދަލުވުމުގައި މަޝްވަރާކޮށް، ޕާޓީގެ ރައީސް އަލީ ވަހީދު ހުށަހެޅުއްވީ އެ މަގާމަށް ބޭފުޅަކު ހޮއްވެވުމަށް އެ ފުރުސަތު ހުޅުވާލުމަށެވެ. އަލީ ވަހީދުގެ ހުށަހެޅުއްވުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެމްބަރުންގެ އިއްތިފާގުންނެވެ.
ނަމަވެސް، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީ ކިހާ ދުވަހަކަށް ކަމެއް ޖޭޕީން ނުބުނެ އެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، އަދި އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި، ޖޭޕީގެ ބާނީ ގާސިމް އިބްރާހިމާއި ޕާޓީގެ އިސް ބޭފުޅުންނާއި ކައުންސިލްގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
މިދިޔަ ޖޫން 28 ގައި ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ލީޑަރުގެ މަސްއޫލިއްޔަތުތައް، އެ ޕާޓީގެ ހަތަރު ޑެޕިއުޓީ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ހުސައިން ރަޝީދު ހަސަނާ ހަވާލު ކުރަން ފާސްކުރި އެވެ. މީގެ ކުރިން އެ މަގާމުގައި ހުންނެވީ ޖޭޕީގެ ބާނީ ގާސިމް އިބްރާހީމެވެ.
ގާސިމަށް އެ މަގާމު ގެއްލުނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވެ ގާސިމް ޖަލަށް ލާން ހުކުމް ކުރުމުންނެވެ. އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، ޖިނާއީ ހުކުމެއްގައި ހުންނަވާ ބޭފުޅަކު، ޕާޓީގެ އިސް މަގާމެއްގައި ނުހުންނެވޭނެތީ އެވެ.
އެހެންވެ، ޖޭޕީގެ ތިންވަނަ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ގެނައި އިސްލާހުގައި އެއްވެސް ސަބަބަކާ ހުރެ ޕާޓީގެ ލީޑަރުގެ މަގާމު ހުސްވެއްޖެ ނަމަ ނުވަތަ އެ މަގާމު ފުރުއްވުމަށް އުޒުރުވެރިވެއްޖެ ނަމަ އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ޕާޓީގެ ކައުންސިލުން ކަނޑައަޅާ ނައިބު ލީޑަރުގެ ގޮތުގައި ހަމަޖެއްސުމާއެކު، މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ގާސިމަށް އެ މަގާމު ގެއްލުނެވެ.
ޖޭޕީގެ ކޮންގްރެސްގައި ގާސިމަށް އެ މަގާމަށް ކުރިމަތި ނުލެއްވުނީ އޭނާ އަށް އިއްވާފައިވާ ތިން އަހަރުގެ ޖަލު ހުކުމާ ހެދި އެވެ. އެކަމަކު، ކްރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް އިއްވި ހުކުމަކީ ބާތިލް ހުކުމެއްގެ ގޮތުގައި ހައި ކޯޓުން ކަނޑައަޅައި، ޖަލު ހުކުމުން ގާސިމް ވަނީ މިއަދު ސަލާމަތްވެވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަލޯ
23 October 2018
ގާސިމަށް އެ މަގާމު ގެއްލުނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވެ ގާސިމް ޖަލަށް ލާން ހުކުމް ކުރުމުންނެވެ. މިގައުމު ހަލާކު ކުރާ މަހުޖަނު.
ސޭކުބެ
23 October 2018
ހަމައެކަނި ގާސިމަށް ފާޑުކުއުމަކުން ނުނިމޭ. ކޮންމެ ސިޔާސީ ޕާޓީއެއްގަވެސް ކަންހުރީ ހަމަ އެއްގޮތަކަށް. މިސާލަކަށް އެމްޑީޕީ އިން އަންނި، ޕީޕީއެމްއިން މައުމޫނުގެ ބާރުހުރިއިރު މައުމޫން. ޖޭޕީއިން ޤާސިމް. ކޮބާ ތަފާތަކީ؟
ސޭޓުގެ އަނބިމީހާގެ ފިރިމީހާ
23 October 2018
ތިޔަ މަގާމަށް އެންމެ އެކަށީގެންވަނީ އައިޝަތު ނަހުލާ.
