ކުރީގެ ގަވަރުނަރު އަޒީމާ: އޭސީސީން ހިންގާ ތަހުގީގަކަށް އޭނާ ހާޒިރުވާން ވަނީ އަންގާފައި --ފޮޓޯ/މިހާރު
03 ނޮވެމްބަރ 2018 - 17:30
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގާ ތަހުގީގަކަށް ކުރީގެ ގަވަރުނަރު އަޒީމާ އާދަމް އޭސީސީއަށް ހާޒިރުވާން އަންގައިފި އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން ހިންގަމުންދާ ތަހުގީގަށް އަޒީމާ ހާޒިރުވާން އެންގީ އެކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ދައުރާ ގުޅޭގޮތުން އޭސީސީން ބަލަމުންދާ މައްސަލަ އަކަށް ކަމަށް އެނގިފައިވެ އެވެ.
އޭސީސީގެ ނައިބު ރައީސް މުވައްވިޒު ރަޝީދު މިއަދު ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެ މައްސަލަ ފޮނުވުމުގެ ކުރިން އޮންނަ ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާގައި ބައެއް ފަރާތްތަކުގެ ބަޔާންތައް ނަގަން ޖެހޭ ކަމަށް ފާހަގަވުމުން އެ ފަރާތްތަކާ އެ ކޮމިޝަނުން ސުވާލުކޮށް، ބަޔާން ނަގަމުންދާ ކަމަށެވެ. އަޒީމާ ހާޒިރުވާން އެންގިތޯ ސުވާލު ކުރުމުން މުއައްވިޒު އެކަން ދޮގެއް ނުކުރެއްވި އެވެ.
"ބައެއް ފަރާތްތަކުގެ ބަޔާންތައް ނަގަމުން ދަނީ. ކުރިން އަޅުގަނޑުމެން ސުވާލުކޮށްފައި ތިބި ބައެއް ފަރާތްތަކުގެ ބަޔާންތައް ވެސް އެބަ ނަގަން،" މުއައްވިޒު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި މީގެ ކުރިން ވެސް އޭސީސީން ވަނީ އަޒީމާގެ ބަޔާނެއް ނަގައިފަ އެވެ.
އަޒީމާ އޭސީސީއަށް ހާޒިރުވާން އެންގިއިރު، އޭނާ މިހާރު ދިރިއުޅުއްވަނީ ފިރިކަލުންނާ އެކު އެމެރިކާގަ އެވެ. އަޒީމާގެ ފިރިކަލުން އަލީ ނަސީރަކީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ދައުލަތަށް ގެއްލުނު 1.22 ބިލިއަން ރުފިޔާއާ ގުޅިގެން އެންމެ ބޮޑު ފާޑު ކިޔުމެއް އަމާޒުވީ އެމްއެމްއޭއަށެވެ. ދައުލަތަށް ލިބެންޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަމިއްލަ އެކައުންޓްތަކަކަށް ޖަމާކޮށް، މުއާމަލާތް ހިންގަމުންދާ ކަން އެނގި ތިބެ އެކަމަށް އެމްއެމްއޭ އިން އޭރު ފިޔަވަޅު ނާޅައި އޮތުމަކީ އެމްއެމްއޭއަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވި ސަބަބެކެވެ.
އެކަމަކު އޭރު ވެސް އަޒީމާ ވިދާޅުވަމުން ގެންދެވީ އެ ޚިޔާނާތުގައި އެމްއެމްއޭ އާއި އޭނާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު
04 November 2018
މިދުވަސްކޮޅު އޭ.ސީ.ސީ އުޅުއްވަނީ އަވަހާރަފުޅަކު ނޫން. ހޭފުޅު ލައްވައިގެން އުޅުއްވާހެންވެސް ހީވޭ، އަކަމަކު ތިޔަހާވާ ހަޑި ރައްޔިތުންދަނީ ވަރަށް ގާތުން ބަލަމުން، އަޒީމާ ފުރުމުގެ ކުރިން ތިޔަބުނާ ބަޔާނެއް ނުނެގުނީ ކީއްވެތޯއެވެ، ތީކަމުންވެސް މިއެގުނީ ތިޔަ ތާންގަ ތިއްބެވީ ވަރަށް ނާޤާބިލުބައެއްކަން.