ހަސަންސް
23 October 2018
ޖޭޕީގެ ބާނީއެއްހުރޭ، ލީޑަރެއް ހުރޭ، ރައީސެއް ހުރޭ، ހަތަރު ފަސް ނައިބުން އުޅޭ.... ހާދަހާ ބޮޑު ސިންގާ ޕާޓިއެކޭ...
އަލިފް
23 October 2018
ޑްރާމާ އެކެވެ. ގާސިމް ނޫން ދެން ކާކު ހެއްޔެވެ؟ ޕާޓީ ތަކުން ކުޅޭ ކުޅިވަރެކެވެ.
އަހައްމަދު އަހައްމަދޭ
23 October 2018
ތި ދެން މާ ބޮޑު ކަމެއްތަ ،އެމްޑީޕީ އަކީ އަންނި ،އެހެންމީހަކަށް އެކަމެއް ނުވާނެ އެހެންވެ ގަސިމް ހެދި އެއްޗެއް ޖޭ ޕީ ،ޖޭޕީ އަކީ ގާސިމް ،ޑީއާރު ޕީ އަކީ މައުމޫނު ،އޭގެ ބޭނުން ނުހިފޭ ހާލަތައް ޕާރޓީ ވެއްޓުމުް ދޫކޮއްލާފަ ހެދި ޕީޕީއެމް އަކީ މައުމޫނު ،މިދެން ދިމޮކުރަސީ ތާކިހަލެއް އަޅުވައިގެން ޑިމޮކުރެޓިކް ވެގެން އުޅޭ ގައުމެއް ވިއްޔަ،
ބޮސް
23 October 2018
ޤާސިމަށް ހުރިހާކަމެއް ފަހިވެއްޖެ މަކަރު ގަދަ މީހެއް ފަހުން މީހުނަށް ވިސްނޭނީ
ރައްޔިތުން
23 October 2018
ޖޭޕީގެ ލީޑަރަކަށް ދެން އަންނާނީ ގާސިމުގެ ދަރިފުޅުކަމުގައި ފެނޭ
ލިއުޝާ ނަޒީރު / ހިތަދޫ /ޔޫ ކޭ
23 October 2018
ހަގީގަތުގައިވެސް މިއީކީ އެހާ މުހިއްމު ޚަބަރެއްނޫން، އެކި ދާއިރާތަކުން އަމިއްލަ އެދުމަށް ފެންބޮއިފައި ތިބިމީހުންގެ އިތުރުން ޕޮލިޓިކަލީ މީހުންބަލައި ނުގަންނަ އެތަކެއްބަޔަކު މިއަދު އެތިބީ މަކަރާއި ހީލަތުން ލިބޭނެ މަންފައަކަށް ޓަކައި ސޭޓު އަރިހުގައި އަދި މިއާއި އެކު ސޭޓައް އެބަވިސްނަދޭ ސޭޓު މިހާރު ކުރިމަތި ލިޔަސް %71 ރައްޔަތުންގެ ތާއިދާއި އެކު ހޮވިފައިކަމަށް..އަޅުގަނޑުގެ ތަޖުރިބާއާއި އަދި ޕޮލިޓިކަލް ސައިންސު ރޮނގުން ޕީ އެޗް ޑީ ރިސާރޗްކުރާއިރު ސުމެއް
ހޮޓްކިންގ
23 October 2018
ޖޭޕީއަކީ ގާސިމްގެ ތަރިކަ މުދަލެއް. އެހެންވީމާ އޭނާގެބާރު ބޭނުންގޮތަކަށް ބޭނުން އިރަކު ބޭއްވޭނެ. މި ފެންނަނީ ސިޔާސީ ޕާޓީތައް ހިނގާގޮތް. ޑިމޮކްރަސީގެ ފުރިހަމަކަން.