އުމަރުބެ
04 November 2018
އަޒީމާގެ ތިޔަ މައްސަލައިގެ ވާހަކަ ރައްޔިތުން ދައްކަމުން ދަނިކޮށް އޭނާ ފުރަންދެން އޭސީސީ އޮތީ ނިދާފައި، ރާއްޖޭގެ ސަރުކާރު އަދި ދައުލަތުގެ ތެރޭގައި ހިނގި ހުރިހައި ވައްކަމަކާއި ނުބައި އަމަލުތަކުގެ ޒިންމާ އޭސީސީގެ ބޯޑުން ނަގަންޖެހޭ، ރާއްޖޭގައި ހިންގާ ހުރިހައި ކޮރަޕްޝަނެއް ހިންގުމަށް މަގުފަހިވީ އޭސީސީގެ ބޯޑުން އެކަމަށް މަގުކޮށައިދިނުމުން، ރައީސް ޔާމީނުއަށް 12 އަހަރުގެ ޖަލުހުކުމެއް އަތުވެއްޖެއްޔާ އެމީހުންނަށޤ 13 އަހަރު އަންނަންޖެހޭ
އަހްމަދު
04 November 2018
ކޮންމެމީހަކީ އަންނިއާ ގާސިމެއްނޫން އަންނަށް އެންގީމައަންނާނެ އެކަމުއަންނާނެކަމެއްްވެސްނެތް އޭސީސީ އަކީއަލަށް ވުޖޫދުވި ތަނެއްނޫން މިމަށްސަލައިގަ އޭސީސީ އެކަމަނާޔާވެސް ސުވާލުކުރި ކީއްވެބާ އަނެއްކާ ސުވާލުކުރަން ބޭނުންވަނީ އޭރުގަ ހަނދާންނެތި ފަހުރިސުވާލުތަކެއްހުރީބާ؟
ފޮނިކަލޯ
04 November 2018
އޭ.ސީ.ސީ މީ ކީތްކުރާ ބައެއް އުޅޭ ތަނެއް؟ ސަރުކާރުން ބޮޑެތި މުސާރަ ތައް ނަގައިގެން ކަމެއްވެނިމުނީމާ އެނގެނީ...............! އެތައްދުވަހެއްފަހުން ހުރެލާފަ މިބުނަނީ އެ ކަމެއްގެ ވަހަކަ މީދެން ފުކެއްބޮޑުވަރު
ދޮންބެއްޔާ
04 November 2018
ނިދިން ހޭލެވުނީބާ!
އައިސާދިޔެ
04 November 2018
ކީއްކުރަން އަންނަންވީ. އެމެރިކާގަ އެއުޅުއްވަނީ.
ނޫރު
04 November 2018
ބޮޑެތި މުސާރަތައް ނަގައިގެން ދިދަ ޖެހި ކާރުތަކުގަ ދުއްވާ 5 އަހަރުތެރޭ ދުނިޔޭގަ އުޅޭން ދެން ބަކީ އޮތްހާދުވަހު އުޅެވޭވަރަށް ފައިސާއާ މުދާ ހޯދީމަ އެނުމުނީ.. އޭގެއިން އެއްވެސް ބޭފުޅަކު ކުށްވެރިއެއްނުވާނެ ދުވަހަކުވެސް. ކުއްވެރީ އަޅުގަނޑުމެން ނިކަމެތި ރައްޔިތުން.. ކީއްކުރާނި މީ ދުނިޔޭގެ އަނދާ ގާނުން. އެގާނޫނުން ދުވަހަކު ވެސް ފެންވަރުގެ ބޭފުޅުން ކުއްވެރިއެއް ނުވާނެ..
ދދދދދދދ
04 November 2018
ދުވޭ ބާރަށް ދުވޭ. މީހުން ފަހާ ދުވެވުނުހާ ބާރަކަށް ދުވޭ. 5 އަހަރު ތިގޮތުގަ ހޭދަކޮށްލާ. ޔާމީނު ވާ ކިތަންމެ ކަމެއްވެސް ކޮށް ދީފި. ކަލޭމެންނަށް ވާނީ ހަމައެކަނި ތިކަން. ދުވެދުވެ ތިބޭ ހަޔާތް ނިމެންދެން.
ހަކީމް
04 November 2018
ވަރަށް ހިތުގަ ޖެހިފަ ބަޔަކު އެބަތިިބި ...
ދދދދދދދ
04 November 2018
އިސްތިޢުފާ ދިން ދުވަހުގެ ގިލަންވެރިކަން ފިލައިފިތަ މިހާރު ކަލޯ؟ ހިއެއް ނުވޭ ހަމަ.
އުނބުށެން
04 November 2018
ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް އޮތްތޯ ބަލަން އިއުލާނުކުރީމާ ތިކަން އަންގާލަން މަޑުކޮށްލަންވީނު.
ހުސެން...
04 November 2018
ފުރަތަމަ އޭސީސީ ސާފުކުރަން ޖެހެނީ މިފަދަމައްސަލަ ބަލާނަމަ....